ރިޔާސީ ބަޔާން އިއްވި ދުވަހު އިދިކޮޅުން ކުރި މުޒާހަރާގެ ތެރޭގައި ޝިޔާމު ހުންނަވަނިކޮށް/ ފޮޓޯ: ވޮއިސް
ހަބަރު
11 Feb 2023 | 23:23
ކުޑަގިރި ހުޅުވުނީ ދައުލަތުގެ 4 ކުންފުނި ބަނގުރޫޓުވި ފަހުން: ޝިޔާމު

މި ވެރިކަމުގެ ފުރަތަމަ 100 ދުވަސްތެރޭ ހުޅުވާނެކަމަށް ވައުދުވި ކުޑަގިރި، ދައުރު ނިމެންވާއިރަށް ހުޅުވުނީ ދައުލަތުގެ 4 ކުންފުނި ބަނގުރޫޓުކޮށްލައިގެން ކަމަށް ޕީޕީއެމްގެ ނައިބުރައީސް އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ. 

ޝިޔާމު މިފަދައިން ވިދާޅުވެފައިވަނީ ކުޑަގިރި ހުޅުވައިގެން ރައްޔިތުންނަށް ލިބޭނެ މާ ބޮޑު ފައިދާއެއް ނެތްކަން ފާހަގަކުރައްވާ ކުރެއްވި ޓްވީޓެއްގަ އެވެ. 

ޝިޔާމު ވިދާޅުވީ ފުރަތަމަ 100 ދުވަހުގެ ވައުދެއް ދައުރު ނިމެންވާއިރަށް ކިރިޔަ ކިރިޔާ ނިންމާލެވުމުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ "ސްލޯ ކަން" އެނގިގެން ދާ ކަމަށެވެ. 

އެ މަޝްރޫއު ނިންމަން ދައުލަތުގެ 4 ކުންފުނި ބަނގުރޫޓުކޮށްލާފައި ވާއިރު، ދައުރު ނިމެންވާއިރަށް ކުޑަ ގިރި ހުޅުވާ ދެވުނަސް ރައްޔިތުންނަށް ކުރާނެ ފައިދާއެއް ނެތްކަމަށް ޝިޔާމު ވިދާޅުވިއެވެ. 

އޭނާގެ އެ ޓްވީޓުގައި ވަނީ މި ސަރުކާރުގެ ކުޑަގިރި މަޝްރޫއުއާއި ރައީސް ޔާމީންގެ ޒައާމަތުގައި ނިންމަވާފައިވާ މުހިންމު މަޝްރޫއުތައް އަޅާ ކުޔިއްވާފަ އެވެ. 

ޝިޔާމު ވިދާޅުވީ ރައީސް ޔާމިންގެ ޒައާމަތުގައި ބޮޑު ސަހަރެއް ހިއްކާ 10000 އާއިލާއަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދީފައި ވާކަމަށެވެ.

ޝިޔާމު އިޝާރާތް ކުރެއްވީ ހުޅުމާލެއިން ބޮޑު ބައެއް ހިއްކާ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ގޮތުގައި ތަރައްގީ ކުރަން ފައްޓަވާ އެތަނުގައި ހިޔާ މަޝްރޫއުގެ ފަށުން އެޅުއްވި ފްލެޓުތަކަށް ކަމަށް ބެލެވެއެވެ. 

އެމަނިކުފާނުގެ ޒައާމަތުގައި ކޮށްދެއްވާފައިވާ އެފަދަ އަގުހުރި މަސައްކަތްޕުޅުތަކާއި އަޅާބަލާއިރު މި ސަރުކާރަށް ދައުރުގެ ކުރީ ކޮޅުގައި ފުއްދަވާދެއްވާނެކަމަށް ވިދާޅުވި ވައުދުތައްވެސް ފުއްދެނީ ދައުރު ނިމެންވުމުން ކަމަށާއި، އަދި އެ ވައުދުތައް ފުއްދުމަށް ރައްޔިތުންގެ ފައިސާއިން ވަރަށް ބޮޑަށް އިސްރާފު ކުރަމުން ދާކަމަށް ޝިޔާމު އިޝާރާތް ކުރެއްވި އެވެ. 

ކޮމެންޓް
ޖަޢުފަރު
ދޮގުހަދާމީހަކު މިހެންނޭ މިކަންވީއޭ ބުނިކަމުގައި ވިޔަސް ގަބޫލުކުރާނީހަމައޭނަފަދަމީހެއް އެނޫންބަޔަކުގަ ޫޫ ބޫލެއްނުކުރާނެ ތިއީދޮގުވެރިއެއް
12 Feb 2023
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ