އޮލިވިއޭ ޖިރޫޑް
ކުޅިވަރު
11 Feb 2023 | 03:06
ޓޮރީނޯ އަތުން މޮޅުވެ އޭސީ މިލާން 3 ވަނައަށް!

އިޓާލިއަން ލީގުގައި މިރޭ ރަށުން ބޭރުގައި ޓޮރީނޯ އާއި ވާދަކޮށް 1-0 ގެ ނަތީއްޖާއަކުން މޮޅުވެ އެންމެ ފަހުގެ ޗެންޕިއަން އޭސީ މިލާން ތާވަލުގެ ތިން ވަނައަށް ޖެހިލައިފިއެވެ. 

އެންމެ ފަހުން ކުޅުނު 7 މެޗުން މޮޅެއް ހޯދިފައިނުވާ އޭސީ މިލާނަށް މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. މި ހާފުގައި ލަނޑުޖަހަން އެންމެ ރަގަޅު ފުރުސަތެއް ލިބުނީ ޓޮރީނޯގެ ޕެރަގުއާއީ ފޯވާޑް އެންޓޯނިއޯ ސަނަބްރިއާ އަށެވެ. ނަމަވެސް އޭސީ މިލާން ޕެނަލްޓީ އޭރިއާތެރެއިން އޭނާ ފޮނުވާލި ބޯޅަ ގޯލާއި އަމާޒުނުވެ ދަނޑިކައިރިން ދިޔައީ ބޭރަށެވެ. މިހާފުގައި އޭސީ މިލާން އަށް ޓޮރީނޯގެ ގޯލާއި އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ.

އޮލިވިއޭ ޖިރޫޑް

ދެވަނަ ހާފު ފެށިގެންވެސް ގިނަވަގުތު ބޯޅަ ގެންގުޅެ މެޗު ދޮމިނޭޓުކުރީ ޓޮރީނޯ އިންނެވެ. ނަމަވެސް މިހާފުގައި އޭސީ މިލާނުން ރަގަޅު ހަމަލާތަކެއް އުފެއްދިއެވެ. އެގޮތުން ދެވަނަ ހާފުގެ 54 ވަނަ މިނެޓުގައި އެޓީމުން އުފެއްދި ހަމަލާއެއްގައި ރަފޭލް ލެއާއު ފޮނުވާލި ބޯޅަ ޓޮރީނޯގެ ގޯލުކީއްޕަރު މިލިންކޮވިޗް-ސަވިޗް ވަނީ މަތަކޮށްފައެވެ. މި ހާފުގައިވެސް ޓޮރީނޯ ޓީމުން އެންމެ ހުސް ފުރުސަތެއް ލިބުނީ އެންޓޯނިއޯ ސަނަބްރިއާ އަށެވެ. ނަމަވެސް މިފަހަރުވެސް އޭނާ ފޮނުވާލި ބޯޅަ ގޯލާއި އަމާޒުވާގޮތެއްނުވިއެވެ.

މިރޭގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލް ދެވަނަ ހާފުގެ 62 ވަނަ މިނެޓުގައި އޭސީ މިލާނަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ތަޖުރިބާކާރު ފޯވާޑް އޮލިވިއޭ ޖިރޫޑް އެވެ. މިއީ އެޓީމުގެ ފްރާންސް ޑިފެންޑަރ ތިއޯ ހެނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖިރޫޑް ކާމިޔާބުކޮށްދިން ލަނޑެކެވެ. 

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓައި އެކު 22 މެޗުން 41 ޕޮއިންޓް ހަމަކޮށް ވަގުތީގޮތުން އޭސީ މިލާން ވަނީ ތާވަލުގެ ތިން ވަނައަށް ޖެހިލާފައެވެ. ދެވަނައިގައި އޮތް އިންޓަރ މިލާންއަށް 21 މެޗުން 43 ޕޮއިންޓް ލިބިފައިވާއިރު 4 ވަނައިގައި ރޯމާ އޮތީ 21 މެޗުން 40 ޕޮއިންޓާއެކުގައެވެ. މިރޭގެ މެޗުން ބަލިވި ޓޮރީނޯ އަށް 22 މެޗުން ލިބިފައިވަނީ 30 ޕޮއިންޓާއި އެކު ތާވަލުގެ 7 ވަނައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑުވެއްޖެއޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.