މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު/ ފޮޓޯ: މަޖިލިސް
ހަބަރު
06 Feb 2023 | 12:01
ރައީސް ޞާލިހު އިއްވަވާ ރިޔާސީ ބަޔާނާއި އަމަލާއި ދިމަލެއް ނުވޭ: ވަހީދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އިއްވަވާ ރިޔާސީ ބަޔާނާއި، އެމަނިކުފާނުގެ އަމަލުތަކާއި ދިމާނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ. 

ވަހީދު މިފަދައިން ވިދާޅުވެފައިވަނީ މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާދެއްވަމުން ރައީސް ޞާލިހު އިއްވެވި ރިޔާސީ ބަޔާނާއި ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ. 

ވަހީދު ވަނީ ރައީސް ޞާލިހު މެނިފެސްޓޯ ތަންފީޒު ކުރައްވަމުން ނުދާކަމަށް ވިދާޅުވެފަ އެވެ. އަދި ކޮންމެ އަހަރެއްގެ ރިޔާސީ ބަޔާނުގައި ގިނަ ކަންތައްތަކެއް ކޮށްދެއްވާނެކަމަށް ވިދާޅުވި ނަމަވެސް އޭގެ އަމަލީ ސިފައެއް ނުފެންނަކަމަށް ވިދާޅުވެފަ އެވެ. 

ވަހީދު ވިދާޅުވީ ކޮންމެ އަހަރެއްގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޞާލިހު ހައްދަވަނީ އިތުރުފުޅުތަކެއް ކަމަށެވެ. އަދި އެފަދައިން ރައްޔިތުންނަށް އޮޅުވާލާތަން ބައްލަވަން މަޖިލީހުގައި އިންނަވަން އެމަނިކުފާނުގެ ޒަމީރު ގަބޫލު ނުކުރާކަމަށެވެ.  

"ކުރައްވާ ވެރިކަމަކާ މެނިފެސްޓޯއަކާ ދިމަލެއް ނުވޭ. ރިޔާސީ ބަޔާންތަކާ އަމަލު ކުރައްވާ ގޮތާ ދިމަލެއް ނުވޭ. އަނެއްކާވެސް އިތުރު އަނދުން އަޅުއްވާ ތަނާ، ރައްޔިތުންގެ މޫނުމަތީ އިތުރު ‘ދޮގުތައް’ ހައްދަވާތަން ބަލަން ގޮސް އަތްޖަހަން އެތާ އިންނަން އަޅުގަނޑުގެ ޒަމީރު ގަބޫލެއް ނުކުރޭ"

މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު 

ވަހީދު މިފަދައިން ވިދާޅުވެފައިވާއިރު ރައީސް ޞާލިހުގެ އިސްތިއުފާއަށް ގޮވާލާ މިއަދު އިދިކޮޅުން ދަނީ މުޒާހަރާ ކުރަމުންނެވެ.

ރައީސް ޞާލިހު މިއަދު ރިޔާސީ ބަޔާން އިއްވެވީ މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ ހުރިހާ މެމްބަރުން މަޖިލީހުން ބޭރުކުރުމަށްފަހު އެ މެމްބަރުންނަށް ނުވަދެވޭގޮތަށް މަޖިލިސް ބަންދުކުރައްވައިގެން ނެވެ. 

ރައީސް ޔާމީނުގެ ޒައާމަތުގައި މަޖިލީސް މެމްބަރުންނަށް މަޖިލިސް ކުރާގެއަށް ނުވަދެވޭގޮތަށް ބަންދުކުރިކަން ފާހަގަކޮށް އެމްޑީޕީއިން ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފަ އެވެ. އަދި މަޖިލީހުގައި މައިނޯރިޓީއަށް ޖާގަ އޮތްކަމަށް އެމްޑީޕީއިން ދަނީ ބުނަމުންނެވެ. 

އެހެން ނަމަވެސް މި ދައުރުގެ ފަހު ރިޔާސީ ބަޔާން ރައީސް ޞާލިހު އިއްވާފައިވަނީ ސެކިއުރިޓީ ބޭނުންކޮށް އިދިކޮޅު މެމްބަރުން "ކިހިލީ ޖަހައިގެން" މަޖިލީހުން ބޭރުކުރުމަށް ފަހުގައިކަން ފާހަގަކުރެވެ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.