ވައިޓް ހެލްމެޓްސް އިން މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި
ހަބަރު
09 Feb 2023 | 22:09
ތުރްކިޔޭ ސީރިޔާ ބިންހެލުން: ޔޫއެންގެ އެހީގެ ފުރަތަމަ ގާފިލާ ސީރިޔާ އަށް

ބިންހެލުމަށް ފަހު ޔުނައިޓެޑް ނޭޝަންސް އިން ފޮނުވި އެހީގެ ފުރަތަމަ ގާފިލާ ތުރުކިޔޭ މަގުން ސީރިޔާގެ ހުޅަނގު އުތުރަށް ވަނީ ވަދެފައެވެ.

މި އެހީގެ ގާފިލާގައި 6 ޓްރަކެއް ވަނީ ސީރިޔާ އަށް ވަދެފައެވެ. އެހީގެ ގޮތުގައި ފޮނުވާފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ ހިމެނެނީ ބޯހިޔަ ވަހިކުރުމަށް ބޭނުންވާނެ ތަކެއްޗާއި، ރަޖާ އަދި ސާފުތާހިރުވުމަށް ބޭނުންވާ ސާމަނެވެ.

"ހިތް ހަމަޖެހުމެއް ލިބިއްޖެ ސޫރިޔާގެ ހުޅަނގުއުތުރުގައި ހާލުގައި ޖެހިފައި ތިބި މީހުންނާއި ހަމައަށް އަހަރެމެންނަށް އެހީފޯރުކޮށްދެވޭ ގޮތްވީމަ، އެމީހުންގެ ހާލަތު ހަމައަކަށް އެޅެންދެން މިގޮތަށް އެހީތަށް ފޯރުކޮށްދިނުން ކުރިއަށް ގެންދެވޭނެ ކަމަށް އުންމީދު ކުރަނީ" އޯސީއެޗްއޭގެ ހެޑް ސަންޖަނާ ކުއާޒީ ވިދާޅުވިއެވެ.

ކުރިއަށް އޮތް ތަނުގައި ސީރިޔާއަށް ދާން ހުރި އެހީގެ ގާފިލާ ތަކުގައި ކާބޯތަކެއްޗާއި ބޭސްފަރުވާ އަށް ބޭނުންވާ ތަކެތި ފޯރުކޮށްދެވޭނެއެވެ.

ބިންހެލުމަށް ފަހު އެހީއަށް ބޭނުންވާ މިންވަރު މިވަނީ އިތުރަށް ބޮޑުވެފައެވެ. އަދި މިހާތަނަށް ސީރިޔާގެ ހުޅަނގުއުތުރުން މީހުން ސަލާމަތް ކުރުމަށް ބަލައި ފާސްކުރެވިފައިވަނީ ފަސް ތަނެކެވެ.  ބޭނުންކުރާނެ މެޝިނަރީ އާއި ސާމާނު މަދުވުމުގެ ސަބަބުން ހަލާކުވެފައިވާ އިމާރާތްތަކުގެ ދަށުވެފައިވާ މީހުން ސަލާމަތްކުރުމަށް ވަނީ ދަތިވެފައެވެ. ކަރަންޓުނެތުމާއި ތެޔޮ ލިބެން ނެތުމާއި އެކު ފިނި މޫސުމުގެ އަސަރު ކުރަމުންދާލެއް ބޮޑު ކަމުން ރެސްކިޔު ޓީމަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާއި ދިމާވެފައެވެ.

ވައިޓް ހެލްމެޓްގެ ވޮލެންޓިއަރެއް ކަމަށްވާ އިސްމާއިލް އަލްޖަޒީރާ އަށް ބުނެފައިވަނީ ރެސްކިޔު ވޯކާސްގެ މަދު ކަމާއި ކަމަށްބޭނުންވާ އާލާތްތައް ނެތުމުން މަސައްކަތަށް ދަތިވެފައިވާކަމަށެވެ.

"އެތައްސަތޭކަ މީހުން އަދިވެސް ވީ ހަލާކުވެފައިވާ އިމާރާތްތަކުގެ ދަށުގައި، އަހަރެމެން އަތުގައި އެމީހުން ސަލާމަތްކުރާނެ އާލާތްތަކެއް ނެތް" އިސްމާއިލް ބުންޏެވެ.

ބިންހެލުންތަކުގެ ކުރިންވެސް ސީރިޔާގެ ހުޅަނގުއުތުރުގައި 4.1 މިލިއަން މީހުން އެހީތެރިކަމަށް ބޭނުންވެފައި ތިއްބެވެ. ގަދަ ފިނީގައި އެމީހުން ބޯހިޔާވަހިކަން ހޯދަމުން ދިޔައީ މަގުތައްމަތީގައި ޓެންޓު ޖަހައިގެނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.