ލިއަންޑްރޯ ޓްރޮސާޑް
ކުޅިވަރު
11 Feb 2023 | 23:41
ލީޑު ފުޅާކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިިފި!

އިގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ބްރެންޓްފޯޑް އާއި ވާދަކޮށް 1-1 ގެ ނަތީއްޖާއަކުން އެއްވަރުވެ ލީގުގެ އެއްވަނާގައި ލީޑު ފުޅާކުރުމަށް ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފިއެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ގެންގުޅެ އާސެނަލް އިން މެޗު ޑޮމިނޭޓުކުރި ނަމަވެސް މިހާފުގައި ލަނޑުޖަހަން އެންމެ ހުސް ފުރުސަތެއް ލިބުނީ ބްރެންޓްފޯޑްގެ އިގިރޭސި ފޯވާޑް އިވާން ޓޯނީ އަށެވެ. އާސެނަލްގެ ކީއްޕަރު ކައިރިން ނައްޓާލުމަށް ފަހު އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

އިވާން ޓޯނީ

ދެވަނަ ހާފުގައި އާސެނަލް އިން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރުމުގެ ނަތީއްޖާއެއްގެ ގޮތުން 62 ވަނަ މިނެޓުގައި އެޓީމުން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނެގިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް ބެލްޖިއަމްގެ މިޑްފީލްޑަރ ލިއަންޑްރޯ ޓްރޮސާޑް އެވެ. މިއީ އެޓީމުގެ އިގިރޭސި ފޯވާޑް ބުކަޔޯ ސަކާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

މި ލަނޑާއި އެކު އާސެނަލް މޮޅުވާންދަނިކޮށް ބްރެންޓްފޯޑަށް މެޗުގެ ނަތީއްޖާ އެއްވަރުކޮށްދިނީ މިސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އިގިރޭސި ފޯވާޑް އިވާން ޓޯނީ އެވެ. މިއީ މިސިޒަނުގައި ޕްރެމިއާ ލީގުގައި ކުޅުނު 20 މެޗުގައި އޭނާ ކާމިޔާބުކުރި 14 ވަނަ ލަނޑެވެ. މި ލަނޑާއި އެކު މެޗުގެ ކުޅުން ނިމިގެން ދިޔައީ 1-1 ގެ ނަތީއްޖާއަކުން ދެޓީމު އެއްވަރުވެގެންނެވެ.

މިރޭގެ މެޗު އެއްވަރުވި ނަމަވެސް މިހާރުވެސް އާސެނަލް އޮތީ ހަ ޕޮއިންޓްގެ ލީޑަކާއި އެކު ތާވަލުގެ އެއްވަނައިގައެވެ. ލީގުގައި ކުޅުން 21 މެޗުން އެޓީމަށް 51 ޕޮއިންޓް ލިބިފައިވާއިރު ދެވަނާގައި އޮތް މެންޗެސްޓަރ ސިޓީއަށް 21 މެޗުން ލިބިފައިވަނީ 45 ޕޮއިންޓެވެ. މިރޭގެ މެޗުން ލިބުނު ޕޮއިންޓާއި އެކު ކުޅުނު 22 މެޗުން ބްރެންޓްފޯޑަށް ވަނީ 34 ޕޮއިންޓް ލިބިފައެވެ. އެޓީމު މިވަގުތު އޮތީ ޕްރެމިއާ ލީގު ތާވަލުގެ 8 ވަނައިގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑުވެއްޖެއޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.