ވާރިސް ހައްޔަރު ކޮށްފައި ހުރި ޕޮލިސް ސްޓޭޝަން
ހަބަރު
12 Feb 2023 | 10:50
ޕާކިސްޠާނުގައި އިސްލާމްދީނަށް ފުރައްސާރަ ކުރި މީހަކު އަންދާލުމަށް މަސައްކަތްކޮށްފި

ޕާކިސްތާނުގައި އިސްލާމްދީނަށް ފުރައްސާރަކޮށް ކީރިތި ޤުރުއާނަށް ބޭއަދަބީކަން ދެއްކި މީހަކު އަންދާލުމަށް އާންމުންގެ ތެރެއިން ބަޔަކު މަސައްކަތް ކޮށްފިއެވެ.

ޕާކިސްތާނުގެ އިރުމަތީ ޕަންޖާބުގައި ގިނަ ޢަދަދެއްގެ މުސްލިމުން ތަކެއް ޕޮލިސްސްޓޭޝަން ކައިރިއަށް އެއްވެ ގަދަކަމުން ޕޮލިސްސްޓޭޝަންގެ އެތެރެއަށް ވަދެގަނެ އެކަންކުރި މީހާ ހުރި ޖަލުގޮޅިން ނެރެގެން ގެންގޮސް އޭނާ އަށް ވަނީ އަނިޔާކޮށްފައެވެ.

ސީނިއަރ ޕޮލިސް އޮފިސަރ ބައްބަރް ސަރަފްރާޒް އަލްޕާ ވިދާޅުވީ ހޮނިހިރު ދުވަހު ވާރިސް ނަމަކަށް ކިޔާ މީހަކު ޕޮލިސް ކަސްޓަޑީ އަށް ގެނެވުނު ކަމަށާއި، އޭނާ ޕޮލިހަށް ގެނެވުނީ ކީރިތި ޤުރުއާން މުސްޙަފެއްގެ ސަފްޙާ ތަކެއްގައި އޭނާ އާއި އޭނާގެ އަނބިމީހާ އަދި ވަޅިއެއްގެ ފޮޓޯތަކެއް ތަތްކޮށް އެހެން މީހުނަށް އެފެންނާނެ ހެން ދައްކައި ހެދުމަށް ފަހު ނަންކާނާ ކިޔާ ޑިސްޓްރިކް އެއްގެ ގަސްގިނަ ސަރަހައްދަކަށް އެއްލާލި ކަމުގެ ތުހުމަތުތަކާއި އެކުގައި ކަމަށެވެ.

އޮފިސަރ ސަރަފްރާޒް ވިދާޅުވެފައިވަނީ ރުޅިވެރިކަން ހާމަކުރަމުންދިޔަ މީހުންގެ ތެރެއިން އެއްބަޔަކު ބޮޑު ހަރުގަނޑެއް ހިފައިގެން އައިސް މުޒާހަރާ ކުރަމުން ދިޔަ މީހުންނަށް ވަދެވޭނެ ހެން ޕޮލިސްސްޓޭޝަންގެ ގޭޓު ހަލާކުކޮށްލި ކަމަށާއި، އެހާ ހިސާބުން އާންމުން ޕޮލިސްސްޓޭޝަނަށް ވަދެގަނެ ތަނަށް ގެއްލުންދީ ވާރިސް ހުރި ޖަލު ގޮޅިން ނެރެގެން ގެންގޮސްފައިވާ ކަމަށެވެ.

"ރުޅިވެރިކަން ފާޅުކުރަމުންދިޔަ އާންމުން ކޮންޓްރޯލް ކުރުމަށް އިތުރު ޕޮލިހުންނަށް އެހިސާބަށް ދެވުނުއިރު ޢާންމުން ވާރިސް އަށް އަނިޔާކޮށް އޭނާ ގައިގައި ރޯކޮށްލުމަށް ދިޔައީ މަސަކަތް ކުރަމުން، ހެޔޮ ވިސްނޭ ބައެއް ރައްޔިތުންނާއި ޕޮލިހުންގެ މަސައްކަތުން ވާރިސް ވަނީ ރޯކޮށްލުމުގެ ކުރިން ސަލާމަތްކުރެވިފައި" ސަރަފްރާޒް ވިދާޅިވިއެވެ.

ޕާކިސްތާނުގެ ޤާނޫނުގައި އޮންނަ ގޮތުން އިސްލާމްދީނަށް ފުރައްސާރަކުރުމަކީ މަރުގެ އަދަބު ދެވޭކަމެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.