ޖޮއާއޯ ފެލިކްސް
ކުޅިވަރު
11 Feb 2023 | 23:03
ވެސްޓް ހޭމް އަތުންވެސް ޗެލްސީ އަށް ލިބުނީ އެންމެ ޕޮއިންޓެއް!

އިގިރޭސި ޕްރެމިއާ ލީގުގައި މިއަދު ހަވީރު ޗެލްސީ އާއި ވެސްޓް ހޭމް ވަދަކުރި މެޗު 1-1 ގެ ނަތީއްޖާއަކުން އެއްވަރުވެގެން ނިމިއްޖެއެވެ. މިއީ ލީގުގައި ޗެލްސީ އެންމެ ފަހުން ކުޅުނު 5 މެޗުގެ ތެރެއިން ޖެހިޖެހިގެން އެއްވަރުވި ތިން ވަނަ މެޗެއެވެ.

ވެސްޓް ހޭމް ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުހޯދީ ޗެލްސީ އިންނެވެ. މި ލަނޑު ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ނިމިދިޔަ ޖެނުއަރީ ޓްރާންސްފާ މާކެޓުގައި ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑުން، ލޯނު އެއްބަސްވުމެއްގެ ދަށުން މި ސީޒަނުގެ ނިޔަލަށް އެޓީމާއި ގުޅުނު ޕޯޗުގަލްގެ ފޯވާޑް ޖޮއާއޯ ފެލިކްސް އެވެ.

އެމަރސަން ވެސްޓް ހޭމްގެ ގޯލް ކާމިޔާބުކޮށްދެނީ

މިއީ ޗެލްސީއަށް ކުޅުނު ފުރަތަަ މެޗުގައި ދެއްކި ރާތް ކާޑުގެ ސަސްޕެންޝަނަށް ފަހު ފިލިކްސް ކުޅުނު ފުރަތަމަ މެޗެވެ. އަދި މި ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދިނީ ރެކޯޑް ޓްރާންސްފާ ފީއެއްގައި ޖެނުއަރީ މަހު އެޓީމާއި ގުޅުނު އާޖެންޓީނާގެ ޒުވާން މިޑްފީލްޑަރ އެންޒޯ ފެނާންޑޭޒް އެވެ. 

މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ގެންގުޅެ ޗެލްސީ އިން މެޗު ޑޮމިނޭޓުކުރި ނަމަވެސް ހާފު ނިމުމުގެ ކުރިން ވެސްޓް ހޭމް އިން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީއްޖާ އެއްވަރުކުރިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކުރިން ޗެލްސީ އަށް ކުޅުނު އިޓަލީގެ ޑިފެންޑަރ އެމަރސަން އެވެ. މިއީ އެޓީމުގެ އިގިރޭސި ޖެރޮޑް ބޯވެން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ 1-1 ގެ ނަތީއްޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައިވެސް ގިނަވަގުތު ބޯޅަ ގެންގުޅެ މެޗު ޑޮމިނޭޓުކުރީ ޗެލްސީ އިންނެވެ. ނަމަވެސް މިހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް އިދިކޮޅު ޓީމުގެ ގޯލާއި އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައެއްނުވެއެވެ. 

މިރޭގެ މެޗުން ލިބުނު ޕޮއިންޓާއި އެކު 22 މެޗުން 31 ޕޮއިންޓް ހަމަކޮށް، ލީގު ތާވަލުގައި ޗެލްސީ މިވަގުތު އޮތީ 9 ވަނައިގައެވެ. 22 މެޗު ކުޅެގެން ލިބުނު 20 ޕޮއިންޓާއި އެކު ވެސްޓް ހޭމް މިވަގުތު އޮތީ ތާވަލުގެ 16 ވަނައިގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ