މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު: ފޮޓޯ/ މަޖިލިސް
ހަބަރު
09 Feb 2023 | 13:32
އަސްލަމް އައްޑޫއަށް ބަދަލު ވުމަކީ ކޮން ބާވަތެއްގެ ލާމަރުކަޒީ ވިސްނުންފުޅެއްތޯ؟: ވަހީދު

އައްޑޫ ސިޓީ މޭޔަރަކާއި ކައުންސިލެއް އޮތް އިރު، މަގު ހެދުމުގެ މައްސަލަތައް ހައްލު ކުރަން ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް އެ ރަށަށް ދުވަސް ކޮޅަކަށް ބަދަލުވާތީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ފާޑުވިދާޅުވެއްޖެއެވެ.  

އައްޑޫގައި ސަރުކާރުން ހިނގާ މަޝްރޫއުތައް ބަލަހައްޓަވައި މަސައްކަތް އަވަސްކުރަން މިނިސްޓަރު އަސްލަމް ދުވަސްކޮޅަކަށް އައްޑު އަށް ބަދަލުވާން ނިންމަވާފައިވާ ކަމަށް އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. 

އެކަމާއި ގުޅިގެން ވައްޑެ ކުރެއްވި ޓްވީޓެއްގައި އޭނާ ވަނީ އައްޑޫ ސިޓީގައި މޭޔަރަކާ ކައުންސިލެއް އޮވެ، މަސައްކަތްތައް އެފަރާތްތަކަށް ހަވާލު ނުކުރާން އެތަނުގައި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުން / ޑެޕިޔުޓީ މިނިސްޓަރުން ލައްވާފައި، އަނެއްކާ މިނިސްޓަރުވެސް އެކޮޅަށް ބަދަލުވަނީތޯ ސުވާލު ކުރައްވާފައެވެ.  އަދި އެއީ ކޮން ބާވަތެއްގެ ލާމަރުކަޒީ ވިސްނުންފުޅެއްތޯ ވެސް އޭނާ ވަނީ ސުވާލު ކުރައްވާފައެވެ. 

އިއްޔެގެ މަޖިލީހުގެ ޖަލްސާގައި އައްޑޫގެ މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދާ ގޮތާ މެދު އެ ސިޓީގެ މީހުންގެ ހިތްހަމަނުޖެހުންތަކެއް އެބަހުރި ކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ. އެގޮތުން މަގު ހަދަން އެއްފަހަރާ ހުރިހާ މަގެއް ކޮނެފައި އޮތުމުން މީހުންނަށް ދިމާވާ ދަތިތަކާއި އެތައް މައްސަލަތަކެއް އެބަހުރި ކަން އޭނާ ފާހަގަކުރެއްވިއެވެ. 

"އެ ކަންކަން ހައްލު ކުރުމަށްޓަކައި އަޅުގަނޑު ދުވަސްކޮޅަކަށް އައްޑޫގައި ބޭސްވުމަށް އަޅުގަނޑު އައްޑު އަށް މޫވް ކުރާނަން،" އޭނާ ވިދާޅުވި އެވެ.

އަސްލަމް އައްޑު އަށް ވަޑައިގަންނަވަނީ އަންނަ ހޮނިހިރު ދުވަހު އެވެ. އަނބުރާ މާލެ ވަޑައިގަންނަވާނެ ދުވަހެއް އޭނާ ވިދާޅެއް ނުވެ އެވެ.

އަސްލަމް އައްޑުއަށް ބަދަލުވާން ނިންމެވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެކަމަށް ފާޑުވިދާޅުވެޒ އައްޑޫއަށް އަތޮޅުވެރިއެއް ފޮނުވަނީތޯ ސުވާލު ކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.