ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން މީހަކު ހައްޔަރު ކުރަނީ: ފޮޓޯ/ ޕީއެސްއެމް
ހަބަރު
06 Feb 2023 | 17:18
ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވިއްޖެ: ރައީސް ޞާލިހު

ދީނުގެ ނަމުގައި އަދި ދީނާ ދެކޮޅަށް ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. 

ރައީސް ޞާލިޙްގެ މިހެން ވިދާޅުވީ މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވެވި އެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ރައީސް ޞާލިހު ވިދާޅުވީ، ދޭދޭ ކޮންމެ ދެ މީހަކާއި، ދެ ގެޔާއި، ދެ އަވަށާއި، ދެ ރަށާއި އަދި ދެ އަތޮޅުވިޔަސް، ފަރަޤު ހުންނަކަމަށެވެ. އެހެންނަމަވެސް، ސަރުކާރުން ދެކޭ ގޮތުގައި އެންމެންނަކީވެސް ހަމަހަމަ ދިވެހިރައްޔިތުން ކަމަށާ، އަދާކުރަންޖެހޭ ޙައްޤުތަކާއި، އުފުލަންޖެހޭ މަސްއޫލިއްޔަތާއި، ދޭންޖެހޭ ޚިދުމަތުގައި، ކޮންމެ ރައްޔިތަކީވެސް ސަރުކާރުގެ ކުރިމަތީގައި ޤަދަރުވެރި ދިވެހިރައްޔިތެއް ކަމަށެވެ.

މިއާއެކު ރައީސް ޞާލިހް ވިދާޅުވީ، ރައްޔިތުންގެ މެދުގައި ތަފާތު ހުރިނަމަވެސް، އެންމެހައި ރައްޔިތުން އެކަތިގަނޑެއްގެ ގޮތުގައި، ހަދައިދެނީ މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ޤައުމިއްޔަތާއި، އަދި މި ޤައުމު ކަމަށެވެ. 

މިމޭރުމުން ވާހަކަ ދައްކަވަމުން ރައީސް ޞާލިހް އިތުރަށް ވިދާޅުވީ، ދުނިޔެއާއި އާޚިރަތުގެ ކާމިޔާބާއި ފަލާޙް އޮތީ މާތްވެގެންވާ އިސްލާމްދީނުގައި ކަމަށެވެ. އަދި އިސްލާމްދީނުގެ ޞައްޙަ ޢަޤީދާއާއި، ރިވެތި އަޚްލާޤާ ނުލައި ފުރިހަމަ ދިވެހި ޖީލެއް ބިނައެއްނުކުރެވޭނެ ކަމަށެވެ. މިގޮތުން، މިދިޔަ އަހަރު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އިސްލާމްދީނުގެ ޞައްޙަ މަޢުލޫމާތު ދިނުމުގެ މަސައްކަތް ކުރިއަށް ގެންދެވުނު ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ޙައްދަކީ ކޮންމެ ކޮޅަކަށްވެސް ފަހަނައެޅޭ އެއްޗެއް. ދީނުގެ ނަމުގައި އަދި ދީނާ ދެކޮޅަށް ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވުނު. ކުރިއަށް އޮތް ތަނުގައިވެސް މި މަސައްކަތް ކުރިއަށް ގެންދާނަން."

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު 

ރައީސް ޞާލިހް މިފަދައިން ވިދާޅުވެފައި ވާއިރު، ހަރުކަށި ފިކުރު ނައްތާލުމުގެ ނަމުގައި މިސަރުކާރުން ހިންގި އޮޕަރޭޝަން ތަކުގައި ހައްޔަރު ކުރި ގިނަ މީހުންނަކީ ހެއްކެއްނެތި ހައްޔަރު ކޮށްފައިވާ މީހުންކަން ފާހަގަކޮށްލަންޖެހެއެވެ. އެތަނުން އެއްބައި މީހުން ހައްޔަރު ކޮށްފައިވަނީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓް ގެ މައްޗަށް ބިނާކޮށް ކަމަށްވާއިރު، އެ ރިޕޯޓްގެ ސައްހަކަން ކަށަވަރު ކުރުމަށް ހެކި ގެނައުމަށްވެސް ފުލުހުން ވަނީ ނުކުޅެދިފައެވެ. 

އޭގެ ސަބަބުން، ހައްޔަރުކޮށް، ވާނުވާއެއް ނޭނގި ބަންދުގައި، އެއްވެސް ދައުވާއެއް ނުކޮށް ވެސް އޭގެ ތެރެއިން އެއްބަޔަކު އެބަ ތިއްބެވެ. 

ކޮމެންޓް
އިޔާޒު
ދީނަށް ފުރައްސާރަކުރާ މީހުން ހުއްޓުވަން މަސައްކަތް ކުރެވުނުތަ ؟ މި ސަރުކާރުގަ ދީނަށް ފުރައްސާރަ ކުރާ އާލާތުން ވީ ގިނަ. އަދި ބޮޑެތި މަގާމްތަށް ދީ ހިމާޔަތް ދީފަ ބައިތިއްބަނީ..
08 Feb 2023
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.