އިޒްރާއިލުން ފަލަސްޠީނަށް ދެމުންދާ ހަމަލާތަކުގެ ތެރެއިން
ހަބަރު
06 Feb 2023 | 16:36
އިޒްރާއިލުން ފަލަސްޠީނުގެ ފަސް މީހަކު ޝަހީދުކޮށްލައިފި

އިޒްރާއިލުން ފަލަސްޠީނުގެ ޖެރިކޯ ގައި ހިންގި މިލިޓަރީ ރެއިޑް ގައި ފަލަސްޠީނުގެ 5 މީހެއްގެ ގަޔަށް ބަޑިޖަހައި ޝަހީދު ކޮށްލައިފިއެވެ.

ބާރުގަދަ ހަތިޔާރު ތަކާއި އެކު ހިންގި މި މިލިޓަރީ ރެއިޑް ހިންގާފައިވަނީ ހޯމަވިލޭރޭގެ ދަންވަރުގެ ވަގުތުން ފަށައިގެން އަޤަބަތް ޖަބްރް ރެފިޔުޖީ ކޭމްޕުގައެވެ. ފަލަސްޠީނުގެ ރައްޔިތުން ސިފަކޮށްފައިވާ ގޮތުން އިޒްރާއިލުގެ ސިފައިން ވަނީ ނުރައްކާތެރި ހަތިޔަރާއި އެކު އެސަރައްދު ވަށައިލައިފައެވެ. ޢާންމުންތިބީ ދަތިކުރުމެއްގެ ތެރޭގައެވެ. އެ ހާލަތުގައި އެސަރަހައްދުގެ ރައްޔިތުން ތިބޭތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. ހޯމަ ވިލޭރޭގެ ދަންވަރުގެ ކުރީ ކޮޅު ފެށި މިލިޓަރީ ރެއިޑް ފަތިސް ވަގުތާއި ހަމައަށް ހުއްޓައިނުލައި ކުރިއަށް ގެންގޮސްފައިވެއެވެ.

ޖެރިކޯގެ ގަވަރނަރ ވިދާޅުވީ ރެއިޑް ގައި ޝަހީދުވީ ތިން މީހެއް ކަމަށާއި ދެން ތިބީ އަނިޔާލިބުނު މީހުން ކަމަށެވެ. ނަމަވެސް އިޒްރާއިލުގެ މިލިޓަރީ އިން ބުނެފައިވަނީ އެމީހުން 7 މީހެއްގެ ގަޔަށް ބަޑިޖަހައި ޝަހީދު ކޮށްލިކަމަށެވެ. އޭގެ ތެރޭގައި ޖެނުއަރީ 28 ވީ ދުވަހު އިޒްރާއިލްގެ ސިފައިނަށް ބަޑިން ހަމަލާދޭން މަސައްކަތް ކުރި ދެ މީހަކު ހިމެނޭ ކަމަށެވެ. އަދި އަނެއް ފަސް މީހުންނަކީ  އެމީހުންގެ އެހީތެރިން ކަމަށެވެ.

28 ޖެނުއަރީގައި ބަޑިން ހަމަލާދިން ކަމަށް އިޒްރާއިލުން ބުނެ ފަލަސްޠީނުގެ ރައްޔިތުން ޝަހީދުކުރަމުން ދާއިރު އެހަމަލާގައި އެއްވެސް މީހަކު މަރުވެފައެއްނުވެއެވެ. އަދި ޒަހަމްވެގެން މީހަކު ހޮސްޕިޓަލަށް ވެސް ގެންގޮސްފައެއް ނުވެއެވެ. ނަމަވެސް އޭގެ ރައްދުގައި އިޒްރާއިލުން ދިން ހަމަލާގައި ފަލަސްޠީނުގެ 10 މީހަކު ވަނީ ޝަހީދުކޮށްލައިފައެވެ.

އިޒްރާއިލުން ހޯމަވިލޭރޭ ޝަހީދުކޮށްލި މީހުންގެ ހަށިތައްވަނީ ފަލަސްޠީނާއި ހަވާލުނުކޮށް ބަހައްޓައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Jul 2026
1.15 ޓްރިލިއަން ޑޮލަރުގެ އަސްކަރީ ބިލެއް އެމެރިކާއިން ފާސްކޮށްފި
ރިޕަބްލިކަން ޕާޓީގެ އަޣުލަބިއްޔަތު އޮންނަ ހައުސްއިން ބުދަ ދުވަހު މި ބިލު ފާސްކުރީ ވަރަށް ހަނި ތަފާތަކުންނެވެ. ބިލު ފާސްކުރުމަށް 216 މެންބަރުން ވޯޓު ދިންއިރު، ބިލާ ދެކޮޅަށް 212 މެންބަރުން ވޯޓު ދިނެވެ. މި ވޯޓުގައި ރިޕަބްލިކަން ޕާޓީގެ ހަތް މެންބަރަކު ބިލާ ދެކޮޅަށް ވޯޓު ދިންއިރު، ޑިމޮކްރެޓިކް ޕާޓީގެ ހަ މެންބަރަކު ވަނީ ބިލަށް ތާއީދުކޮށްފައެވެ.
23 Jul 2026
ޕޮލިސް މެމޯރިއަލް ޑޭ ފާހަގަކުރުމަށް ފުލުހުންގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފި
ހަރަކާތްތައް ފެށުމުގެ ގޮތުން ރޭ ދަންވަރު 12:00 ގައި އިސްކަންދަރު ބިލްޑިންގުގައި ނަގާފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފައިވެއެވެ.
23 Jul 2026
ފްރާންސްގައި 15 އަހަރުން ދަށުގެ ކުދިން މީސް މީޑިއާ ބޭނުންކުރުން މަނާކުރަނީ
ފަރަންސޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުން، 15 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާ ގާނޫނެއް މިދިޔަ އަންގާރަ ދުވަހު ފާސްކޮށްފިއެވެ. މިއީ ވިލާތުގެ ގައުމުތަކުގެ ތެރެއިން މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ގައުމެވެ.
23 Jul 2026
ބަރުދަން ލުއިވާ ކަމަށް ބުނާ ކާބޯތަކެތިން ސިއްހަތަށް ނޭދެވޭ އަސަރު
ބަލިބަލީގެ ފަރުވާއެއްގެ ގޮތުގައި ނުވަތަ ހަށިގަނޑަށް ވަކި ކަހަލަ ބަދަލުތަކެއް ގެނެސްދޭނެ ކަމަށް ބުނެ، ހަގީގަތާ ހިލާފު މައުލޫމާތު ހިމަނައިގެން ކާބޯތަކެތީގެ އުފެއްދުންތައް މާކެޓު ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން އަންގައިފިއެވެ.
23 Jul 2026
އައްޑޫ ސިޓީގެ އިހުތިސާސުން ސަވާހެލި ވަކިކޮށްފި
ފަތުރުވެރިކަމުގެ ބޭނުމަށް އައްޑުއަތޮޅު އައްޑޫ ސިޓީގެ އިޚްތިޞާޞުން އެ އަތޮޅު ސަވާހެލި ވަކިކުރައްވައި، އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
23 Jul 2026
އަސާސީ ބޭސްތަކުގެ 80 އިންސައްތަ ބޭސްފިހާރަތަކުން ލިބެންޖެހޭގޮތަށް އުސޫލެއް
22 Jul 2026
ފުލުހުންނަށް ހައްޔަރުނުކުރެވި އުޅެނިކޮށް ދެވަނަ ފަހަރަށް އަޒީޒާ މިސްކިތަށް ހަމަލާދީފި
އަޒީޒާ މިސްކިތައް މިރޭ ހަމަލާ ދިން މީހާ އެކަންކޮށްފައިވަނީ މަގްރިބް ނަމާދަށްފަހުއެވެ. އެމީހާ ވަނީ މިމަހުގެ 22 ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައިވެސް އަޒީޒާ މިސްކިތުގެ ބިއްލޫރިތައް ތަޅާލާފައެވެ.
22 Jul 2026
ބްރެޒިލްގެ ފޯވާޑް ޑޮރިއެލްޓަން ނިއުރޭޑިއަންޓާ ގުޅިއްޖެ
ޑޮރިއެލްޓަން ނިއުރޭޑިއަންޓާ ގުޅިފައިވަނީ މުސާރަ އާއި އިނާޔަތްތަކާއެކު 350،000 ރުފިޔާގެ މުސާރައަކަށެވެ.