ކުޑަގިރި ޕްރޮމޯޝަނަލް ފޮޓޯ
ހަބަރު
08 Feb 2023 | 22:02
ކުޑަގިރިއަށް އަރަން ބޮލަކަށް 75 ރުފިޔާ, ބަންދު ދުވަސްތަކަށް ހިލޭ!

ކ ކުޑަގިރީ ފަޅުގައި ތަރައްޤީ ކޮށްފައިވާ ޕިކްނިކް އައިލެންޑް އަށް ދާ ފެރީ ޓިކެޓްގެ އަގަކީ ކޮޅަކަށް 25 ރުފިޔާ ކަމުގައި ހަމަޖައްސައިފިއެވެ.

ފެރީގެ އަގަކީ ކޮޅަކަށް 25 ރުފިޔާ އަދި ރަށަށް އެތެރެވާނަމަ 50 ރުފިޔާ ދައްކަން ޖެހޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.

މިއަގުތައް މިގޮތައް ހަމަޖައްސައިފައިވާ ކަން ހާމަކުރައްވާފައިވަނީ ނައިބް ރައީސް ފައިސަލް ނަސީމެވެ. ނައިބްރައީސް ފައިސަލް ވަނީ މިއަދު ކުޑަގިރި ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ބައްލަވާލެއްވުމަށް އެ ރަށަށް ވަޑައިގެންފައެވެ.

ނައިބް ރައީސް ވިދާޅުވީ ކުޑަގިރި ފެރީގެ އަގަކީ 25 ރުފިޔާ އެވެ. އަދި ރަށަށް އެތެރެވާން އެންޓްރެންސް ފީ ގެ ގޮތުގައި 50 ރުފިޔާ ނަގާނެ އެވެ. ނަމަވެސް އެއީ އާންމު ދުވަސްތަކުގައި ދަތުރު ދާނަމަ އެވެ. އާދިއްތަ އިން ބުރާސްފައްޗަށް ދިވެހީންނާއި ބިދޭސީންނަށްވެސް ދަތުރު ދެވޭނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.

ހަފްތާ ބަންދާއި ސަރުކާރު ބަންދު ދުވަސް ތަކުގައި ހިލޭ ދަތުރުކުރެވޭނެ ކަމަށާއި އަދި ހަފްތާ ބަންދާއި ސަރުކާރު ބަންދު ދުވަސްތައް ޚާއްސަ ކުރެވިފައިވަނީ ދިވެހިންނަށް ކަމަށެވެ.

ހަފްތާ ބަންދާއި ސަރުކާރު ބަންދު ދުވަސް ތަކުގައި ހިލޭ ދަތުރުކުރެވޭއިރު އެހެންދުވަސް ތަކުގައި ކޮޅަކަށް 25 ރުފިޔާ ނަގާނެއެވެ. 12 އަހަރުން މަތީގެ މީހުން ކުޑަގިރި އަށް އެތެރެވާން 50 ރުފިޔާ ދައްކަން ޖެހޭއިރު 12 އަހަރުން ދަށުގެ ކުދިންނަށް ދައްކަން ޖެހެނީ އަގުގެ އެއްބައެވެ. ހަފްތާ ބަންދާއި ސަރުކާރު ބަންދު ދިވެހިންނަށް ޚާއްސަ ކުރެވިފައިވާއިރު 600 އެއްހާ މީހުންނަށް އެރަށް ބޭނުންކުރެވޭނެއެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުޑަގިރި ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރު އެވެ. މިއީ 41.4 މިލިއަން ރުފިޔާގެ މަސައްކަތެކެވެ. ކުޑަގިރި މި މަހު ހުޅުވަން އެންމެ ފަހުގެ ތައްޔާރީތައް ދަނީ ވަމުންނެވެ. ކުޑަގިރިއަށް ދަތުރު ދެވޭނީ ކުރީބައިގައި ބުކް ކުރުމަށް ފަހު އެވެ.  

މަސައްކަތް މުޅީން ނިންމާ އެ ރަށް މިދިޔަ މިނިވަން ދުވަހަށް ހުޅުވަން ސަރުކާރުން މަސައްކަތް ކުރި ނަމަވެސް އެ ތާރީހަށް މަސައްކަތް ނިމިފައި ނުވާތީ ހުޅުވާނެ ތާރީޚް ފަސްކުރިއެވެ. އޭގެ ފަހުން މިދިޔަ ނޮވެންބަރަށް ހުޅުވާނެ ކަމަށް ބުނި ނަމަވެސް އެތާރީޚުންވެސް ފަސްވެގެން ވަނީ ގޮސްފައެވެ. ނަމަވެސް މިހާރު އޮތީ ހުރިހާ މަސައްކަތެއް ނިމި ހުޅުވަން މުޅީން ތައްޔާރު ވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.