ފަޔަރ ހައިޑްރެންޓް ފޮޓޯ: އެމްއެންޑީއެފް
ހަބަރު
11 Feb 2023 | 21:01
ފަޔާ ހައިޑްރަންޓުތައް ހަރުކުރިތާ ދެ އަހަރު، އަދިވެސް ބޭނުންނުކުރެވޭ

މަޖީދީމަގުގައި ހަރުކުރި ފަޔާ ހައިޑްރެންޓުތައް ހަރުކުރިތާ ދެއަހަރު ވީއިރުވެސް އަދިވެސް ބޭނުން ކުރެވޭނެ ހާލަތަށް ނާންނަކަން ހާމަވެއްޖެއެވެ.

މިކަން ހާމަކޮށްފައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހޯދުމަށް މަސައްކަތްކުރާ އެކްޓިވިސްޓު އައިމަން ލަތީފް (ޕިކޯ) އެދިގެން ޑިފެންސް މިނިސްޓްރީން ދިން މައުލޫމާތުންވެ.

އެމައުލޫމާތުން އެނގޭ ގޮތުގައި ދެ އަހަރު ވެގެންދިޔައިރު ވެސް އެ ސިސްޓަމް ބޭނުންކުރެވޭ ހާލަތަށް ގެނެވިފައެއް ނުވެ އެވެ.

އެގޮތުން، އެމްޑަބްލައުއެސްސީގެ މައި ފެން ހޮޅިއާ އެ ސިސްޓަމް ގުޅާލުމުގެ ފުރަތަމަ ކަނެކްޝަން ނިމިފައިވާ ކަމަށް ޑިފެންސުން ބުނެފައިވެ އެވެ.

"ދެވަނަ ކަނެކްޝަންގެ މަސައްކަތްތައް ނިމުމުން ފަޔާ ހައިޑްރަންޓުތައް ބޭނުންކުރަން ފެށުމުގެ ކުރިން ކުރަން ޖެހޭ ޓެސްޓިން ފޭސްގެ މަސައްކަތްތައް އެމްޑަބްލިއުއެސްސީއާ ގުޅިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވޭ،" ޑިފެންސުން ބުނެފައިވެ އެވެ.

އަދި، ޓެސްޓިންގެ މަސައްކަތްތައް ނިމުމާ އެކު "ކައިރި މުސްތަގުބަލެއްގައި" އެ ސިސްޓަމް ބޭނުންކުރަން ފެށޭނެ ކަމަށް ބުނެފައިވެ އެވެ.

ފަޔާ ހައިޑްރަންޓުތައް ހަރުކުރުމުގެ މަސައްކަތް ފެށީ 2020 ވަނަ އަހަރުގެ ތެރޭގައެވެ. މި މަސައްކަތް ކުރިއަށްގެންދިޔައީ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސަސް އިންނެވެ. މާލޭގައި ރޯވާ އަލިފާންގަނޑުތައް ފަސޭހަކަމާ އެކު ކޮންޓްރޯލް ކުރުމަށް މަޖީދީ މަގުގައި 12 ފަޔާ ހައިޑްރަންޓު ބަހައްޓާފައިވެ އެވެ. އެއީ، އެމްޑަބްލިއުއެސްސީ އަދި ޕްލޭނިން މިނިސްޓްރީއާ ގުޅިގެން ކުރިއަށްގެންދިޔަ މަސައްކަތެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.