ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު-- ފޮޓޯ/ރައީސް އޮފީސް
ހަބަރު
09 Feb 2023 | 22:50
ބިދޭސީންނަށް ބިން ވިއްކަނީއެއްނޫން، 99 އަހަރަށް ކުއްޔަށް ދެނީ: މިއުވާން

ތިލަފުށިން ބިދޭސީންނަށް ބިން ވިއްކަނީ ނޫން ކަމަށާއި 99 އަހަރަށް ކުއްޔަށް ދެނީ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިއުވާން ވިދާޅުވީ ގާނޫނުއަސާސީގައި ބޭރުގެ އެއްވެސް ފަރާތަކަށް ބިން މިލްކު ނުކުރެވޭނެ ކަމަށް އޮންނަކަމަށާއި ގާނޫނުއަސާސީގަ ވަރަށް ސާފު ސަރީހަ ބަހުން އެކަން ބަޔާން ކުރެވިފައި އޮންނަ ކަމަށެވެ.

އަދި އެޗްޑީސީން ކުރާ އިއުލާންތަކުގައި ވެސް ފާހަގަކޮށްފައިވާނޭހެން ތިލަފުށީގެ ބިންތައް ދިގުމުއްދަތަކަށް ބޭރުގެ ފަރާތްތަކަށް ދެނީ ކުއްޔަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މިއާއެކު އޭނާ ވިދާޅުވީ އިދިކޮޅުން ތިލަފުށީގެ ބިން ވިއްކާ ވާހަކަ ދައްކަނީ ސީޔާދީ ބޭނުމެއްގައި ރައްޔިތުންނަށް އޮޅުވާލަން ކަމަށެވެ. 

"ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ވަރަށް ދިގު މުއްދަތަށް، 99 އަހަރަށް، ނުވަތަ 49 އަހަރަށް، 50 އަހަރަށް ކުއްޔަށް ނަގާފައި ހުންނާނެ، ހަމަ ބޭރުގެ އިންވެސްޓަރުން އެއީ. އެ ރިސޯޓު ވިއްކާލަނީކީ ނޫނެއް ނޫންތޯ އެއީކީ. އެ ގޮތަށް ހަމަ ރާއްޖޭގެ ސިނާއީ މަސައްކަތް ކުރާ ރަށަކުން ބިމެއް ކުއްޔަށް ދޫކުރާ ވާހަކަ މި ދައްކަނީ. ސިޔާސީ ބޭނުމަކަށް ބައެއް ބޭފުޅުން އެކަން އޮޅުވާލަން މަސައްކަތް ކުރި ނަމަވެސް، ސިޔާސީ ބައެއް ބޭފުޅުން އެ ވާހަކަ އެ ދައްކަވަނީ. އެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ރާއްޖޭގެ ބިމެއް އެ ގޮތަކަށް ބޭރުގެ ފަރާތަކަށް މިލްކެއް ނުކުރެވޭނެ ކަމަށް." މިއުވާން ވިދާޅުވިއެވެ.

މިއުވާން އިތުރަށް ވިދާޅުވީ ތިލަފުށިން ދޫކުރާ ބިންތަކުން 90 އިންސައްތަ ބިންތައް ވިއްކަނީ ދިވެހިންނަށް ކަމަށެވެ. އަދި، ބިދޭސީންނަށް ބިންތައް ކުއްޔަށް ދޫކުރަނީ ކަމަށާއި އެ ބިން ނުވިއްކާނެ ކަމަށް ތަކުރާކޮށް އޭނާ ވިދާޅުވިއެވެ.

ސިނާއީ މަސައްކަތަށް ތިލަފުށިން ބިން ވިއްކާގޮތުގެ އުސޫލު އެޗްޑީސީން އާއްމުކޮށްފައިވާއިރު އެ އުސޫލުގައި ވާގޮތުން ބިދޭސީންނަށް ބިން ކުއްޔަށް ދޫކުރަނީ 99 އަހަރަށެވެ. އަދި ބީލަން ކާމިޔާބު ކުރަނީ ދިވެހި ކުންފުންޏެއް ނަމަ ބިން މިލްކު ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ. ބީލަން ހުށަހެޅޭ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 1،700 ރުފިޔާއެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.