މަޝްހޫރު ތާރީހު ދިރާސާކުރުންތެރިޔާ އަދި ކުޅަދާނަ ވާހަކަ ދެއްކުންތެރިޔާ އަލާ ދީދީ
ރިޕޯޓް
14 Sep 2026 | 00:08
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ

ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ޖަލްސާގައި މަޝްހޫރު ތާރީހު ދިރާސާކުރުންތެރިޔާ އަދި ކުޅަދާނަ ވާހަކަ ދެއްކުންތެރިޔާ އަލާ ދީދީ ދެއްކެވި ވާހަކަތަކަކާއި ގުޅިގެން ބަޔަކު ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

ހާއްސަކޮށް ރާއްޖެ އިސްލާމްވުމުގެ މާކުރީންވެސް އަރަބީންގެ މަޝްހޫރު ފޮތްތަކަށް ރާއްޖޭގެ ހަބަރުތައް އަރާފައިވާ ކަމަށް ވިދާޅުވެ އަލާ ދެއްކެވި ވާހަކަތަކަށް ބައެއް މީހުން ވަނީ ފާޑުކިޔާފަ އެވެ. ފާޑުކީ ބައެއް މީހުން ވަނީ އަލާ ވާހަކަ ދެއްކީ އެއްވެސް ތާރީހީ ހެއްކެއްގެ މައްޗަށް ބިނާކޮށް ނޫން ކަމަށް ބުނެފަ އެވެ. އަނެއް ބަޔަކު ވަނީ އެ ވާހަކަތައް ހުރީ ކޮންކޮން ލިޔުންތަކެއްތޯ ސުވާލުކޮށްފަ އެވެ. ތާރީހުގައި ނެތް ވާހަކަތަކެއް އަމިއްލައަށް ހަދަހަދައިގެން ކިޔަނީ ކަމަށް ބުނެ ވެސް ބަޔަކު ވަނީ ފާޑު ކިޔާފަ އެވެ.

ދައުލަތުގެ މީޑިއާއިން އެކްސްގައި ހިއްސާކުރި އަލާގެ އެ ވީޑިއޯއަށް ކޮމެންޓް ކުރި މީހުންގެ ތެރެއިން ރީތި ގޮތުގައި ކަންކަން ސާފުކުރަން ބޭނުން ވެގެން ސުވާލުކުރި މީހުންނަށް އަލާ ވަނީ ޖަވާބު ވެސް ދެއްވާފަ އެވެ.

އަދި ފަހުން ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާ އިތުރަށް ތަފްސީލު ވެސް ކޮށްދެއްވާފަ އެވެ. އަލާ ވިދާޅުވީ ރާއްޖެ އިސްލާމްވުމުގެ ކުރީގައި އިސްލާމީ އާލަމުގައި ނަންހުރި މަޝްހޫރު އެތައް ބަޔަކު ވަނީ ރާއްޖޭގެ ޚަބަރު ލިޔުއްވާފައި ކަމަށެވެ.

އަދި ވިދާޅުވީ އުނދަގުލެއްނެތި މި ރެފަރަންސްތަކަކީ ފެންނާން ހުރި އެއްޗެއް ކަމަށެވެ. އެ ރެފަރަންސްތައް ހިއްސާ ކުރެއްވި އެވެ.

އޭގެ ތެރޭގައި ރާއްޖެ އިސްލާމްވުމުގެ 200 ވަރަކަށް އަހަރު ކުރިން އަލްމަސްޢޫދީ ލިޔުއްވި ލިޔުމުގެ ތަރުޖަމާ އަކާއި ރާއްޖެ އިސްލާމްވުމުގެ 100 ވަރަކަށް އަހަރު ކުރީގެ ފާރިސީ އިލްމުވެރިޔެއްގެ ތަރުޖަމާއަކާއި ރާއްޖޭގެ މާޒީ އާއި މެދު ވިސްނާ މީހުންގެ ގާތުގައި އެންމެ މަޝްހޫރު އެއް ފޮތް ކަމުގައިވާ ޝަރީފުލްއިދުރީސީގެ ލިޔުމެއް ވެސް ވަނީ ހިއްސާކޮށްފަ އެވެ.

އަލާ ވިދާޅުވީ ތަގުރީރުގައި އަމިއްލައަށް އުފެއްދި އެއްވެސް ވާހަކައެއް ނޯންނާނެ ކަމަށެވެ. ކޮންމެ ވާހަކައެއް ވެސް ވިދާޅުވީ ތާރީހީ އެކި ލިޔުންތައް އަސްލަކަށް ބަލައިގެން ކަމުގައި ވިދާޅުވި އެވެ.

"ރާއްޖެ މި އޮތީ ބޮޑު އައިޑެންޓިޓީ ކްރައިސިސެއްގައެވެ. ރާއްޖެ ދަސްކުރައްވާށެވެ," އަލާގެ މެސެޖު ހިއްސާކުރައްވާ ލިޔުއްވާފައިވެ އެވެ.

މި ވާހަކަތައް ސާފުކޮށް ދިނުމުން އަލާއަށް ފާޑުކީ ބައެއް މީހުން ވަނީ އެ މީހުންގެ ކޮމެންޓްތައް ޑިލީޓްކޮށްލާފަ އެވެ. އަދި އަލާގެ ކިބައިން ބައެއް މީހުން ވަނީ މާފަށް ވެސް އެދިފަ އެވެ.

އަލާ އަކީ ދިވެހީންގެ މެދުގައި އެންމެ މަގުބޫލު, ތާރީހް ދިރާސާކުރުންތެރިޔާ އެވެ. އޭނާގެ ހުރި ވާހަކަ ދެއްކުމުގެ ކުޅަދާނަ ކަމުގެ ސަބަބުން އަލާގެ ތަގުރީރުތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.