ވެއްޓިފައިވާ ޢިމާރާތެއްގެ ދަށުން ކުއްޖަކު ސަލާމަތްކުރަނީ. ސީރިޔާ
ހަބަރު
08 Feb 2023 | 16:50
ތުރްކިޔޭ ސީރިޔާ ބިންހެލުން: ސީރިޔާ ގެ ހާލަކީ ކޮބާ؟

ތުރްކިޔޭ އާއި ސީރިޔާ އަށް އައި ބާރުގަދަ ބިންހެލުމަށް ފަހު، މެދުކެނޑުމެއްނެތި 7 އަހަރު ހަނގުރާމައިގެ ވިލާގަނޑުގެ ދަށުގައި ތިބި ސީރިޔާ ގެ ރައްޔިތުންގެ ހާލަތު ވަނީ އިތުރަށް ގޯސްވެފައެވެ.

ބިންހެލުމަށް ސީރިޔާގައި ހާލުގައި ޖެހިފައިތިބި މީހުންނާ ހިސާބަށް އެމަޖެންސީ އެއިޑާއި އެކު ދަތުރު ކުރުން ވަނީ ވަރަށް ބޮޑަށް އުނދަގޫވެފައެވެ.

ފުނޑުފުނޑުވެ ހަލާކުވެފައިވާ ޢިމާރާތްތަކުގެ ދަށުން މީހުން ސަލާމަތްކުރުމަށް ބޭނުންކުރާނެ ވަސީލަތްތައް އެހިސާބަށް ފޯރުކޮށްދިނުން ދަތިވެ ތިބި މަދު ރެސްކިޔު ވޯކާސް ދަނީ އެމީހުންގެ ކަށިން ހިތްވަރުނެރެ އަތުން ހިލަތަކާއި ސިމެންތި ތައް އެއްފަރާތްކޮށް މީހުންނާއި ތުއްތު ކުދިން ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ސީރިޔާގެ ހަނގުރާމަ ވެރިން ތިބި ސަރައްހައްދަށް ވެސް ވަނީ ބިންހެލުމުގެ އަސަރުކޮށްފައެވެ. އެސަރަހައްދުގައި ތިބި މީހުންނަށް އެހީ ފޯރުކޮށްދެވެން އޮތީ ޔޫއެން އިން ތުރިކިޔާއިން ސީރިޔާގެ ހުޅަނގުއުތުރަށް ހަދައިފައިއޮންނަ ބާބް އަލް ހަވާ އޭ ކިޔާ މަގެވެ. ނަމަވެސް ބިންހެލުމާއި އެކު އެމަގުވަނީ ހަލާކުވެފައެވެ. އެހެންކަމުން މިވަގުތައް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުންވެސް ބޮޑު ދައްޗަކަށް ވެފައިވާކަމަށް އިންސާނިޔަތައްޓަކައި މަދަދުދޭ ޖަމިއްޔާތަކުން ވަނީ ހާމަކޮށްފައެވެ.

ޔޫއެންއިން ބުނެފައިވަނީ ބިންހެލުމުގެ ސަބަބުން ވެއްޓިފައިވާ އިމާރާތްތަކުގެ ސަބަބުން ތާށިވެފައިވާ މީހުން ސަލާމަތް ކުރުމަށް ބޭނުންވާ ސާމާނާއި ބޯހިޔާވަހިކަން ގެއްލި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް މިވަގުތައް ކޮންމެހެން ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް އެކި މަގުތައް ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. ހުއްދަ ލިބިފައިވާ މަގުނޫން އެހެން މަގަކުން އެކަން ކުރާ ނަމަ ސީރިޔާގެ ސަރުކާރާއި އެކު އައު އެއްބަސްވުމެއް ހަދަން ޖެހެއެވެ.

ހުޅަނގުގެ ޤައުމުތަކުން ސީރިޔާގެ ބައްޝާރުލް އަސަދުގެ ސަރުކާރު މެދުވެރިކޮށް ސީރިޔާގެ ހާލުގައި ޖެހިފައި ތިބި ރައްޔިތުންނަށް އެހީ ފޮނުވުމަށް ދަނީ ނޫން ބަސްބުނަމުންނެވެ.

އަންގާރަ ދުވަހު އެމެރިކާއިން ބުނެފައިވަނީ އެގައުމުން މިވަގުތައް ހާލުގައި ޖެހިފައިތިބި ތުރްކިޔޭ އާއި ސީރިޔާގެ ރައްޔިތުނަށް ވެސް އެހީވުމަށް ނިންމައިފައިވާ ކަމަށެވެ. ނަމަވެސް ސީދާ ސީރިޔާގެ ސަރުކާރާއި ވާހަކަދައްކައިގެން މިކަން އަވަހަށް ކުރުމަކީ ދަތިކަމެއް ކަމަށާއި، ޔޫއެން އާއި ގުޅުގެން އެމަސައްކަތް ކުރާނެ ކަމަށެވެ.

ކޮންމެއަކަސް ސީރިޔާގެ ރައްޔިތުން ތިބީ ހިތާމައިގެ މައްޗަށް ހިތާމައިގައެވެ. މިހާތަނަށް ބިންހެލުމުގައު އެޤައުމުން 2530 މީހުން ވަނީ މަރުވެފައެވެ. އެއީ ޔަޤީން ވެފައިވާ ޢަދަދެވެ. ޢިމާރާތް ތަކުގެ ދަށުގައި ތާށިވެފައި އެތައް ބަޔަކު ތިބުމަކީ އެކަށީގެންވާ ކަމެކެވެ. ބިންހެލުމުގެ 40 ގަޑިއިރުވިފަހުންވެސް ބައެއް އިމާރަތްތަކުގެ ދަށުން މީހުން ސަލާމަތް ކޮށްފައިވެއެވެ. އުންމީދަކީ ﷲގެ ރަޙްމަތާއި އެކު ގިނަ ބަޔަކު ދިރިތިއްބައި ސަލާމަތް ކުރެވުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Jul 2026
1.15 ޓްރިލިއަން ޑޮލަރުގެ އަސްކަރީ ބިލެއް އެމެރިކާއިން ފާސްކޮށްފި
ރިޕަބްލިކަން ޕާޓީގެ އަޣުލަބިއްޔަތު އޮންނަ ހައުސްއިން ބުދަ ދުވަހު މި ބިލު ފާސްކުރީ ވަރަށް ހަނި ތަފާތަކުންނެވެ. ބިލު ފާސްކުރުމަށް 216 މެންބަރުން ވޯޓު ދިންއިރު، ބިލާ ދެކޮޅަށް 212 މެންބަރުން ވޯޓު ދިނެވެ. މި ވޯޓުގައި ރިޕަބްލިކަން ޕާޓީގެ ހަތް މެންބަރަކު ބިލާ ދެކޮޅަށް ވޯޓު ދިންއިރު، ޑިމޮކްރެޓިކް ޕާޓީގެ ހަ މެންބަރަކު ވަނީ ބިލަށް ތާއީދުކޮށްފައެވެ.
23 Jul 2026
ޕޮލިސް މެމޯރިއަލް ޑޭ ފާހަގަކުރުމަށް ފުލުހުންގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފި
ހަރަކާތްތައް ފެށުމުގެ ގޮތުން ރޭ ދަންވަރު 12:00 ގައި އިސްކަންދަރު ބިލްޑިންގުގައި ނަގާފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފައިވެއެވެ.
23 Jul 2026
ފްރާންސްގައި 15 އަހަރުން ދަށުގެ ކުދިން މީސް މީޑިއާ ބޭނުންކުރުން މަނާކުރަނީ
ފަރަންސޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުން، 15 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާ ގާނޫނެއް މިދިޔަ އަންގާރަ ދުވަހު ފާސްކޮށްފިއެވެ. މިއީ ވިލާތުގެ ގައުމުތަކުގެ ތެރެއިން މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ގައުމެވެ.
23 Jul 2026
ބަރުދަން ލުއިވާ ކަމަށް ބުނާ ކާބޯތަކެތިން ސިއްހަތަށް ނޭދެވޭ އަސަރު
ބަލިބަލީގެ ފަރުވާއެއްގެ ގޮތުގައި ނުވަތަ ހަށިގަނޑަށް ވަކި ކަހަލަ ބަދަލުތަކެއް ގެނެސްދޭނެ ކަމަށް ބުނެ، ހަގީގަތާ ހިލާފު މައުލޫމާތު ހިމަނައިގެން ކާބޯތަކެތީގެ އުފެއްދުންތައް މާކެޓު ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން އަންގައިފިއެވެ.
23 Jul 2026
އައްޑޫ ސިޓީގެ އިހުތިސާސުން ސަވާހެލި ވަކިކޮށްފި
ފަތުރުވެރިކަމުގެ ބޭނުމަށް އައްޑުއަތޮޅު އައްޑޫ ސިޓީގެ އިޚްތިޞާޞުން އެ އަތޮޅު ސަވާހެލި ވަކިކުރައްވައި، އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
23 Jul 2026
އަސާސީ ބޭސްތަކުގެ 80 އިންސައްތަ ބޭސްފިހާރަތަކުން ލިބެންޖެހޭގޮތަށް އުސޫލެއް
22 Jul 2026
ފުލުހުންނަށް ހައްޔަރުނުކުރެވި އުޅެނިކޮށް ދެވަނަ ފަހަރަށް އަޒީޒާ މިސްކިތަށް ހަމަލާދީފި
އަޒީޒާ މިސްކިތައް މިރޭ ހަމަލާ ދިން މީހާ އެކަންކޮށްފައިވަނީ މަގްރިބް ނަމާދަށްފަހުއެވެ. އެމީހާ ވަނީ މިމަހުގެ 22 ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައިވެސް އަޒީޒާ މިސްކިތުގެ ބިއްލޫރިތައް ތަޅާލާފައެވެ.
22 Jul 2026
ބްރެޒިލްގެ ފޯވާޑް ޑޮރިއެލްޓަން ނިއުރޭޑިއަންޓާ ގުޅިއްޖެ
ޑޮރިއެލްޓަން ނިއުރޭޑިއަންޓާ ގުޅިފައިވަނީ މުސާރަ އާއި އިނާޔަތްތަކާއެކު 350،000 ރުފިޔާގެ މުސާރައަކަށެވެ.