ވެއްޓީފައިވާ ޢިމާރާތްތަކުގެ ތެރެއިން މީހަކު ނިކުންނަނީ
ހަބަރު
09 Feb 2023 | 15:11
ތުރުކިޔޭ ސީރިޔާ ބިންހެލުން: މަރުވި މީހުންގެ ޢަދަދު 16,000 އަށް

ތުރުކިޔޭ އާއި ސީރިޔާ އަށް އައި ބާރުގަދަ ބިންހެލުން ތަކުގެ ސަބަބުން މަރުވި މީހުންގެ ޢަދަދު 16000 އަށް ވަނީ އަރައިފައެވެ.

މީގެތެރެއިން 12873 މީހުންނަކީ ތުރްކިޔޭ އިން މަރުވި މީހުންނެވެ. 3162 މީހުންނަކީ ސީރިޔާ މީހުންނެވެ. ދިރިތިބި މީހުން ފެންނާނެ ކަމަށް ރެސްކިޔު ވޯކާސް ކުރަމުންދާ އުންމީދު ދަނީ ކުޑަވަމުންނެވެ. ތުރުކީގެ އިރުދެކުނުގެ މީހުންނާއި ސީރިޔާގެ ހުޅަނގުއުތުރުގައި ތިބި މީހުން ދަނީ ރެސްކިޔު ޓީމް ތަކާއި އެމަޖެންސީ އެއިޑް ލިބެމުންދާލެއް ލަސް ކަމުގެ ޝަކުވާ ކުރަމުންނެވެ.

ނަމަވެސް ގަނޑުވާފަދަ ފިނި ކަމުގައި ވެސް ރެސްކިޔު ވޯކަރުން ދަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން ދިރިތިބި މީހުން ފެނޭތޯ އާއި ފެންނަ މީހުން ސަލާމަތް ކުރުމަށް މަސައްކަތްކުރަމުންނެވެ. ހާދިސާ ހިނގިތާ މިހާރު ހަތަރު ދުވަސް ވެފައިވާއިރު ރެސްކިޔު ވޯކާސްގެ މަސައްކަތް ހުއްޓައެއް ނުލައެވެ.

ތުރުކިޔޭ އިން ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކުރި ކަހްރަމަންމަރާންސް ގައި ހުރި އަލްޖަޒީރާގެ ރިޕޯޓަރު ބުނެފައިވަނީ "މީގެ އެއްގަޑިއިރުގެ ކުރިން އިމާރާތް ތަކުގެ ދަށުން ދެ ހަށިގަނޑު އެނެގީ،" މިހެނެވެ.

"ރެސްކިޔު ޓީމް ތަކުން މަރުވެފައިވާ ހަށިގަނޑުތައް އިމާރާތްތަކުގެ ދަށުންނަގައި ނެރެނީ ރަޖާ ތަކަށް ލައި ފޮރުވައިގެން، އެމަންޒަރުތައް އާއިލާގެ މީހުންނަށް ނުފެންނާނެ ހެން، މިތާގެ މީސްތަކުން ތިބީ ހިތާމައިގައި، ފިކުރުބޮޑުވުންތަކާއި ހިތާމައިގެ އިހްސާސްތައް އުތުރި އަރާ ހާލު، ފާއިތުވި 24 ގަޑި އިރުތެރޭގައި ދިރިހުރި އެއްވެސް މީހަކު އިމާރާތްތަކުގެ ދަށުން ނެރެވިފައެއް ނުވޭ" ވެއްޓިފައިވާ އިމާރާތް ތަކުގެ ކުރިމަތީގައި ހުރެ އޭނާ ކިޔައިދިނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.