ސިނަމާލެ 4
ހަބަރު
08 Feb 2023 | 05:55
ވިލިމާލެ ފްލްޓްތަކުގެ ޖޫރިމަނާ މަޢާފްކޮށް އެތަންތަން އަމިއްލަކޮށްދެނީ

ވިލިމާލޭގައި ހުންނަ ސިނަމާލެ 4 ގެ ފްލެޓްތަކުގެ ޖޫރިމަނާ މަޢާފްކޮށްދީ އެތަންތަން އަމިއްލަ ކުރެވޭ ގޮތް މާލޭ ސިޓީ ކައުންސިލުން ހަދައިފިއެވެ.

ވިލިމާލޭ ފްލެޓްތައް އަމިއްލަކުރެވޭނެ ގޮތް ހަމަޖެއްސީ އެކަމަށް އެދި ބައެއް ފަރާތްތަކުން ހުށަހެޅުމާ ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ ކައުންސިލްގެ ބައްދަލުވުމެއްގައި މަޝްވަރާކޮށް އެގޮތަށް ހަމަޖެއްސުމަށް ފާސްކޮށްގެންނެވެ. މި ނިންމުމާގުޅިގެން ފްލެޓް އަމިއްލަ ކުރެވެނީ ފްލެޓަށް ދައްކަން ޖެހޭ ފައިސާ ދައްކާ ޚަލާސްކުރުމުންނެވެ.

ފްލެޓް ޖޫރިމަނާ މަޢާފްވެފައިވުމާއެކު އަމިއްލަކުރުމާބެހޭ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ދައުވަތު ފްލެޓްތަކުގެ ވެރިފަރާތްތަކަށް ސިޓީ ކައުންސިލުން ދިނީ ކުރިން އޮތް އެއްބަސްވުމަށް މައިގަނޑު ދެ ބަދަލެއް ގެނައުމަށްފަހު އަލުން އެއްބަސްވުމެއްގައި ސޮއިކުރުމުން އަމިއްލަ ވާގޮތަށެވެ. އެއްބަސްވުމަށް ގެނެވުނު މައިގަނޑު ދެ ބަދަލަކީ ފްލެޓްގެ ޖުމްލަ އަގު ދެއްކުމުން ފްލެޓް މިލްކުކުރެވޭ ބަދަލާއި އަދި ޖޫރިމަނާ ފައިސާ މައާފްކުރުމުގެ ބަދަލެވެ. މިގޮތަށް ދައުވަތު ދިނުމުން ވިލިމާލޭގެ ފްލެޓްތަކުގެ ވެރިންގެ ތެރެއިން ގިނަ ޢަދެއްގެ ބަޔަކު މިހާތަނަށް ވަނީ ފްލެޓް މިލްކުކުރެވޭ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މިހާތަނަށް ސޮއިނުކުރެވޭ ފަރާތްތަކުންވެސް ސިޓީ ކައުންސިލާ ވާހަކަދެއްކުމުން ސޮއިކުރުމުގެ އިންތިޒާމް ހަމަޖައްސައިދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަރުހަލާގައި ވެރިފަރާތްތަކުން ހުށަހެޅި ބައެއް އިސްލާހްތަކުގެތެރެއިން ޤާނޫނީ ގޮތުން ހުރަހެއްނެތް އިސްލާހްތައް އެއްބަސްވުންތަކަށް ގެނެސްދީފައިވާނެއެވެ. އަދި ސިޓީ ކައުންސިލުން އެންގި ގަޑިތަކުގައި ސޮއިކުރަން ވަޑައިނުގެންނެވުނު ފަރާތްތަކަށް އިތުރު ފުރުޞަތުތައްވެސް ދީފައިވާނެއެވެ. އަދި މިހާރުވެސް ފުރުޞަތު ވަނީ ހުޅުވިފައެވެ. ފްލެޓްތަކުގެ އެއްބަސްވުންތައް ކުރިން ހަދާފައިވާގޮތުން މިލްކުރެވޭނެ ގޮތެއް ނެތުމާއެކު މިހާތަނަށް ފައިސާ ދައްކާ ޚަލާސްކުރި ފަރާތްތަކުންވެސް މިލްކުކުރެއްވުމަށް މި އެއްބަސްވުމުގައި ސޮއިކުރަންޖެހެއެވެ.

މާލޭގައި ބިނާކޮށްފައިވާ ފްލެޓްތަކުގެތެރެއިން ސިޓީ ކައުންސިލުން ބަލަހައްޓާ ސިނަމާލޭ އަދި މާލޭ ހިޔާ ފްލެޓްތައް މި އުސޫލުން މިލްކުކުރުމާއި ޖުރުމަނާ މަޢާފްކުރުމުގެ މަސައްކަތް މިހާރު ސިޓީ ކައުންސިލުން ވަނީ ފަށާފައެވެ. މި ފަރާތްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށްވެސް ކުރިއަށް އޮތްތާންގައި ދައުވަތު ދެވޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.