ހެރީ ކޭން ލަނޑުޖެހުމަށް ފަހު އުފާ ފާޅުކުަރަނީ
ކުޅިވަރު
05 Feb 2023 | 23:48
ސިޓީއަތުން މޮޅުވެ ޓޮޓެންހަމް ޗެންޕިއަންސް ލީގުގެ އުންމީދު އައުކޮށްފި!

އިގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ވާދަވެރި މެންޗެސްޓަރ ސިޓީ 1-0 ގެ ނަތީއްޖާއަކުން ބަލިކޮށް ޓޮޓެންހަމް އިން ޗެންޕިއަންސް ލީގުގެ އުންމީދު އައުކޮށްފިއެވެ. 

ދެޓީމުގެ ފަރާތުން ވަދަވެރި ކުޅުމެއް ފެނިގެންދިޔަ މިރޭގެ މެޗުގެ ޓޮޓެންހަމް އިން ލީޑު ހޯދީ ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުގައެވެ. ޑެންމާކުގެ މިޑްފީލްޑަރ ހޯޖްބްޖަރގް ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ހެރީ ކޭން އެވެ. މިއީ މިސީޒަނުގައި ލީގުގައި ހެރީ ކޭން ކާމިޔާބުކުރި 17 ވަނަ ލަނޑެވެ. 

ކްރިސްޓިއަން ގެބްރިއެލް ރޮމޭރޯއަށް ރެފްރީ ރަތްކާޑު ދައްކަނީ

ފުރަތަމަ ހާފުގައި މެންޗެސްޓަރ ސިޓީ ޓީމުން އެންމެ ހުސް ފުރުސަތެއް ލިބުނީ އެޓީމުގެ އަލްޖީރިއާ ފޯވާޑް ރިޔާދު މަހްރޭޒް އަށެވެ. ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ޓޮޓެންހަމް ޕެނަލްޓީ އޭރިއާތެރެއިން މުޅިން ހުސްކޮށް ހުރެ މަހްރޭޒް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީއްޖާއަކުން ޓޮޓެންހަމް ކުރީގައި އޮވެގެންނެވެ.

މިރޭގެ މެޗުން މޮޅުވެ އެއްވަނާގައި އޮތް އާސެނަލް އާއި ދެމެދުގައިވާ ފަރަގު ދެ ޕޮއިންޓަށް ކުޑަކުރުމުގެ ފުރުސަތު އޮތް ސިޓީއިން ދެވަނަ ހާފުގައި އެޓީމުގެ އެޓޭކުތައް ވަރުގަދަކުރިއެވެ. މިގޮތުން އެޓީމުގެ އާޖެންޓީނާގެ ޒުވާން ފޯވާޑް ޖޫލިއަން އަލްވަރޭޒަށް ވަނީ މި ހާފުގައި ލަނޑުޖަހާނެ ރަގަޅު ދެ ފުރުސަތުލިބި ބޭނުން ނުކުރެވިފައެވެ. ދެވަނަ ހާފުގައި ޓޮޓެންހަމް ޓީމުން އެންމެ ހުސް ފުރުސަތެއް ލިބުނީ އެޓީމުގެ ކެޕްޓަން ހެރީ ކޭން އަށެވެ.

ދެވަނަ ހާފުގެ 70 ވަނަ މިނެޓުގައި މެންޗެސްޓަރ ސިޓީ ޕެނަލްޓީ އެރިއާތެރެއިން އެޓީމުގެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށްފަހު ހެރީ ކޭން ފޮނުވާލި ބާރު ހަމަލާ ސިޓީގެ ބުރެޒިލް ގޯލްކީއްޕަރު އެޑަސަން ވަނީ ދިފާއުކޮށްފައެވެ. އަދި މިރޭގެ މެޗު ޓޮޓެންހަމް އިން ނިންމާލީ 10 ކުޅުންތެރިންނާއި އެކުގައެވެ. ދެވަނަ ހާފުގެ 87 ވަނަ މިނެޓުގައި ސިޓީގެ ކުޅުންތެރިއަކަށް ކުރި ފައުލަކާއި ގުޅިގެން މެޗުގެ ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑާއެކު ޓޮޓެންހަމްގެ އާޖެންޓީނާ ޑިފެންޑަރ ކްރިސްޓިއަން ގެބްރިއެލް ރޮމޭރޯ ރާތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއި އެކު 22 މެޗުން 39 ޕޮއިންޓް ހަމަކޮށް ޓޮޓެންހަމް އިން ވަނީ ލީގު ތާވަލުގެ ފަސް ވަނައަށް ކުރިއަށްޖެހިލާފައެވެ. މިރޭގެ މެޗުން ބަލިވި މެންޗެސްޓަރ ސިޓީއަށް 21 މެޗުން ލިބުނު 45 ޕޮއިންޓާއިއެކު އެޓީމު އޮތީ ތާވަލުގެ ދެ ވަނައިގައެވެ. ތިން ވަނައިގައި މެންޗެސްޓަރ ޔުނައިޓެޑު އޮތީ 21 މެޗުން 42 ޕޮއިންޓާއި އެކުގައެވެ. އަދި ޗެންޕިއަންސް ލީގުގެ ފަހުޖާގައަށް ވާދަކުރަމުން އަންނަ ނިއުކާސްލް ހަތަރު ވަނައިގައި އޮތީ 21 މެޗުން 40 ޕޮއިންޓު ހަމަކޮށްގެންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.