ތުރްކިޔޭގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ބިންހެލުމުގައި ގެއްލުންވި ސަރަހައްދުތަކަށް ޒިޔާރަތް ކުރައްވަނީ
ހަބަރު
08 Feb 2023 | 14:44
ތުރްކިޔޭ ސީރިޔާ ބިންހެލުން: ގެއްލުންވި ސަރަހައްދު ތަކަށް ރައީސް އުރްދުޣާން ޒިޔާރަތް ކުރައްވަނީ

ތުރްކިޔޭ އާއި ސީރިޔާ އަށް ވަރުގަދަ ބިންހެލުންތަކަށް ފަހު ތުރްކިޔޭ ރައީސް ރަޖަބް ޠައްޔިބު އުރްދުޣާން ތުރްކިޔޭގެ ބިންހެލުން އައި ސަރަހައްދަށް ޒިޔާރަތް ކުރައްވަން ނިންމަވައިފިއެވެ.

އެގޮތުން އިރްދުޣާން ޒިޔާރަތް ކުރައްވާނީ ބިންހެލުމުގެ އަސަރުކުރި 10 ޕްރޮވިންސްގެ ތެރެއިން އެންމެ ބޮޑަށް އަސަރުކޮށްފައިވާ ސަރަހައްދު ތަކަށެވެ.

މި ކާރިސާގައި ތުރްކިޔޭ އިން މަރުވި މީހުންގެ ޢަދަދު މިހާރު ވަނީ 7108 އަކަށް އަރައިފައެވެ. ތުރްކިޔޭގައި މިހާރު އޮތީ 3 މަސް ދުވަހަށް ދެމިގެންދާނެހެން ކުއްލި ނުރައްކަލުގެ ހާލަތު އިއްލާނު ކޮށްފައެވެ.

ސުންނާފަތިވެ ހަލާކުވެފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމަށް 12،000 ރެސްކިޔު ވޯކާސް ދަނީ މަސައްކަތް ކުރަމުންނެވެ. ދުނިޔޭގެ އެކި ޤައުމުތަކުންވެސް މީހުން ސަލާމަތް ކުރުމަށް ރެސްކިޔު ޓީމުތައް ފޮނުވައިދޭނެ ކަމަށް ވަނީ ބުނެފައެވެ. މިއަދުގެ ހެނދުނުގެ ވަގުތެއްގައި ޗައިނާގެ ރެސްކިޔު ޓީމް ވަނީ ތުރްކިޔޭގެ އަދާނާ އެއަރޕޯޓަށް ޖައްސައިފައެވެ.

އެގޮތުން ވަރުގަދަ 82 ރެސްކިޔު ޓީމަކާއި ރެސްކިޔު ޑޯގްސް އަދި 20 ޓަނުގެ އެމަރޖެންސީ އެއިޑްގެ ތަކެތި ވަނީ ފޮނުވައިފައެވެ. އޭގެ ތެރޭގައި ބޭހާއި މީހުން ސަލާމަތް ކުރުމަށް ބޭނުންވާ ތަކެތި ހިމެނެއެވެ. މީގެ އިތުރުން ޗައިނާއިން ވަނީ 40 މިލިއަން ޑޮލަރުގެ އެމެޖެންސީ އެއިޑް ތުރްކިޔޭ އަށް ދޭނެކަމަށް ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Jul 2026
1.15 ޓްރިލިއަން ޑޮލަރުގެ އަސްކަރީ ބިލެއް އެމެރިކާއިން ފާސްކޮށްފި
ރިޕަބްލިކަން ޕާޓީގެ އަޣުލަބިއްޔަތު އޮންނަ ހައުސްއިން ބުދަ ދުވަހު މި ބިލު ފާސްކުރީ ވަރަށް ހަނި ތަފާތަކުންނެވެ. ބިލު ފާސްކުރުމަށް 216 މެންބަރުން ވޯޓު ދިންއިރު، ބިލާ ދެކޮޅަށް 212 މެންބަރުން ވޯޓު ދިނެވެ. މި ވޯޓުގައި ރިޕަބްލިކަން ޕާޓީގެ ހަތް މެންބަރަކު ބިލާ ދެކޮޅަށް ވޯޓު ދިންއިރު، ޑިމޮކްރެޓިކް ޕާޓީގެ ހަ މެންބަރަކު ވަނީ ބިލަށް ތާއީދުކޮށްފައެވެ.
23 Jul 2026
ޕޮލިސް މެމޯރިއަލް ޑޭ ފާހަގަކުރުމަށް ފުލުހުންގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފި
ހަރަކާތްތައް ފެށުމުގެ ގޮތުން ރޭ ދަންވަރު 12:00 ގައި އިސްކަންދަރު ބިލްޑިންގުގައި ނަގާފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފައިވެއެވެ.
23 Jul 2026
ފްރާންސްގައި 15 އަހަރުން ދަށުގެ ކުދިން މީސް މީޑިއާ ބޭނުންކުރުން މަނާކުރަނީ
ފަރަންސޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުން، 15 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާ ގާނޫނެއް މިދިޔަ އަންގާރަ ދުވަހު ފާސްކޮށްފިއެވެ. މިއީ ވިލާތުގެ ގައުމުތަކުގެ ތެރެއިން މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ގައުމެވެ.
23 Jul 2026
ބަރުދަން ލުއިވާ ކަމަށް ބުނާ ކާބޯތަކެތިން ސިއްހަތަށް ނޭދެވޭ އަސަރު
ބަލިބަލީގެ ފަރުވާއެއްގެ ގޮތުގައި ނުވަތަ ހަށިގަނޑަށް ވަކި ކަހަލަ ބަދަލުތަކެއް ގެނެސްދޭނެ ކަމަށް ބުނެ، ހަގީގަތާ ހިލާފު މައުލޫމާތު ހިމަނައިގެން ކާބޯތަކެތީގެ އުފެއްދުންތައް މާކެޓު ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން އަންގައިފިއެވެ.
23 Jul 2026
އައްޑޫ ސިޓީގެ އިހުތިސާސުން ސަވާހެލި ވަކިކޮށްފި
ފަތުރުވެރިކަމުގެ ބޭނުމަށް އައްޑުއަތޮޅު އައްޑޫ ސިޓީގެ އިޚްތިޞާޞުން އެ އަތޮޅު ސަވާހެލި ވަކިކުރައްވައި، އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
23 Jul 2026
އަސާސީ ބޭސްތަކުގެ 80 އިންސައްތަ ބޭސްފިހާރަތަކުން ލިބެންޖެހޭގޮތަށް އުސޫލެއް
22 Jul 2026
ފުލުހުންނަށް ހައްޔަރުނުކުރެވި އުޅެނިކޮށް ދެވަނަ ފަހަރަށް އަޒީޒާ މިސްކިތަށް ހަމަލާދީފި
އަޒީޒާ މިސްކިތައް މިރޭ ހަމަލާ ދިން މީހާ އެކަންކޮށްފައިވަނީ މަގްރިބް ނަމާދަށްފަހުއެވެ. އެމީހާ ވަނީ މިމަހުގެ 22 ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައިވެސް އަޒީޒާ މިސްކިތުގެ ބިއްލޫރިތައް ތަޅާލާފައެވެ.
22 Jul 2026
ބްރެޒިލްގެ ފޯވާޑް ޑޮރިއެލްޓަން ނިއުރޭޑިއަންޓާ ގުޅިއްޖެ
ޑޮރިއެލްޓަން ނިއުރޭޑިއަންޓާ ގުޅިފައިވަނީ މުސާރަ އާއި އިނާޔަތްތަކާއެކު 350،000 ރުފިޔާގެ މުސާރައަކަށެވެ.