ވެއްޓީފައިވާ އިމާރާތްތަކުގެ ދަށުން މީހަކު ނެރެނީ
ހަބަރު
11 Feb 2023 | 21:09
ތުރްކިޔޭ ސީރިޔާ ބިންހެލުން: 129 ގަޑިއިރުފަހުން 5 މެމްބަރުންގެ އާއިލާއެއް ސަލާމަތްކޮށްފި

ތުރްކިޔޭ އާއި ސީރިޔާ އަށް އައި ބާރުގަދަ ބިންހެލުން އައިތާ 129 ގަޑިއިރުފަހުން  ބިންހެލުން ތަކުގައި ވެއްޓި ހަލާކުވި ތުރކިޔޭގެ ޢިމާރާތެއްގެ ދަށުން 5 މެމްބަރުންގެ އާއިލާއެއް ސަލާމަތްކޮށްފިއެވެ.

ރެސްކިޔު ޓީމުން ސަލާމަތް ކުރި އާއިލާ ތިބީ ބިންހެލުމުގައި ވެއްޓި ހަލާކުވި އެ މީހުންގެ ގޭގެ އިމާރާތުގެ ދަށުގައެވެ.

ރެސްކިޔު ޓީމުން ފުރަތަމަ ސަލާމަތްކުރީ ކުދިންގެ މަންމަ އާއި އެއް އަންހެން ކުއްޖެކެވެ. އެއަށްފަހު ބައްޕަ ސަލާމަތް ކުރުމަށް މަސައްކަތް ކުރުމުން ބައްޕަ ހަސަން އަސްލަން އެދުނީ އޭނާގެ ފިރިހެން ދަރިފުޅާއި އަނެއް އަންހެން ދަރިފުޅު ޒައިނަބް ސަލާމަތް ކޮށްދިނުމަށެވެ.

ކުދިން ސަލާމަތް ކުރުމަށްފަހު ބައްޕަ ހަސަން އަސްލަން ހަލާކުވެފައިވާ އިމާރާތުގެ ކޮންކްރިޓް ތައް ދަށުން ނެގުމާއިއެކު މުޅި ތަން ތަކްބީރުގެ އަޑުން ގުގުމައިގެން ދިޔައެވެ.

ކާރިސާ އަށް 129 ގަޑިއިރަށްފަހު މިއަދު ތުރުކިޔޭގައި 9 މީހަކު ސަލާމަތް ކުރެވުނެވެ. ދިރިތިއްބާ މީހުން ސަލާމަތް ކުރެވިދާނެ ކަމުގެ އުންމީދު ފަނޑުވަމުންދާ މިވަގުތަކީ މޫސުމީ ފިނަކަމާއި ވެސް އިންތިހާއަށް ކުރިމަތިލާން ޖެހިފައިވާ ވަގުތެކެވެ.

ތުރްކިޔޭގެ އަންކާރާގައި ހުރެ އަލްޖަޒީރާ އަށް މައުލޫމާތު ދިން ސިނެމް ކޮސެގުލް ބުނެފައިވަނީ 2 އަހަރުން ދަށުގެ 16 ކުއްޖަކު ބިންހެލުމުގެ އަސަރުއެންމެ ބޮޑަށް ކުރި ތުރްކިޔޭގެ ކަހްރަމަންމަރާންސް އިން ވެރިކަން ކުރާ ސިޓީ އަންކާރާއަށް ބަދަލުކުރެވިފައިވާ ކަމަށެވެ.

މިކުދިންނަކީ ބިންހެލުމުގެ ސަބަބުން އާއިލާތަކާއި ދެތަންވެފައިވާ ކުދިންނެވެ. ބައެއް ކުދިންނަކީ އިމާރާތްތަކުގެ ދަށުން ނެރެވި ފަރުވާ ދެވެމުންދާ ކުދިންނެވެ.

"ހުރިހާ ކުދިންވެސް ވަނީ ދެނެގަނެވިފައި، ނަމަވެސް އޮތޯރިޓީ ތަކަށް އެކުދިންގެ އާއިލާތަކާއި ހަމައަށް ވާސިލް ވެވޭނެ ގޮތެއް ވަނީ ނުވެފައި" ސިނެމް ބުނެފައިވެއެވެ.

"އެކުދިން އެދަނީ އައިސީޔޫ ގައި މަރާއި ހަނގުރާމަ ކުރަމުން، އޮތޯރިޓީ ތަކުން ދަނީ އެކުދިންގެ އާއިލާތައް ހޯދުމަށް މަސައްކަތް ކުރަމުން" އޭނާ ބުންޏެވެ.

ދުވަސް ނުފުރާ ވިހައިފައިވާ ކުދިންނަށް، އެކުދިންގެ ހަށިގަނޑު ފުރިހަމަވެ ބާރު ޖެހެންދެން އައިސީޔޫގައި ފަރުވާދެމުން ދާނެ ކަމަށާއި ދެން ތިބި ކުދިން ސަރުކާރުން ކަނޑައަޅާ ފޯސްޓަރ މައިންނާ ހަވާލުކުރާނެއެވެ.

"ކުދިންތިބީ ރަނގަޅު ހާލެއްގައި، އެއްކުއްޖަކީ 28 ހަފްތާގައި އުފަންވި ކުއްޖެއް، އަނެއް ކުއްޖާއަކީ 33 ހަފްތާގައި އުފަންވި ކުއްޖެއް، ސިއްހަތަށް ލިބެމުއް އަންނަ ކުރިއެރުންތައް ބަލައި އެކުދިން ޑިސްޗާރޖް ކުރެވޭނެ" ތުއްތު ކުދިން ބަދަލު ކުރެވުނު ހޮސްޕިޓަލުގެ ޑޮކްޓަރ ފާރިތް ކުލާލް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.