ރެސްކިޔު ޓީމް ތަކުން މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވަނީ
ހަބަރު
07 Feb 2023 | 16:20
ތުރްކިޔޭ-ސީރިޔާ ބިންހެލުން: 5 ބިންހެލުމާއި އެކު 5000 މީހުންގެ މަރު

48 ގަޑިއިރުތެރެއިން 5 ބިންހެލުން އައިސް ތުރްކިޔޭ އާއި ސީރިޔާއިން މަރުވިމީހުންގެ ޢަދަދު 5000 އަށް އަރައިފިއެވެ.

މި ކާރިސާގައި ތުރްކިޔޭ އާއި ސީރިޔާއިން ޒަހަމްވެ އަނިޔާވި މީހުންގެ ޢަދަދު 10 ހާހުން މައްޗައް ވަނީ އަރައިފައެވެ.

7.8 މެގްނެޓިޔުޓްގެ ބާރުމިނުގައި ތުރްކިޔޭ ގެ ދެކުނާއި ސީރިޔާ އާއި ތުރްކިޔޭ ގުޅޭ ބޯޑަރުގެ ކައިރިއަށް އައި ބިންހެލުން އައިތާ 12 ގަޑިއިރު ފަހުން ހަމަ އެސަރަހައްދަށް 7.6 މެގްނެޓިޔުޓްގެ ބާރުމިނުގައި ވަނީ އެހެން ބިންހެލުމެއް އައިސްފައެވެ. އޭގެ ފަހުންވެސް 4 ބިންހެލުމެއްގެ އަސަރު ވަނީ ތުރުކިޔޭ އާއި ސީރިޔާ އަށް ވަނީ އައިސްފައެވެ.

 ތުރްކިޔޭ އާއި ސީރިޔާގެ ބިންހެލުމުގެ އަސަރުކޮށް ވެއްޓުނު އިމާރާތް ތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުން ތިބީ ވެހެމުންދާ ސްނޯ އާއި ފިނީގެ ތެރޭގައެވެ.

ޔުނިސެފުން ބުނެފައިވަނީ މި ކާރިސާގައި ދެ ޤައުމުންވެސް ގިނަ ޢަދަދެއްގެ ކުޑަ ކުދިން މަރުވެފައިވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ޔުނިސެފްގެ ސްޕޯކްސްޕާސަން ޖޭމްސް އެލްޑަރ ބުނެފައިވަނީ ގިނަ ކުދިންތަކެއް މި ކާރިސާގައި މަރުވެފައި  ވާނެ ކަމަށާއި ބައިނަލްއަގްވާމީ އޮގަނައިޒޭޝަންތަކަށް ސީދާ ޢަދަދު ދެނެގަތުމަށް ދަތިވެފައިވާ ކަމަށެވެ.

ތުރްކިޔޭ އާއި ސީރިޔާގެ އާއިލާތަކުން ދަނީ ވެއްޓި ފުނޑުފުނޑުވެފައިވާ އިމާރާތް ތަކުގެ ދަށުން އެ އާއިލާތަކުގެ ކުޑަކުދިން ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އަދި އިމާރާތްތަކުގެ ދަށުގައި ތާށިވެ ސަލާމަތް ކުރި ބައެއް ކުދިން ސަލާމަތްވިއިރު އެކުދިންގެ އާއިލާތައް ވަނީ މަރުވެފައެވެ.

ޑަބްލިޔުއެޗްއޯ އިން ބުނެފައިވަނީ ބިންހެލުމުގެ ކާރިސާގެ ސަބަބުން 23 މިލިއަނެއްހާ މީހުންނަށް އަސަރުކޮށްފައިވާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Jul 2026
ކިލޯއަކަށްވުގެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ބަޔަކު ހައްޔަރުކޮށްފި
ފުލުހުން ބުނީ، އެ މީހުންގެ ތެރެއިން އެންޑްރޫ ލޮއިޑް ކޯބިން ހައްޔަރުކޮށްފައިވަނީ ޖުލައި 19 ވަނަ ދުވަހު ވައިގެމަގުން އޭނާ ރާއްޖެ އައިއިރު ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ފުލުހުންނަށް ދިން މައުލޫމާތާ ގުޅިގެން ކަމަށެވެ.
23 Jul 2026
ހޫތީން ސަޢޫދީ ދެ ތެޔޮ ޓޭންކަރަކަށް މިސައިލާއި ޑްރޯން ހަމަލާ ދީފި
ޙޫތީ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ބުދަ ދުވަހު ހާމަކުރި ގޮތުގައި ހަމަލާ އަމާޒުކޮށްފައި ވަނީ "އެންސީލިއާ" އާއި "ލައިލާ" ނަމަކަށް ކިޔާ ދެ ޓޭންކަރަށެވެ. ޙޫތީންގެ ހަތިޔާރު އެޅި ފައުޖުން ނެރެފައިވާ ކަނޑުގެ ދަތުރުފަތުރު ބަންދުކުރުމުގެ ނިންމުމާ އެ ދެ އުޅަނދު ޚިލާފުވެފައިވާ ކަމަށް ސަރީޢު ބުންޏެވެ. މީގެ އިތުރުން ގާތްގަނޑަކަށް ދިހައެއްހާ ބޯޓު މަގުން އެއްކައިރިކޮށް އަނބުރާ ފޮނުވައިލެވިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
23 Jul 2026
1.15 ޓްރިލިއަން ޑޮލަރުގެ އަސްކަރީ ބިލެއް އެމެރިކާއިން ފާސްކޮށްފި
ރިޕަބްލިކަން ޕާޓީގެ އަޣުލަބިއްޔަތު އޮންނަ ހައުސްއިން ބުދަ ދުވަހު މި ބިލު ފާސްކުރީ ވަރަށް ހަނި ތަފާތަކުންނެވެ. ބިލު ފާސްކުރުމަށް 216 މެންބަރުން ވޯޓު ދިންއިރު، ބިލާ ދެކޮޅަށް 212 މެންބަރުން ވޯޓު ދިނެވެ. މި ވޯޓުގައި ރިޕަބްލިކަން ޕާޓީގެ ހަތް މެންބަރަކު ބިލާ ދެކޮޅަށް ވޯޓު ދިންއިރު، ޑިމޮކްރެޓިކް ޕާޓީގެ ހަ މެންބަރަކު ވަނީ ބިލަށް ތާއީދުކޮށްފައެވެ.
23 Jul 2026
ޕޮލިސް މެމޯރިއަލް ޑޭ ފާހަގަކުރުމަށް ފުލުހުންގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފި
ހަރަކާތްތައް ފެށުމުގެ ގޮތުން ރޭ ދަންވަރު 12:00 ގައި އިސްކަންދަރު ބިލްޑިންގުގައި ނަގާފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފައިވެއެވެ.
23 Jul 2026
ފްރާންސްގައި 15 އަހަރުން ދަށުގެ ކުދިން މީސް މީޑިއާ ބޭނުންކުރުން މަނާކުރަނީ
ފަރަންސޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުން، 15 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާ ގާނޫނެއް މިދިޔަ އަންގާރަ ދުވަހު ފާސްކޮށްފިއެވެ. މިއީ ވިލާތުގެ ގައުމުތަކުގެ ތެރެއިން މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ގައުމެވެ.
23 Jul 2026
ބަރުދަން ލުއިވާ ކަމަށް ބުނާ ކާބޯތަކެތިން ސިއްހަތަށް ނޭދެވޭ އަސަރު
ބަލިބަލީގެ ފަރުވާއެއްގެ ގޮތުގައި ނުވަތަ ހަށިގަނޑަށް ވަކި ކަހަލަ ބަދަލުތަކެއް ގެނެސްދޭނެ ކަމަށް ބުނެ، ހަގީގަތާ ހިލާފު މައުލޫމާތު ހިމަނައިގެން ކާބޯތަކެތީގެ އުފެއްދުންތައް މާކެޓު ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން އަންގައިފިއެވެ.
23 Jul 2026
އައްޑޫ ސިޓީގެ އިހުތިސާސުން ސަވާހެލި ވަކިކޮށްފި
ފަތުރުވެރިކަމުގެ ބޭނުމަށް އައްޑުއަތޮޅު އައްޑޫ ސިޓީގެ އިޚްތިޞާޞުން އެ އަތޮޅު ސަވާހެލި ވަކިކުރައްވައި، އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
23 Jul 2026
އަސާސީ ބޭސްތަކުގެ 80 އިންސައްތަ ބޭސްފިހާރަތަކުން ލިބެންޖެހޭގޮތަށް އުސޫލެއް