ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު/ ފޮޓޯ: ސަން
ހަބަރު
11 Feb 2023 | 15:54
ފަނޑިޔާރުންނަށް ޖެއްސުން ކުރާކަން ފާހަގަކުރައްވާ ސުއޫދުގެ ފާޑުކިޔުން ޖޭއެސްސީއަށް!

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލާއިރު ޖެއްސުމުގެ ސުވާލުތައް ފަނޑިޔާރުންނަށް އަމާޒުކުރައްވާކަން ފާހަގަކުރައްވާ ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސް ހުސްނުއްސުއޫދު ނުރުހުން ފާޅުކުރައްވައިފި އެވެ. 

ފަނޑިޔާރުންގެ ޖަމްއިއްޔާގެ އަހަރީ ބައްދަލުވުން ނިންމުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސުއޫދު ވިދާޅުވީ ފަނޑިޔާރުންނާ ގުޅިގެން ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލާއިރު ތަހުގީގުކުރައްވާ ބޭފުޅުން ތަބާވެވަޑައިގަންނަވާނެ ސުލޫކީ މިންގަނޑެއް އޮންނަން ޖެހޭ ކަމަށެވެ.

އެހެން ނަމަވެސް ސުލޫކީ މައްސަލަތައް ބެއްލެވުމަށް ފަނޑިޔާރުން ހާޒިރުކުރުމަށްފަހު، އެ މައްސަލައާއި އެއްވެސް ގުޅުމެއް ނެތް އާދައިގެ ސުވާލުތައް ޖޭއެސްސީއިން ކޮށްފައިވާކަމަށް ސުއޫދު ވިދާޅުވި އެވެ. 

"ދާދި ފަހަކުން ވެސް ބަޔަކު ގެނެސްފައި ފަނޑިޔާރުގެ މުވައްޒަފުން ކައިރީ މި އަހަނީ، ފަނޑިޔާރުންގެ ކެއިއިރުގައި ބާކީވި އެތިކޮޅެއް ކަލޭމެންނަށް ނުދެނީހޭ، މިހެނެއް ނޭހޭނެ، ކަލޭމެންނަށް ބާކީވި އެތިކޮޅު ވެސް ނުދީހޭ ކާލީ، އެ ދުވަހު ކީއްވެހޭ ކުކުޅު ނުގެނައީ، ކީއްވެހޭ ބީފް ނުގެނައީ"

ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސް ހުސްނުއްސުއޫދު

ސުއޫދު އެ މިސާލު ނަންގަވާފައިވަނީ ގއ.ވޮޑަމުއްލާ މައްސަލާގައި އިދިކޮޅު އިއްތިހާދުގެ ލީޑަރު ރައީސް  ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފީ މައްސަލަ ސުޕްރީމް ކޯޓުން ނިންމި ދުވަހުގައި ފަނޑިޔާރުންގެ ފަރިއްކޮޅު ފަނޑިޔާރު މަހާޒު ހަމަޖެއްސެވި މައްސަލަ ސުލޫކީ މައްސަލައެއްގެ ގޮތުގައި ޖޭއެސްސީން ބަލަމުންދާއިރު ކުރި ސުވާލުތަކާއި ގުޅިގެންނެވެ. 

ރާއްޖޭގެ ބަންޑާރަ ނައިބުކަންވެސް ކުރައްވާފައިވާ ސުއޫދު ސިފަކުރެއްވީ އެއީ ފަނޑިޔާރުންނަށް "ޖެއްސުން" ކުރުމަށް ކުރާ ސުވާލުތަކެއްގެ ގޮތުގައެވެ. 

"މިއީ ޖެއްސުމަށް ކުރާ ސުވާލުތަކަށް، އަޅުގަނޑުމެންނަށް ޖެއްސުންކުރުމުގެ ނިޔަތުގައި، މާލާމާތް ކުރާ ރާގަށް، ފުރައްސާރަކުރާ ގޮތަށް ސުވާލުކޮށްގެން ނުވާނެ"

ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސް ހުސްނުއްސުއޫދު

ހުސްނުއްސުއޫދު ވިދާޅުވީ ސުލޫކީ މައްސަލަތައް ވެސް ގާނޫނުގައި އިތުރަށް މާނަކުރެވި ވަކި އުސޫލުތަކެއް ހިފެހެއްޓެން ޖެހޭކަމަށެވެ. ފަނޑިޔާރުން ޝަރުއީ ގޮތުން ބަލަން ޖެހޭ ކަންކަން ބެއްލެވުމަށްފަހު ނިންމަވާ ނިންމެވުމަކާއި ގުޅިގެން އޭނާގެ ސުލޫކީ މައްސަލައެއް ބެއްލެވިގެން ނުވާނެކަމަށް ސުއޫދު ވިދާޅުވިއެވެ. 

އެއާއެކު ސުއޫދު ވިދާޅުވީ ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބެލުމަކީ ސިޔާސީ ކަމަކަށް ހަދައިގެން ނުވާނެކަމަށެވެ. އަދި ދައުރު ބަދަލުވާ ކޮންމެ ފަހަރަކު ފަނޑިޔާރުންނަށް އެކި ގޮތްގޮތަށް ކުރިމަތިވާ ފިއްތުންތައްވެސް ނިމުމަކަށް އަންނަން ޖެހޭކަމަށް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.