އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބު އަބްދުﷲ
ހަބަރު
12 Feb 2023 | 06:11
ސީއެސްސީ އިން ކޯޓުގެ ބޭނުން ނަހަމަގޮތުގައި ހިފިކަމަށް ހައިކޯޓުން ހުކުމްކޮށްފި

ސިވިލް ސާވިސް ކޮމިޝަނުން ހައިކޯޓުގެ ބޭނުން ނަހަމަގޮތުގައި ހިފިކަމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ. 

އެކޯޓުން މިގޮތަށް ހުކުމް ކޮށްފައިވަނީ އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބު އަބްދުالله 2019 ވަނަ އަހަރު މަޤާމުން ވަކިކުރި މައްސަލާގައި އޭނާ އަށް 1.1 މިލިއަން ރުފިޔާގެ ބަދަލެއް ދޭން ހައި ކޯޓުން މިދިޔަ އަހަރު އެންގިޔަސް، އެ ފައިސާ ދީފައި ނުވާތީ އެ ފައިސާ ތިން ދުވަސް ތެރޭގައި ދައްކަން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސިވިލް ކޯޓުން އަމުރެއް ނެރުނު މައްސަލައިގެ ތެރެއިންނެވެ.

މި މައްސަލައިގައި އެ އަމުރު ސީއެސްސީން ހައި ކޯޓުގައި އިސްތިއުނާފުކުރިއެވެ. ސީއެސްސީ އިން އެމައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން މުސްއަބު އެކޯޓުގައި އެދުނީ އެ ކޮމިޝަނުން އެމައްސަލަ އިސްތިއުނާފު ކުރީ ޝަރީއަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުން ހިފުމުގެ ގޮތުން ކަމަށް މަދަނީ އިޖްރައާތުގެ ގާނޫނުގެ ދަށުން ކަނޑައެޅުމަށެވެ.

ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ކޯޓެއްގެ ހުކުމަކަށް އަމަލުކުރުން ހުއްޓުވޭނީ މަތީ ކޯޓެއްގެ އަމުރެއް އޮވެގެން ކަމަށް ވާއިރު، ހުކުމާ އެއްގޮތަށް މުސްއަބަށް ފައިސާ ނުދީ ސީއެސްސީން ތިބީ އެފަދަ އަމުރެއް ނެތި ކަމަށެވެ. އެހެންވެ، ސިވިލް ކޯޓުން އެ ފައިސާ ދޭން އަމުރު ނެރުމުން ގާނޫނީ އެއްވެސް ބަހުސެއް ނެތި އެ އަމުރު ސީއެސްސީން އިސްތިއުނާފު ކުރީ ހެޔޮ ނިޔަތެއްގައި ކަމަށް ނުބެލެވޭ ކަމަށާއި އެއީ ޝަރީއަތުގެ ނިޒާމުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފުން ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

މިދިޔަ އަހަރު އަމަލުކުރަން ފެށި މަދަނީ އިޖްރައާތުގެ ގާނޫނު އޮންނަ ގޮތުން ޝަރީއަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުން ހިފުމުގެ ގޮތުން މައްސަލައެއް އިސްތިއުނާފު ކޮށްފައިވާ ނަމަ އެ މައްސަލައެއް ބާތިލްކޮށް އަދި އެކަމުގެ ބަދަލު އަނެއް ފަރާތުގެ ކިބައިން އަތުލެވޭނެ އެވެ. މިއީ އެ ގޮތަށް ކަނޑައެޅި ފުރަތަމަ މައްސަލަ އެވެ.

ކޯޓުގެ ބޭނުން ނަހަމަ ގޮތުގައި ހިފާފައިވާތީ ޝަރީއަތުގެ ހަރަދުގެ ގޮތުގައި 30،000ރ. މަދަނީ އިޖްރައާތުގެ ގާނޫނުގެ ދަށުން ނަގައިދޭން މުސްއަބުގެ ފަރާތުން ހައި ކޯޓުގައި ވަނީ އެދިފައެވެ.  އެ ގާނޫނު އޮންނަ ގޮތުން ކާމިޔާބުވި މައްސަލަ ފަރާތުން ކޯޓުގައި ކުރަން ޖެހުނު ހަރަދު ނާކާމިޔާބުވާ ފަރާތުގެ އަތުން ނެގެއެވެ.

ހައި ކޯޓުގެ ހުކުމުގައި ވަނީ އެ ފައިސާ ހޯދަން ހުށަހަޅަން ޖެހޭނީ ސިވިލް ކޯޓަށް ކަމަށެވެ.

އެހެންވެ، ހައި ކޯޓުގެ ހުކުމުގައި ބުނީ، ސީއެސްސީން ޝަރީއަތުގެ ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފާފައިވާ ކަމަށް ކަނޑައަޅައި އަދި ޝަރީއަތުގެ ހަރަދު ސީއެސްސީގެ އަތުން ހޯދުމުގެ ހައްގު މުސްއަބަށް ލިބިގެންވާ ކަމަށް ކަނޑައަޅާ ކަމަށެވެ.

ފަނޑިޔާރު މުހައްމަދު ސަލީމްގެ އިތުރުން އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ދީބާނާޒް ފަހުމީ އަދި ފަނޑިޔާރު މުހައްމަދު ފައިސަލެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ސަލީމެވެ.

މުސްއަބަށް 1.1 މިލިއަންގެ ބަދަލު ދޭން ހައިކޯޓުން ކުރި ހުކުމުގެ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގަ އެވެ. އެ މައްސަލަ އެ ކޯޓުގައި އޮތުމުން ބަދަލުގެ ފައިސާ ދޫކުރުން މަޑުޖައްސާލަން އެ ކޯޓުން އޮތީ އަމުރެއް ނެރެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް