މީހުން ސަލާމަތް ކުރާ ރެސްކިޔު ޓީމް ތަކުން އެމަސައްކަތުގައި
ހަބަރު
09 Feb 2023 | 06:18
ތުރްކިޔޭ ސީރިޔާ ބިންހެލުން: ސީރިޔާ އެހީއަށް އެދި ގޮވަނީ

ތުރްކިޔޭ އާއި ސީރިޔާ އަށް އައި ބާރުގަދަ ބިންހެލުމުގެ އަސަރު ކޮށް ހާލުގައި ޖެހިފައި ތިބި ސީރިޔާގެ ރައްޔިތުން ނަށް ބައިނަލް އަގްވާމީ އެހީ މިވަގުތައް ވަނީ ވަރަށް ބޮޑަށް ބޭނުންވެފައެވެ.

ހުދު ހެލްމެޓްގެ ނަމުން މަޝްހޫރުވެފައިވާ ސީރިޔާގެ ސިވިލް ޑިފެންސް ފޯސް އިން ދަނީ ބިންހެލުމުގެ ސަބަބުން ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. މަދު އާލަތް ތަކަކާއި އެކު މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންދާ ހުދު ހެލްމެޓުން ބުނެފައިވަނީ ބައިނަލް އަޤްވާމީ އެއްވެސް ފަރާތަކުން އެމަރޖެންސީ އެހީއެއް އެހިސާބަށް ފޯރައިފައިނުވާކަމަށެވެ.

"ސީރިޔާގެ އުތުރަށް އެއްވެސް ދިމާއަކުން އެއްވެސް އެހީއެއް ނާދޭ،" ސީރިޔާގެ ސިވިލް ޑިފެންސްގެ ޕޮރޮގްރާމް މެނޭޖަރ ޢަބްދުއްރައްޒާޤް ކެންތަރް ވިދާޅުވިއެވެ.

ސީރިޔާގައި މިވަގުތު މީހުން ސަލާމަތް ކުރަން މަސައްކަތް ކުރަމުންދާ ރެސްކިޔު ޓީމަކީ މީގެ އަހަރުތަކެއް ކުރިން އެކުލަވައިލައިފައިވާ ޓީމެކެވެ. އެންމެ ފުރަތަމަ އައި 7.8 މެގްނެޓިޔުޓްގެ ބިންހެލުމާއި އެކު މި ޓީމު ވަނީ މަސައްކަތް ފަށައިފައެވެ.

"މިސްރުން އައި 20 މީހުންގެ ޓެކްނިކަލް ޓީމެއް އެކަނި މިހިސާބަށް އައިސްފައިވަނީ، ޑޮކްޓަރުން ހިމެނޭހެން އައި މިޓީމާއި އެކު މެޑިކަލް ބައެއް އާލާތްތައް ވަނީ ގެނެއްސައި، އެމީހުން ވަނީ ބާބް އަލް ހަވާ މަގުން" 

"ސަރުކާރުގެ ސްޓޭޓްމަންޓުގައި ވާގޮތުން އެހީ ފޯރުކޮށްދޭ ފަރާތްތަކަށްޓަކައި ހުރިހާ މަގުތަކެއް ވަނީ ހުޅުވާލެވިފައި، ބާބް އަލް ހަވާ، ޖަރާބުލުސް އަދި ބާބް އަލް ސަމާހް ވެސް ވަނީ ހުޅުވާލެވިފައި، ސިވިލް ޑިފެންސުން ބުނެފައި ވާ ގޮތުން ބައިނަލްއަޤްވާމީ ވެސް އަދި އެނޫން ވެސް އެއްވެސް އެހީއެއް އަހަރެމެންނާއި ހިސާބަށް އައިސްފައެއް ނުވޭ" 

"އަހަރެމެން މިދަނީ މަސައްކަތް ކުރަމުން، ރިޒާވްގައި ހުރި އެމަރޖެންސީ އެއިޑާއި ސީރިޔާގެ އެތެރެން ލިބެން ހުރި އެހީއެއް މި ބޭނުންކުރަމުންދަނީ" އަބްދުއްރައްޒާޤް ވިދާޅުވިއެވެ.

ސީރިޔާގައި ވެއްޓި ފުނޑުފުނޑުވެފައިވާ އިމާރަތްތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންދާ ވައިޓް ހެލްމެޓްސް އިން އެމީހުން ވަގުތާއި ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ބައިނަލް އަޤްވާމީ އެހީތެރިކަމަށް ވަނީ ގޮވައިލައިފައެވެ.

"ބައިނަލްއަޤްވާމީ ރެސްކިޔު ޓީމުތަކުން އަހަރެމެން މިތިބަ ހިސާބުތަކަށް އަންނަންޖެހޭ" 

"ކޮންމެ ސިކުންތަކު މީހަކު މިދަނީ މަރުވަމުން، އަހަރެމެން މިތިބީ ވަގުތާ ދެކޮޅަށް ކުރާ ރޭހެއް ގައި ކަހަލަ، ބައިނަލްއަޤްވާމީ ފަރާތްތަކަށް މިގޮވާލަނީ ހާލުގައި ޖެހިފައި ތިބި މީހުނަށް އެހީވުމުގެ ވާޖިބު އަދާކުރުމަށް" ސީރިޔާގެ ސިވިލް ޑިފެންސްގެ ސްޕޯކްސްޕާސަން މުހައްމަދް ޝިބިއްލީ ވިދާޅުވިއެވެ.

ބިންހެލުން ތަކުގައި ސީރިޔާގެ 250 ސްކޫލަށް ވަނީ ގެއްލުންތައް ލިބިފައެވެ. ގެއްލުން ލިބުނު ސްކޫލްތައް ހުރީ އެލެއްޕޯ، ލައްޓާކިއާ، ތަރްތޫސް، ހަމާ އަދި އިދްލިބް އަދި ތައްބާ ގައެވެ. ހަލާކުވެފައި ހުރިނަމަވެސް 126 ސްކޫލެއް ވަގުތީ ހިޔާގެ ގޮތުގައި މިވަގުތު ދަނީ ބޭނުން ކުރެވެމުންކަމަށް ސީރިޔާ ގެ އެޑިޔުކޭޝަން މިނިސްޓަރ ދަރެމް ތައްބާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Jul 2026
ޕޮލިސް މެމޯރިއަލް ޑޭ ފާހަގަކުރުމަށް ފުލުހުންގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފި
ހަރަކާތްތައް ފެށުމުގެ ގޮތުން ރޭ ދަންވަރު 12:00 ގައި އިސްކަންދަރު ބިލްޑިންގުގައި ނަގާފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފައިވެއެވެ.
23 Jul 2026
ފްރާންސްގައި 15 އަހަރުން ދަށުގެ ކުދިން މީސް މީޑިއާ ބޭނުންކުރުން މަނާކުރަނީ
ފަރަންސޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުން، 15 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާ ގާނޫނެއް މިދިޔަ އަންގާރަ ދުވަހު ފާސްކޮށްފިއެވެ. މިއީ ވިލާތުގެ ގައުމުތަކުގެ ތެރެއިން މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ގައުމެވެ.
23 Jul 2026
ބަރުދަން ލުއިވާ ކަމަށް ބުނާ ކާބޯތަކެތިން ސިއްހަތަށް ނޭދެވޭ އަސަރު
ބަލިބަލީގެ ފަރުވާއެއްގެ ގޮތުގައި ނުވަތަ ހަށިގަނޑަށް ވަކި ކަހަލަ ބަދަލުތަކެއް ގެނެސްދޭނެ ކަމަށް ބުނެ، ހަގީގަތާ ހިލާފު މައުލޫމާތު ހިމަނައިގެން ކާބޯތަކެތީގެ އުފެއްދުންތައް މާކެޓު ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން އަންގައިފިއެވެ.
23 Jul 2026
އައްޑޫ ސިޓީގެ އިހުތިސާސުން ސަވާހެލި ވަކިކޮށްފި
ފަތުރުވެރިކަމުގެ ބޭނުމަށް އައްޑުއަތޮޅު އައްޑޫ ސިޓީގެ އިޚްތިޞާޞުން އެ އަތޮޅު ސަވާހެލި ވަކިކުރައްވައި، އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
23 Jul 2026
އަސާސީ ބޭސްތަކުގެ 80 އިންސައްތަ ބޭސްފިހާރަތަކުން ލިބެންޖެހޭގޮތަށް އުސޫލެއް
22 Jul 2026
ފުލުހުންނަށް ހައްޔަރުނުކުރެވި އުޅެނިކޮށް ދެވަނަ ފަހަރަށް އަޒީޒާ މިސްކިތަށް ހަމަލާދީފި
އަޒީޒާ މިސްކިތައް މިރޭ ހަމަލާ ދިން މީހާ އެކަންކޮށްފައިވަނީ މަގްރިބް ނަމާދަށްފަހުއެވެ. އެމީހާ ވަނީ މިމަހުގެ 22 ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައިވެސް އަޒީޒާ މިސްކިތުގެ ބިއްލޫރިތައް ތަޅާލާފައެވެ.
22 Jul 2026
ބްރެޒިލްގެ ފޯވާޑް ޑޮރިއެލްޓަން ނިއުރޭޑިއަންޓާ ގުޅިއްޖެ
ޑޮރިއެލްޓަން ނިއުރޭޑިއަންޓާ ގުޅިފައިވަނީ މުސާރަ އާއި އިނާޔަތްތަކާއެކު 350،000 ރުފިޔާގެ މުސާރައަކަށެވެ.
22 Jul 2026
ހިންމަފުށީގައި ހިނގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ބިދޭސީ ދެމީހުން ރާއްޖެ ނާދެވޭގޮތް ހަދަނީ
މި މާރާމާރީ ހިނގާފައިވަނީ ކޮން ސަބަބަކާ ލައިގެންކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ. އަދި އެމީހުން އަނބުރާ ފޮނުވާލަންޖެހޭކަމަށް ފުލުހުންނަށް ފާހަގަވި އެއްވެސް ކަމެއްގެ ވާހަކަ ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ