ނިޒާރު އައްޑޫގައި އޮތް ރައީސް ޞާލިހުގެ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: އެމްޑީޕީ
ހަބަރު
05 Feb 2023 | 18:13
ލޯނު ދެއްކުމުން އައްޑޫ މޭޔަރު ނިޒާރުގެ މައްޗަށް ކުރި ދައުވާ ބާތިލުކޮށްފި

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ނަންގަވާފައިވާ ލޯނު ދެއްކުމާއި ގުޅިގެން، އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާ ބާތިލުކޮށްފި އެވެ. 

އައްޑޫ ސިޓީގެ މޭޔަރު ނިޒާރު ނަންގަވާފައިވާ 1.2 މިލިއަން ރުފިޔާގެ ލޯނު ނުދައްކާތީ ބޭންކް އޮފް މޯލްޑިވްސްއިން ވަނީ އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް ސިވިލްކޯޓުގައި އެދިފައެވެ. އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ ނިމުނު ހަފްތާގަ އެވެ. 

އެހެން ނަމަވެސް އެފަހުން ބޭންކް އޮފް މޯލްޑިންސްއިން ވަނީ ނިޒާރު ނަންގަވާފައިވާ ލޯނު ދައްކާފައިވާކަން ކޯޓަށް އަންގާފަ އެވެ. އެއާއެކު ސިވިލް ކޯޓުން ވަނީ ނިޒާރުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ބާތިލުކޮށްފަ އެވެ. 

ބޭންކުން ނިޒާރުގެ މައްޗަށް ދައުވާކުރީ ރަހުނު ބަހައްޓައިގެން ނެންގެވި 1،248،000 ރުފީޔާގެ ލޯނު އެއްބަސްވުމާ އެއްގޮތަށް ދައްކާފައި ނުވާތީއެވެ. އަދި ދައުވާކުރީ ލޯނަށް ދައްކަން ޖެހި ނުދެއްކި ބާކީ ހުރި އަދަދާއި ސާވިސް ޗާޖާއި، އިންޓްރެސްޓާއި، ޖޫރިމަނާ ފައިސާ އެކީ އެއް ފަހަރަކާ ނަގައި ދިނުމަށް އެދި އެވެ.

މިއީ ނިޒާރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނެވިއިރު ނަގާފައިވާ ލޯނެއްކަމަށް މައުލޫމާތު ލިބެއެވެ. 

ލޯނު ނެންގެވީ ލޯނާ ގުޅިގެން ހިތަދޫގައި އޮތް ނިޒާރުގެ ހިޔާލާ ކިޔާ ބަންޑާރަ ގޯއްޗާއި އެ ގޯތީގައިވާ އެންމެހައި އިމާރާތްތަކާއި ހިތަދޫގައި ކުރިން އޭނަ ހިންގެވި ކްރެސް ގާޑަން ރެސްޓޯރެންޓްގައިވާ އެންމެހާ މުދާ ބީއެމްއެލްއަށް ރަހުނުކޮށްފަ އެވެ.

ލޯނު ނުދެއްކުމާއި ގުޅިގެން ބެންކުން ނިޒާރުގެ މައްޗަށް ދައުވާކުރި ނަމަވެސް، އޭނާ ނަގާފައިވާ ލޯނު ދައްކާ ޚަލާސްކުރުމާއި ގުޅިގެން އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދިއުމަށް ކޯޓުން ވަނީ ނިންމާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.