އައިޝަތު ޝައިމް އަޒީޒް / ފޮޓޯ:ފަލާހް
ކުޅިވަރު
07 Feb 2023 | 03:23
27 އަހަރަށް ފަހު ޤައުމީ އަންހެން ހައިޖަމްޕް ރެކޯޑް އައިޝަތު ޝައިމް އަޒީޒް މުގުރާލައިފި

ފުވައްމުލަކު ސީޓީގައި މިހާރު ކުރިއަށްދާ އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރާތުގެ ހޯމަ ދުވަހުގެ ހަވީރު ބޭއްވުނު 19 އަހަރުން ދަށުގެ އަންހެން ހައިޖަމްޕު އިވެންޓުގައި އައްޑޫ ހައި ސްކޫލްގެ ދަރިވަރު އައިޝަތު ޝައިމް އަޒީޒް 27 އަހަރުވީ ޤައުމީ އަންހެން ހައި ޖަމްޕުު ރެކޯޑް މުގުރާލައިފިއެވެ.

1.50 މީޓަރ މަތިން ފުންމައިގެން ޝައިމް ޤައުމީ ރެކޯޑު ހެދިއިރު، ކުރިން މިރެކޯޑް އޮންނަނީ 1996 ވަނަ އަހަރު މާލޭގައި ބޭއްވުނު 04 ވަނަ އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރާތުގައި 1.47 މީޓަރު މަތިން ފުންމައިގެން ރެކޯޑު ހެދި ރަނާ އަޙްމަދު ޞާދިޤް އަތުގައެވެ. މި ފަހަރުގެ މުބާރާތުގެ 19 އަހަރުން ދަށުގެ އަންހެން ހައިޖަމްޕު އިވެންޓުގައި ފަސް އެތްލީޓުން ބައިވެރިވި އިރު އޭގެތެރެއިން އިވެޓުގެ ފައިނަލް ބުރަށް ކޮލިފައިވީ ޝައިމް އެކަންޏެވެ. 

އައިޝަތު ޝައިމް އަޒީޒް / ފޮޓޯ:ފަލާހް

މުބާރާތުގެ ދެވަނަ ދުވަހުގެ އިވެންޓުތައް ނިމުނު އިރު ދެ އެތްލީޓަކު ވަނީ މުބާރާތުގެ މީޓް ރެކޯޑު ހަދާފައެވެ. މުބާރާތުގެ ފުރަތަމަ ދުވަހު 19 އަހަރުން ދަށުގެ ފިރިހެން ޑިސްކަސް އުކުމުން އެއްވަނަ ހޯދީ 28.92 މީޓަރ ދުރަށް އުކައިގެން ޙުސައިން އުޒައިން ( އެމްޖޭއެސް) އެވެ. އުޒައިން ވަނީ މި އިވެންޓުން މުބާރާތުގެ މީޓް ރެކޯޑް ހަދާފައެވެ. މި އިވެންޓުން ދެވަނަ ހޯދީ 22.91 މީޓަރ ދުރަށް އުކައިގެން އަހުމަދު ސާހިލް ( ގދ.އޭއީސީ) އެވެ. މި އިވެންޓުން ތިންވަނަ ހޯދީ 21.52 މީޓަރ ދުރަށް އުކައިގެން މުހައްމަދު އާއިން ( ޏ.އޭއީސީ ) އެވެ.

19 އަހަރުން ދަށުގެ ފިރިހެން 100 މީޓަރ ދުވުމުން އެއްވަނަ ހޯދީ ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރު އިބްރާހިމް ނާހިލް ނިޒާރު ވަނީ މި އިވެންޓުގެ މީޓް ރެކޯޑު ހަދާފައެވެ. އޭނާ ރޭސް ނިންމީ 11.69 ސިކުންތުން ނެވެ. ކުރިން މިރެކޯޑް އޮތީ ގދ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރު އިބްރާހިމް ފާރިޝްގެ އަތުގައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.