ވެއްޓީފައިވާ އިމާރާތްތަކުގެ ދަށުން ދިރިތިބި ބައެއްގެ އިޝާރާތެއް ވޭތޯ ބަލަނީ
ހަބަރު
12 Feb 2023 | 10:11
ތުރްކިޔޭ ސީރިޔާ ބިންހެލުން: މަރުވި މީހުންގެ ޢަދަދު 29000 އަށް އަރައިފި

މި ފާއިތުވި ހަފްތާގެ ހޯމަ ދުވަހު ތުރްކިޔޭ އާއި ސީރިޔާ އަށް އައި ބާރުގަދަ ބިންހެލުން ތަކުގައި ދެޤައުމުން މަރުވި މީހުންގެ ޢަދަދު މިހާރު ވަނީ 29000 އަށް އަރައިފައެވެ.

ސަލާމަތުން ގިނަ ބަޔަކު ފެނިދާނެ ކަމަށް ކުރަމުންދާ އުންމީދު ފަނޑުވި ނަމަވެސް ރެސްކިޔު ވޯކާސް ދަނީ ވެއްޓިފައިވާ އިމާރާތް ތަކުގެ ދަށުން މީހުން ސަލާމަތުން ނެރެވޭތޯ މަސައްކަތް ކުރަމުންނެވެ. ކާރިސާއަށް ފަސްދުވަސް ފާއިތުވި ފަހުންވެސް ބައެއް މީހުން ވަނީ ސަލާމަތުން ނެރެވިފައެވެ.

ތުރްކިޔޭ އިން މިހާތަނަށް 24700 މީހުން މަރުވެފައިވާއިރު ސީރިޔާގެ 3500 މީހުން ވަނީ މަރުވެފައެވެ.

ބިންހެލުން ތަކުގެ އަސަރު ކުރި ސަރަހައްދެއްގައި ހުރި އަލްޖަޒީރާގެ ރިޕޯޓަރު

ބަރްނަޑް ސްމިތް ބުނެފައިވަނީ ހަލާކުވެފައިވާ އިމާރާތް ތައް ހުރި ސަރަހައްދު ތަކުން ފެންނަނީ މާޔޫސްކަން ކަމަށާއި ނަމަވެސް އަދިވެސް އުންމީދު ކަނޑައިނުލާކަމަށެވެ.

"އަހަރެމެން މިހާރު މިތިބީ ކާރިސާ ހިނގިތާ 135 ގަޑިއިރު ވޭތުކޮށްފައި، އަދިވެސް އުންމީދު އެބެއް، 132 އަށް ވީ ގަޑިއިރުތެރޭގައި ތުއްތު ކުއްޖަކު ސަލާމަތް ކުރެވުނު، އޭގެ ގަޑިއިރުތަކެއް ކުރިން ދެމަފިރިޔަކުވެސް، އަންހެންމީހާވެސް ފިރިހެން މީހާވެސް ހަމަ ދިރިތިއްބަ" ސްމިތް ކިޔައިދިނެވެ.

ސްމިތް އިތުރަށް ބުނީ ތުރްކިޔޭގެ ސަރުކާރުން ކުރިއަށް އޮތް 24 ގަޑިއިރުތެރޭގައި އެއަރޕޯޓުތައް ހުޅުވާނެކަން އިއްލާނުކޮށްފައިވާކަމަށެވެ.

"އެއަރޕޯޓުގެ ރަންވޭއަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައި، ހަލާކުވެފައިވާ ތަންތަނުގއި ތާރު އެޅުމުގެ މަސައްކަތް ކުރާނެ ކަމަށް، އެއަރޕޯޓު ހުޅުވުމަކީ މިވަގުތައް ވަރަށް މުހިންމު ކަމެއް، އެހީ ހިފައިގެން އަންނަ ފަރާތްތަކަށް ފަސޭހަ ކަމާއި އެކު މިތަނަށް ވާސިލް ވެވޭނީ އޭރުން" ސްމިތް ކިޔައިދިނެވެ.

މީގެ އިތުރުން އިރުދެކުނު ތުރްކިޔޭގެ ހަޓޭ ޕްރޮވިންސް ގައި ބިންހެލުމުގެ ސަބަބުން ހަލާކުވެފައިވާ އިމާރަތްތަކުގެ ދަށުން ހާދިސާއަށް ހަފްތާއެއްހާ ދުވަސް ފަހުން ވަނީ 6 މަހުގެ ތުއްތު ކުއްޖަކު ސަލާމަތުން ނަގައިފައެވެ. އަދި ހާދިސާ އަށް 140 ގަޑި އިރުފަހުން ގަޒިއަންޓިޕްގެ ހަލާކުވެފައިހުރި އިމާރާތްތަކުގެ ދަށުން  13 އަހަރުގެ އަސްމާ ސުލްޠާން ވަނީ ސަލާމަތްކޮށްފައެވެ.

ސަލާމަތުން މީހުން ނެރެވޭނެ ކަމުގެ އުންމީދު ފަނޑުވަމުން ދިޔަ ނަމަވެސް ތުރްކިޔޭ އާއި ސީރިޔާގެ މީސްތަކުން އަދިވެސް އުންމީދު މުޅިއެކުން ކަނޑައެއް ނުލައެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.