އަމީނީ މަގު.. ފޮޓޯ: ދުވަސް
ހަބަރު
12 Feb 2023 | 12:58
ބުދަ ދުވަހުގެ ނިޔަލަށް ސްޓެލްކޯ އިމާރާތާއި ހަމަޔަށް ތާރު އަޅާ ނިންމާނަން: އާޒިމް

މި ހަފްތާގެ ބުދަ ދުވަހުގެ ނިޔަލަށް އަމީނީ މަގު އިރުން ސްޓެލްކޯ އިމަރާތާއި ހަމަޔަށް ތާރު އަޅާ ނިންމޭނެކަމަށް އެމްޓީސީސީއިން ބުނެފި އެވެ. 

އެމްޓީސީސީގެ ސީއީއޯ  އާޒިމް "ވޮއިސް" އަށް ދެއްވި އިންޓާވިއުއެއްގައި ވިދާޅުވީ އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ އަމީނީ މަގު އިރުން ސްޓެލްކޯ އިމްރާތާއި ހަމަޔަށް ތާރު އެޅުމަށް ކަމަށެވެ.

އެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ދާ ކަމަށާއި، 3 ދުވަސް ތެރޭ އަމީނީ މަގުގައި ތާރު އަޅަން އެމްޓީސީސީއާއި ހަވާލުކުރި ހިސާބަށް މަސައްކަތް ނިންމާލެވޭނެކަމަށް އާޒިމް ވިދާޅުވި އެވެ. 

"އަދި އަޅުގަނޑުމެންނާއި ހަވާލުކޮށްފައިވަނީ ސްޓެލްކޯ އިމަރާތާއި ހަމަޔަށް ތާރު އެޅުމުގެ މަސައްކަތް. އެ މަސައްކަތް އިރާދަކުރެއްވިއްޔާ ބުދަ ދުވަހުގެ ނިޔަލަށް ނިންމާލާނަން"

އެމްޓީސީސީގެ ސީއީއޯ އާޒިމް

މާލޭ ސިޓީ ކައުންސިލްގެ އަތުން އަމީނީ މަގު ހެދުމުގެ މަސައްކަތް އަތުލާ ޕްލޭނިން މިނިސްޓްރީ މެދުވެރިކޮށް އާރުޑީސީއާއި ހަވާލުކޮށްފައިވަނީ 7 މަސް ތެރޭ އެ މަސައްކަތް ނިންމުމަށެވެ. 

އެ މަސައްކަތާއި ހަވާލުވަމުން އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މުކޭ) ވިދާޅުވީ މާލޭ ސިޓީގެ މޭޔަރު ޑރ މުއިއްޒަށް 7 އަހަރު ދުވަސްތެރޭ ނެހެދުނު އަމީނީ މަގު 7 މަސްތެރޭ ނިންމާލައްވާނެ ކަަމަށެވެ.

އެގޮތުން ފެބްރުއަރީ މަހުގެ ނިޔަލަށް އަމީނީ މަގުގައި ތާރުއަޅާ އެ މަގު އާންމުންނަށް ހުޅުވަން ޖެހެއެވެ. އެހެން ނަމަވެސް، އެ ތާރީހަށް އަމީނީ މަގުގެ މަސައްކަތް ނުނިމި ދިގުލައިގެން ދިއުމާއި ގުޅިގެން މަސައްކަތް ނިންމަން މިހާރު ވަނީ އިތުރު މުއްދަތެއް ދީފަ އެވެ. 

އޭގެ އިތުރުން އަމީނީ މަގުގެ މަސައްކަތް ލަސްވަމުން ދިއުމާއި ގުޅިގެން އެ މަސައްކަތް އަވަސް ކުރުމަށް އެމްޓީސީސީއާއި ވަނީ ހަވާލުކޮށްފަ އެވެ. އެމްޓީސީސީއާއި ހަވާލުކުރީ ތާރު އެޅުމުގެ މަސައްކަތެވެ. 

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރީ އަމީނީމަގުގައި ތާރުއެޅުން ލަސްވެ، އާންމުންނަށް ތަކުލީފުތަކެއް އުފުލަން ޖެހިފައިވާތީ، އެ މައްސަލައަށް އަވަސް ހައްލެއް ކަމަށެވެ. 

ތާރުއެޅުން އެމްޓީސީސީއާ ހަވާލުކުރީ އެ ކަމަށްޓަކައި އާރުޑީސީން ރާއްޖެ ގެނެސްފައިވާ މެޝިން ބަހައްޓާނެ ޖާގަ ހަމަނުޖެހި ދުވަސްތަކެއް ވާތީކަންވެސް އަކްރަމް ފާހަގަކުރެއްވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.