އެދިހަ ވެބްސައިޓް
ހަބަރު
11 Feb 2023 | 13:49
އެހީ ޖަމިއްޔާގެ ވެބްސައިޓް "އެދިހަ" އިފްތިތާޙް ކޮށްފި

ރާއްޖޭގެ އެންމެ ފުރަމަތަ އިންސާނީ އެހީ ދޭ ޖަމިއްޔާ "އެހީ" ގެ ވެބްސައިޓް "އެދިހަ" އިފްތިތާޙް ކޮށްފިއެވެ.

ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި ވެބްސައިޓް އފްތިތާޙް ކޮށްދެއްވީ އެންސްޕާގެ ސީއީއޯ މަރިޔަމް ޝަފީޤް އަދި "އެހީ" ޖަމިއްޔާގެ ރައީސް އަހްމަދް އިޤްބާލެވެ.

ރޭގައި އިފްތިތާޙް ކުރެވުނު މި ވެބްސައިޓްގެ މަޤްސަދަކީ ފަސޭހަކަމާއި އިތުބާރާއެކު އެހީތެރިކަން ހޯދަން ބޭނުންވާ ފަރާތްތަކާއި އެހީތެރިވާން ބޭނުން ފަރާތްތައް އަމާނާތްތެރިކަމާއެކު ގުޅުވާދިނުމެވެ.

"އެދިހަ" ވެބްސައިޓަކީ އާއްމު ފަރުދުންނަށް "ކްރައުޑް ފަންޑިންގް"ގެ އުސޫލުން އެހީ ހޯދުމަށް ހެދިފައިވާ ވެބްސައިޓެއް ކަމަށާއި،  މިވެބްސައިޓް މެދުވެރިކޮށް އާއްމު ފަރުދުންނަށް ބޭސް ފަރުވާއަށާއި، ތަޢުލީމު ޚާޞިލްކުރުމަށް ނުވަތަ ބިލްދެއްކުމަށާއި ދިރިއުޅުމުގެ ޟަރޫރީ ކަންކަން ފުއްދުން ފަދަ ކަންކަމުގައި މާލީ އެހީ އެއްކުރުމަށް ކެމްޕެއިން ހެދޭނެ ކަމަށް އެވެބްސައިޓްގައި ބުނެފައުވެއެވެ.

އެންސްޕާގެ ސީއީއޯ މަރިޔަމް ޝަފީޤް އަދި "އެހީ" ޖަމިއްޔާގެ ރައީސް އަހްމަދް އިޤްބާލް އެދިހަ ވެބްސައިޓް އިފްތިތާހްކޮށްދެއްވަނީ

 މިގޮތުން ހެދޭ ކެމްޕެއިންތައް އާއްމުންނަށް ހުޅުވާލެވޭނީ އެހީ ޖަމިއްޔާގެ ޚާއްސަ ޓީމަކުން އެހީއަށް އެދިފައިވާ ފަރާތްތަކަށް ޒިޔާރަތްކޮށް މައުލޫމާތު ކަށަވަރު ކުރުމަށް ފަހުގައި ކަމަށް ވެސް ބުނެފައިވެއެވެ.

އެދިހަގެ މީޑީއާ ޕާޓްނަރުކަމުގައި ހަމަޖައްސާފައިވަނީ ވޮއިސް

ޔަޤީންކަން ކަށަވަރުކުރެވުމުން، ކެންޕެއިންތަކަށް ފައިސާ ދިނުމަށް އާއްމުންނަށް ހުޅުވާލެވޭނެ ކަމަށާއި، އެގޮތުން ވެބްސައިޓް މެދުވެރިކޮށް 18އަހަރުން މަތީގެ ކޮންމެ ފަރާތަކަށްވެސް ފަސޭހަކަމާއެކު ކެމްޕއެންތަކަށް ފައިސާ ހަދިޔާކުރެވޭނެކަމަށް  ބުނެފައިވެއެވެ. 

އެހީ ޖަމިއްޔާގެ އިސްވެރިން

އެހީގެ ގޮތުގައި އެއްކުރެވޭ ފައިސާ ޚަރަދު ކުރެވޭނީ "އެހީ"ގެ ބެލުމުގެ ދަށުން އެހީތެރިކަމަށް އެދިފައިވާ ކަންކަމުގައި އެކަންޏެވެ. އަދި އެފައިސާ ހޭދަކުރެވުނު ގޮތުގެ ތަފްޞީލް ވެބްސައިގައި އާއްމުކުރެވޭނެއެވެ.

އެގޮތުން ނަގުދު ފައިސާ ދިނުމުގެ ބަދަލުގައި އިސްކަންދެވޭނީ އެހީތެރިކަން ބޭނުންވާ ކަންކަން ފުރިހަމަކޮށްދިނުމަށެވެ. އަދި ކުރެވުނު ޚަރަދުތަކުގެ ތަފްޞީލު ދެފުށްފެންނާނެ ގޮތަށް އާއްމުކުރެވޭނެ ކަމަށް ވެސް އެވެބްސައިޓަގައި ބުނެފައިވެއެވެ. 

ޖަވާބު ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ

"އެދިހަ" ވެބްސައިޓަކީ އެހީ ޖަމިއްޔަގެ އިސްނެގުމުގެ މަތީން ޖަވާބު ޕްރައިވެޓް ލިމިޓެޑް އިން ސީއެސްއާރު ގޮތުގައި ޑިވެލޮޕްކޮށްދީ ބަލަހައްޓާ ވެބްސައިޓެކެވެ.

އެދިހަ ވެބްސައިޓް ލިންކް: https://edhiha.mv

އެދިހަ އަދި އެހީ ޖަމިއްޔާގެ އެހީތަކާއި ގުޅޭ ހަބަރާއި މައުލޫމާތު ގެނެސްދިނުމުގެ އެއްބަސްވުމެއްގައި އެހީ ޖަމިއްޔާ އަދި ވޮއިސް ނޫހުން ރޭ ގެ ހަފްލާގައި ވަނީ އަހުދުނާމާއެއްގައި ސޮއިކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.