ފޮޓޯ: ގޫގުލް
ދީން
10 Feb 2023 | 13:00
ފޯރުންތެރިކަން ދައްކަން މީސްމީޑިއާގައި ފޮޓޯ ހިއްސާ ކުރުން الله އެންގެވި އުސޫލްތަކާއި ޚިލާފް: ޚުތުބާ

ތިމާގެ މުއްސަނދި ކަމާއި ފޯރުންތެރިކަން ދައްކަން މީސްމީޑިއާގައި ފޮޓޯ އާއި ވީޑިއޯ ހިއްސާކޮށް އިޝްތިހާރު ކުރުމަކީ މާތް الله އެންގެވި އުސޫލުތަކާއި ޚިލާފު ކަމެއް ކަމުގައި މިއަދުގެ ހުކުރުޚުތުބާގައި ބުނެފިއެވެ.  

ނަފްސުގެ މުއްސަނދި ކަމާއި ގުޅޭ ގޮތުން މިއަދު އިއްވާފައިވާ ޚުތުބާގައި ބުނީ، މުދާ ދެކެ ލޯބިވެ، ދުނިޔަވީ އަރާމުގެ ސާމާނު އެއްކޮށް ގިނަކުރަން އެދުމަކީ އިންސާނާގެ ތަބީއަތުގައި ވާ ކަމެއް ކަމަށެވެ. 

އެހެންނަމަވެސް، އިންސާނާގެ ތަބީއަތުގައިވާ މި ޣަރީޒާގެ ސަބަބުން އޭނާ ހައްގު މަގުން ކައްސާލައި، މާތް الله ހަރާމް ކުރެއްވި މަގުތަކުންނާއި ވަސީލަތްތަކުން މުއްސަނދިކަން އިތުރު ކުރަން މަސައްކަތް ކުރާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި އޭގެ ސަބަބުން އޭނާ ހެއްދެވި މަގުސަދު އޮޅި، ހުރިހާވެސް ބޭނުމަކީ ދުނިޔެ ހޯދުން ކަމުގައިވާކަމަށާ، ދިރިއުޅުމުގެ މަގުސަދަކީ ވެސް އެއީ ކަމަށްދެކި، އޭނާ ވާދަކޮށް ކުރިއަރައިދާންވެސް ޖެހޭނީ އެކަމުގައި ކަމަށް ދެކޭކަމަށެވެ. 

ކަންމިހެން ހުރި ނަމަވެސް އިސްލާމްދީން ގޮވާލަނީ ދެދުނިޔޭގެ ހަޔާތް ބާއްޖަވެރި ކުރަން ކަމަށާ، އެހެންކަމުން އިންސާނާ އެންމެ ކަންބޮޑުވާ ކަމަކީ ދުނިޔެ ހޯދުން ކަމުގައި ހަދައި އާޚިރަތް ނަގައި ނުލުމަށް އިސްލާމްދީން ގޮވާލާ ކަމަށް ޚުތުބާގައި ހަނދާންކޮށްދީފައިވެއެވެ. 

މީގެ އިތުރުން ޚުތުބާގައި ބުނީ، މުއްސަނދި ކަމަކީ މުދާ ގިނަވުން ނޫން ކަމަށާ އެހެނެއްކަމަކު އެއީ ނަފްސުގެ މުއްސަނދި ކަން ކަމުގައި އަހަރެމެންގެ ރަސޫލާ ޞޢވ ހަދީޘް ކުރައްވާފައިވާ ކަމަށާ ހުރިހާ ޒަމާނެއްގައިވެސް ގަބޫލުކުރަންޖެހޭ އުސޫލަކީ އެއީ ކަމަށެވެ. އަދި ބޭރުފުށުގެ އޮފްދާރުކަމަށް ހެއްލިފައިވާ މި ޒަމާނުގައި އެއީ ވަރަށް ހިކުމަތްތެރި ގަވާއިދެއް ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ. އެގޮތުން، ރަސޫލާ ޞޢވ އެ ބަސްފުޅުން ގޮވާލަނީ މީސްތަކުންނަށް މުއާމަލާތް ކުރާއިރު ބޭރުފުށަށް ނުބެލުމަށް ކަމަށާ، ތިމާއާއި އަނެކާއާއި އަޅައި ނުކިޔަން ކަމަށެވެ. 

"މިއަދު މީސްތަކުން މީސްމީޑިއާގައި ފަތުރަމުންދާ ފޮޓޯތަކާއި ވީޑިއޯ ކްލިޕް ތަކާއިމެދު ވިސްނާލަމާ ހިނގާށެވެ. ކާއެއްޗެހީގެ ވީޑިއޯ ތަކާއި ފޮޓޯތައް ނަގައި މީސްމީޑިއާގައި ޝާއިޢު ކުރަމުންދެއެވެ. އަދި އަހަރުމެން މިތިބީ މިވެނި ރެސްޓޯރެންޓެއްގައޭ، މިވެނި ރަށެއްގައޭ، ނުވަތަ މިވެނި އަތިރިމައްޗެއްގައޭ ކިޔައި އިޝްތިހާރު ކުރެތެވެ. މިއީ ތިމާގެ މުއްސަނދި ކަމާއި ފޯރުންތެރިކަން ދައްކަން ކުރާ ކަމެއް ކަމުގައި ވާނަމަ މިކަން ވާނީ الله އެންގެވި އުސޫލުތަކާއި ޚިލާފު ކަމެއް ކަމުގައެވެ." ޚުތުބާގައި ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
28 Jul 2026
ޖަޕާނަށް ރިކްޓަރ މިންގަނޑުން 7.1 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
ޖަޕާނުގެ ހުޅަނގު ދެކުނު ސަރަހައްދަށް ރިކްޓަރ މިންގަނޑުން 7.1 ގެ ބާރުގަދަ ބިންހެލެއް އަތުވެއްޖެއެވެ. މި ބިންހެލުމާ ގުޅިގެން ނެރުނު ސުނާމީގެ އިންޒާރު، އެ ޤައުމުގެ މީޓިއޮރޮލޮޖިކަލް އެޖެންސީން މިހާރު ވަނީ ކަނޑާލައިފައެވެ.
28 Jul 2026
ސްޕޯޓްސް ކޯޕަރޭޝަން އުވާލިއިރު، ގެއްލުން 43 މިލިއަން ރުފިޔާއަށްވުރެ މަތީގައި
ޕޯޓްސް ކޯޕަރޭޝަން އުވާލާފައިވަނީ އެކުންފުންޏަށް ލިބެމުންދިޔަ ގެއްލުންތަކާއެކު، ކުންފުނިން ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދޭނެ މަގެއް ނެތުމުގެ ސަބަބުންނެވެ.
28 Jul 2026
އެސްބީއައިގެ ލޯނެއް ނުދައްކައިގެން ނ. މާވެލާވަރު ވިއްކާލަނީ
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ލޯނަކަށް ރަހުނުކޮށްފައިވާ ނ. މާވެލާވަރު، 111.6 މިލިއަން އެމެރިކާ ޑޮލަރަށް ނީލަމުގައި ވިއްކާލުމަށް އިޢުލާންކޮށްފިއެވެ.
28 Jul 2026
ފެނަކައިގެ އޮޑިޓް: ކޮރަޕްޝަނާއި މަނީލޯންޑަރިންގެ ތަހުގީގު ހިންގަން އެދެން ފާސްކޮށްފި
ނިމިދިޔަ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނުން އައްޑޫ ސިޓީގައި ހިންގި މަޝްރޫއުތަކުގައި ކޮރަޕްޝަނާއި މަނީ ލޯންޑަރިންއަށް މަގުފަހިވާ ގޮތަށް ކަންކަން ހިނގާފައިވާތީ، އެ މައްސަލަތައް ފުލުހުން މެދުވެރިކޮށް ތަހުގީގު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
28 Jul 2026
އެކްސިޑެންޓް ވުމުން ފިލި ދޯނި 18 ދުވަސް ވީއިރުވެސް ނުފެނޭ
މި މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ މާލެ ކައިރީ ކަނޑުމަތީ ހިނގި އެކްސިޑެންޓަށް ފަހު، މަޑުނުކޮށް ދިޔަ އުޅަނދު އަދިވެސް ނުފެންނަ ކަމަށާއި އެ އުޅަނދު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
28 Jul 2026
ޖޭއެންޑްޖޭއިން ކެންސަރުޖެހޭ މައްސަލަ ހައްލުކުރުމަށް 5.5 ބިލިއަން ޑޮލަރު
އެމެރިކާގެ މަޝްހޫރު ކުންފުނި، ޖޯންސަން އެންޑް ޖޯންސަން (ޖޭ.އެންޑް.ޖޭ) އިން އުފައްދާ ބޭބީ ޕައުޑަރު ބޭނުންކޮށްގެން ކެންސަރު ޖެހިފައިވާ ކަމަށް ބުނެ އުފުލާފައިވާ އެތައް ހާސް ދައުވާތަކެއް ހައްލުކުރުމަށް 5.5 ބިލިއަން އެމެރިކާ ޑޮލަރު ދިނުމަށް އެ ކުންފުނިން ހުށަހަޅައިފިއެވެ.
28 Jul 2026
ރިނިއުބަލް އެނާޖީ އެޖެންސީގެ ދާއިމީ މަންދޫބަކަށް ޠާރިޤު އައްޔަންކުރަން މަޖިލީހަށް
އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އެޖެންސީގެ ދާއިމީ މަންދޫބަކަށް، ކުރީގެ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް އައްޔަންކުރަން ރުހުން ހޯދުމަށް މަޖިލީހަށް ފޮނުއްވައިފިއެވެ.
28 Jul 2026
އިންޑިއާގެ އެންމެ ރަނގަޅު އެއާޕޯޓުން އެއްވެސް ފްލައިޓެއް އޮޕަރޭޓް ނުކުރޭ
ޖުލައި އަދި އޮގަސްޓް މަހު އެއްވެސް ފްލައިޓެއް މި އެއާޕޯޓަށް ދަތުރުނުކުރާއިރު، މި ނަތީޖާއާއެކު އިންޑިއާގެ އޭވިއޭޝަން ސިނާއަތުގެ ގިނަ ބައެއްގެ މެދުގައި ވަނީ ސުވާލުތަކެއް އުފެދިފައެވެ. ކުރިން މި އެއާޕޯޓުން ދިއްލީ އަދި ވަރަނާސީއަށް ދަތުރުތައް ކުރި ނަމަވެސް، މިހާރު އެ ދަތުރުތައް ވަނީ މެދުކަނޑާލާފައެވެ.