ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމު: ފޮޓޯ/މަޖިލިސް
ހަބަރު
12 Feb 2023 | 11:56
އެނގިގެން މި ދިޔައީ އާރުޑީސީ އަކީ އުވާލަން ޖެހޭ ކުންފުންޏެއް ކަން: އުޝާމް

އާރުޑީސީއަށް ދިގު މުއްދަތުން ނުފެށުނު މަސައްކަތް ތިން ދުވަހުން އެމްޓީސީސީން ނިންމައިލުމުން އެނގެނީ އާރުޑީސީއަކީ އުވައިލަންޖެހޭ ކުންފުންޏެއްކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމު ވިދާޅުވެއްޖެއެވެ.

އުޝާމް މިފަދައިން ވިދާޅުވެފައި ވަނީ، މި ފެބްރުއަރީ މަހުގެ ނިޔަލަށް އަމީނީ މަގުގެ މަސައްކަތް ނިންމާނެ ކަމަށް އާރްޑީސީން ބުނެފައި ވީނަމަވެސް އެކަން ނުކުރެވި ލަސް ވުމުގެ ސަބަބުން، އެމްޓީސީސީ އަށް އެމަސައްކަތް ހަވާލުކޮށް، އެ ކުންފުނިން އަމީނީމަގުގެ ތާރު އެޅުމުގެ މަސައްކަތް ވަރަށް ހަލުއިކަމާއި އެކު ކުރިއަށް ގެންދަން ފަށާފައިވާތީ އެވެ.

އެގޮތުން އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ކަމުންވެސް އެނގެނީ އާރްޑީސީ އަކީ އުވާލަންޖެހޭ ކުންފުންޏެއްކަން ކަމަށެވެ.

އަދި އެފަދަ "ބޭކާރު" ކުންފުނިތައް އުވާލުމުން ދައުލަތަށް ލިބޭ ޓެކްސް ފައިސާއިން އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ސަލާމަތްކުރެވޭނެ ކަމަށާ އެއީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް މިހާރުވެސް ކުރަންވެއްޖެ ކަމެއް ކަމަށް އުޝާމް ވިދާޅުވި އެވެ. 

އާރުޑީސީއާ ހަވާލުކޮށްގެން ހަދަމުން އަންނަ އަމީނީ މަގުގެ މަސައްކަތް ލަސްވާތީ، މަސައްކަތް އަވަސްކުރުމަށް، އެ މަގުގައި ތާރުއެޅުން އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ހުކުރު ދުވަހު އެމްޓީސީސީން އެ މަގުގައި ތާރުއެޅުމުގެ އަމަލީ މަސައްކަތް ފަށައި، އާރުޑީސީން ޕޭވިންގެ މަސައްކަތް ނިންމާފައި އޮތް ފުރަތަމަ ސެގްމަންޓްގައި މިހާރު އޮތީ ތާރުއެޅުމުގެ ކުރިން ލާންޖެހޭ އޭބީސީ ފަށަލަ ވެސް ލައިފަ އެވެ.

އަދި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ އާރުޑީސީން އެ ކުންފުންޏާ ހަވާލުކުރީ ސްޓެލްކޯ އިމާރާތް ނިމޭ ހިސާބަށް ތާރުއެޅުމުގެ ހުރިހާ މަސައްކަތެއް ކުރުމަށް ކަން ފާހަގަކުރައްވައި އެ މަސައްކަތް އަންނަ ބުދަ ދުވަހަށް އެއްކޮށް ނިންމާލެވެނޭ ކަމަށް ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.