މަރްޔަމް ރޫޔާ ޢަލީ ލޯންގް ޖަމްޕް އަދި 60 މީޓަރ ދުުވުން ޤައުމީ ރެކޯޑް ހޯލްޑަރ
ކުޅިވަރު
11 Feb 2023 | 02:27
60 މީޓަރ ދުވުމުގެ ޤައުމީ ރެކޯޑް ރޫޔާ އަށް!

2023 ފެބްރުއަރީ 10 ން 12 އަށް ކަޒަކިސްތާނުގެ ވެރިރަށް އަސްތާނާގައި، ކުރިއަށްދާ 10 ވަނަ އޭޝިއަން އެތުލެޓިކްސް އިންޑޯ ޗެމްޕިއަންޝިޕް ވާދަކުރަމުންދާ ރާއްޖޭ އަންހެން ދެ އެތްލީޓުން ވެސް 60 މީޓަރުގެ ދުވުމުން ޤައުމީ ރެކޯޑް ހަދައިފިއެވެ.

މިއަދު ހަވީރު ކުރިއަށްދިޔަ 60 މީޓަރ ދުވުމުގައި ފުރަތަމަ ޤައުމީ ރެކޯޑް ހެދީ ހީޓް ދޭއްގައި ދުވެގެން އަހުނާ ނިޒާރު އެވެ. އޭނާ ރޭސް ނިންމީ 7.89 ސިކުންތުންނެވެ. ކުރިން މިރެކޯޑް އޮންނަނީ ޖައުނާ އަބްދުالله ނާފިޒް އަތުގައެވެ. ޖައުނާ 60 މީޓަރ ދުވުމުން ޤައުމީ ރެކޯޑް ހެދީ ޤަތަރުގެ ވެރިރަށް ދޯހާގައި 2008 ވަނަ އަހަރު ބޭއްވުނު އޭޝިއަން ޗެންޕިއަންޝިޕުގައި 8.30 ސިކުންތުން ދުވެގެންނެވެ.

މަކިޓާ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް 2022 ގެ އެންމެ މޮޅު އަންހެން އެތުލީޓް އަހުނާ ނިޒާރު

އަހުނާ 60 މީޓަރ ދުވުމުން ރެކޯޑް ހެދިތާ ކުޑައިރުކޮޅެއް ފަހުން މަރްޔަމް ރޫޔާ ޢަލީ އެ ރެކޯޑް މުގުރާލާފައެވެ. މިއަދު ހަވީރު ކުރިއަށްދިޔަ 60 މީޓަރ ދުވުމުގެ ހީޓް ތިނެއްގައި ވާދަކޮށް ރޫޔާ ރެކޯޑް ހެދީ 7.66 ސިކުންތުން ރޭސް ނިންމައިގެންނެވެ.

އަހުނާ ވަނީ މިދިޔަ އަހަރު ތިނަދޫގައި ބޭއްވުނު މަކިޓާ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމު ހޯދާފައެވެ. އަދި އެ މުބާރާތުގައި އަހުނާ ވަނީ ތިން ރަން މެޑަލް ހޯދުމުގެ އިތުރުން ތިން މީޓް ރެކޯޑް ހަދައިފަ އެވެ. އަހުނާ ރަން މެޑަލް ހޯދީ 17 އަހަރުން ދަށުގެ 100 މީޓަރާއި 200 މީޓަރު ދުވުމުގެ އިތުރުން ލޯންގް ޖަމްޕް އިވެންޓުންނެެވެ.

ރޫޔާ އަކީ މިދިޔަ އަހަރު ފަހުކޮޅު ބޭއްވުނު ޤައުމީ ގްރޯން ޕްރީގެ އެންމެ މޮޅު އަންހެން އެތްލީޓެވެ. އެނާ ވަނީ އެ މުބާރާތުގައި އަންހެނުންގެ 100 މީޓަރު ދުވުމާއި ލޯންގް ޖަމްޕުން ރަން މެޑަލް ހޯދުމުގެ އިތުރުން، ލޯންގް ޖަމްޕް އިވެންޓުން ގައުމީ ރެކޯޑް ހަދާފައެވެ. ރޫޔާ، ލޯންގް ޖަމްޕުން ގައުމީ ރެކޯޑް މުގުރާލީ، 5.19 މީޓަރު ދުރަށް ފުންމައިގެންނެވެ. ކުރިން ލޯންގް ޖަމްޕުގެ ރެކޯޑް އޮތީ، 2019 ވަނަ އަހަރު، 4.99 މީޓަރު ދުރަށް ފުއްމައިގެން ރެކޯޑް ހެދި ނޫރާ އަބްދުލް ހަމީދު އަތުގަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.