ރެސްކިޔު ޓީމުތަކާއި ސްނިފަރ ޑޯގްސް މީހުން ސަލާމަތްކުރުމަށް ހަރަކާތްތެރިވަނީ
ހަބަރު
09 Feb 2023 | 06:07
ތުރިކިޔޭ ސީރިޔާ ބިންހެލުން: ތުއްތު މުޙައްމަދް 45 ގަޑިއިރު އިމާރާތުގެ ދަށުގައި

ތުރުކިޔޭ އަށާއި ސީރިޔާ އަށް އައި ބިންހެލުން ތަކުގައި ތުރުކިޔޭ ގައި ވެއްޓުނު އިމާރާތެއްގެ ދަށުން ސީރިޔާގެ ރެފިޔުޖީ، ތުއްތު މުޙައްމަދު 45 ގަޑިއިރު ފަހުން ދިރިއޮއްވާ ސަލާމަތްކޮށްފިއެވެ.

މުޙައްމަދު ސަލާމަތްކުރުމަށް މަސައްކަތް ކުރަމުންދިޔަ  ރެސްކިޔު ވޯކަރ ފުރަތަމަ މުޙައްމަދަށް ފެން ދީ، ވާހަކަދައްކައި ހަމަޖެއްސޯތޯ މަސައްކަތް ކުރެއެވެ. އަދި އެކުއްޖާ ވަނީ ވެއްޓިފައިވާ އިމާރާތުގެ ދަށުން ރައްކާތެރިކަމާއި އެކު ނަގައިފައެވެ.

މިކާރިސާގައި ތުރުކިޔޭ އިން މަރުވި މީހުންގެ ޢަދަދު މިހާރު ވަނީ 8574 އަކަށް އަރައިފައެވެ. އަދި ސީރިޔާއިން 2530 މީހުން މަރުވެފައި ވާއިރު ޖުމްލަ ޢަދަދު 11000 މައްޗަށް އަރައިގެން ގޮއްސައެވެ.

ތުރްކިޔޭގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން މިހާރު ވަނީ ކާރިސާގައި އެންމެ ބޮޑަށް ގެއްލުންވި ސަރަހައްދު ތަކަށް ޒިޔާރަތްކުރައްވައިފައެވެ.

އުރްދުޣާން ވިދާޅުވީ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ހާލުގައި ޖެހިފައި ތިބި ފަރާތްތަކަށް ފޯރުކޮށްދޭން ޖެހޭ އެހީ ފޯރުކޮށްދިނުމަށް ދަތިވެފައިވާކަން ދެނެވަޑައިގަންނަވާ ކަމަށާއި ތުރުކިޔޭގެ ރައްޔިތުންގެ ކިބައިން އެދި ވަޑައިގަންނަވަނީ ކެތްތެރިކަން އިސްކުރުމަށް ކަމަށެވެ.

"މަގުތަކާއި އެއަރޕޯޓުތަކުން ދަތުރުކުރުން މިވަނީ ދަތިވެފައި، ނަމަވެސް އެއްދުވަހުން އަނެއް ދުވަހަށް ހުރިހާ ކަމެއްވެސް ދާނީ ރަނގަޅުވަމުން" އުރުދުޣާން ވިދާޅުވިއެވެ.

"ރައްޔިތުން މިވަގުތު އަޑުއަހަންވީ ސަރުކާރުން ދައްކާ ވާހަކަ، އޮތޯރިޓީ ތަކާއި މުޢާމަލާތު ކުރަންވީ، އެތައްބަޔަކު އެމަޖެންސީ އެހީ އާއި ޒަރޫރަތްތައް ނުފުދިގެން ޝަކުވާ ކުރާ ދަނޑިވަޅެއްމީ, ދޮގުވާހަކަތައް އަޑު އެހުމާއި ފެތުރުން ހުއްޓާލަންޖެހޭ" އުރްދުޣާން ވިދާޅުވިއެވެ.

އެއްވެސް ރައްޔިތަކު މަގުމައްޗެއް ނުވާނެ ކަމަށާއި އައު ގެތަށް ބިނާ ކޮށްދެއްވާނެ ކަމަށް އުރްދުޣާން ވިދާޅުވިއެވެ. "މިއީ އެއްބައިވަންތަ ކަން އިސްކުރަންވީ ވަގުތު" އުރްދުޣާން ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Jul 2026
1.15 ޓްރިލިއަން ޑޮލަރުގެ އަސްކަރީ ބިލެއް އެމެރިކާއިން ފާސްކޮށްފި
ރިޕަބްލިކަން ޕާޓީގެ އަޣުލަބިއްޔަތު އޮންނަ ހައުސްއިން ބުދަ ދުވަހު މި ބިލު ފާސްކުރީ ވަރަށް ހަނި ތަފާތަކުންނެވެ. ބިލު ފާސްކުރުމަށް 216 މެންބަރުން ވޯޓު ދިންއިރު، ބިލާ ދެކޮޅަށް 212 މެންބަރުން ވޯޓު ދިނެވެ. މި ވޯޓުގައި ރިޕަބްލިކަން ޕާޓީގެ ހަތް މެންބަރަކު ބިލާ ދެކޮޅަށް ވޯޓު ދިންއިރު، ޑިމޮކްރެޓިކް ޕާޓީގެ ހަ މެންބަރަކު ވަނީ ބިލަށް ތާއީދުކޮށްފައެވެ.
23 Jul 2026
ޕޮލިސް މެމޯރިއަލް ޑޭ ފާހަގަކުރުމަށް ފުލުހުންގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފި
ހަރަކާތްތައް ފެށުމުގެ ގޮތުން ރޭ ދަންވަރު 12:00 ގައި އިސްކަންދަރު ބިލްޑިންގުގައި ނަގާފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފައިވެއެވެ.
23 Jul 2026
ފްރާންސްގައި 15 އަހަރުން ދަށުގެ ކުދިން މީސް މީޑިއާ ބޭނުންކުރުން މަނާކުރަނީ
ފަރަންސޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުން، 15 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާ ގާނޫނެއް މިދިޔަ އަންގާރަ ދުވަހު ފާސްކޮށްފިއެވެ. މިއީ ވިލާތުގެ ގައުމުތަކުގެ ތެރެއިން މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ގައުމެވެ.
23 Jul 2026
ބަރުދަން ލުއިވާ ކަމަށް ބުނާ ކާބޯތަކެތިން ސިއްހަތަށް ނޭދެވޭ އަސަރު
ބަލިބަލީގެ ފަރުވާއެއްގެ ގޮތުގައި ނުވަތަ ހަށިގަނޑަށް ވަކި ކަހަލަ ބަދަލުތަކެއް ގެނެސްދޭނެ ކަމަށް ބުނެ، ހަގީގަތާ ހިލާފު މައުލޫމާތު ހިމަނައިގެން ކާބޯތަކެތީގެ އުފެއްދުންތައް މާކެޓު ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން އަންގައިފިއެވެ.
23 Jul 2026
އައްޑޫ ސިޓީގެ އިހުތިސާސުން ސަވާހެލި ވަކިކޮށްފި
ފަތުރުވެރިކަމުގެ ބޭނުމަށް އައްޑުއަތޮޅު އައްޑޫ ސިޓީގެ އިޚްތިޞާޞުން އެ އަތޮޅު ސަވާހެލި ވަކިކުރައްވައި، އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
23 Jul 2026
އަސާސީ ބޭސްތަކުގެ 80 އިންސައްތަ ބޭސްފިހާރަތަކުން ލިބެންޖެހޭގޮތަށް އުސޫލެއް
22 Jul 2026
ފުލުހުންނަށް ހައްޔަރުނުކުރެވި އުޅެނިކޮށް ދެވަނަ ފަހަރަށް އަޒީޒާ މިސްކިތަށް ހަމަލާދީފި
އަޒީޒާ މިސްކިތައް މިރޭ ހަމަލާ ދިން މީހާ އެކަންކޮށްފައިވަނީ މަގްރިބް ނަމާދަށްފަހުއެވެ. އެމީހާ ވަނީ މިމަހުގެ 22 ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައިވެސް އަޒީޒާ މިސްކިތުގެ ބިއްލޫރިތައް ތަޅާލާފައެވެ.
22 Jul 2026
ބްރެޒިލްގެ ފޯވާޑް ޑޮރިއެލްޓަން ނިއުރޭޑިއަންޓާ ގުޅިއްޖެ
ޑޮރިއެލްޓަން ނިއުރޭޑިއަންޓާ ގުޅިފައިވަނީ މުސާރަ އާއި އިނާޔަތްތަކާއެކު 350،000 ރުފިޔާގެ މުސާރައަކަށެވެ.