ރެއާލް މެޑްރިޑް
ކުޅިވަރު
12 Feb 2023 | 15:55
ރެއާލް ކުލަބް ވޯލްޑް ކަޕް ކާމިޔާބުކުރި އިރު މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވިނީޝިއަސް!

އެޝިއާގެ ޗެންޕިއަން ސައުދީ އަަރަބިއްޔާގެ އަލް ހިލާލް 5-3 ގެ ނަތީއްޖާއަކުން ބަލިކޮށް ދުނިޔޭގެ ޗެންޕިއަންކަން 8 ވަނަ ފަހަރަށް ރެއާލް މެޑްރިޑް ހޯދައިފިއެވެ. 

2005 ވަނަ އަހަރު ފީފާ ކުލަބް ވޯލްޑް ކަޕް ނަމުގައި މި މުބާރާތް ބާއްވަން ފެށިފަހުން މިއީ ރެއާލް މެޑްރިޑުން ކުލަބް ވޯލްޑް ކަޕް ކާމިޔާބުކުރި ފަސް ވަނަ ފަހަރެވެ. ރެއާލުން މި ވަނީ 2014، 2016، 2017، 2018 އަދި 2023 ވަނަ އަހަރު ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށް މި މުބާރާތް އެންމެ ގިނައިން ކާމިޔާބުކުރުމުގެ ޝަރަފު ހޯދާފައެވެ.

ވިނީޝިއަސް ޖޫނިއާ

މީގެ ކުރިން، ދުނިޔޭގެ ކްލަބް ޗެމްޕިއަނުން ހޮވަން، ދެކުނު އެމެރިކާ އާއި ޔޫރަޕްގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ އިންޓަ ކޮންޓިނެންޝިއަލް ކަޕްގެ ތަށި ވެސް ރެއާލުން ވަނީ 1960، 1998 އަދި 2002 ވަނަ އަހަރު ހޯދައިފަ އެވެ.

ރެއާލުން ވަނީ ރޭގެ ފައިނަލް މެޗުގެ ފުރަތަމަ 18 މިނިޓް ތެރޭ ދެ ލަނޑުކާމިޔާބުކޮށް މެޗުގެ ކޮންޓްރޯހޯދާފައެވެ. އެޓީމުގެ ފުރަތަމަ ލަނޑު ވިނީޝިއަސް ޖޫނިއާ ކާމިޔާބުކޮށްދިން އިރު ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ އުރުގުއާއީގެ މިޑްފީލްޑަރ ފެޑެރީކޯ ވަލްވޭޑޭ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ރެއާލް އިން ގިނަވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ދޭތެރެ ދޭތެރެއިން އަލް ހިލާލް އިންވެސް ރަގަޅު ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. މިގޮތުން ފުރަތަމަ ހާފުގައި އެޓީމުން އުފެއްދިި ކައުންޓާ އެޓޭކެއްގައި ރެއާލްގެ އޮފްސައިޑް މަޅިން ސަލާމަތްވެ، އަލް ހިލާލްގެ މާލީ ފޯވާޑް މޫސާ މަރޭގާ ވަނީ ލަނޑެއް ކާމިޔާބުކޮށް ފަރަގު ކުޑަކޮށްދީފައެވެ.

ނަމަވެސް ދެވަނަ ހާފުގެ ފުރަތަމަ 12 މިނެޓުތެރޭގައި ރެއާލް އިން އިތުރު ދެލަނޑު ކާމިޔާބުކޮށް ފަރަގު ބޮޑު ކޮއްލިއެވެ. އެޓީމުގެ ތިން ވަނަ ލަނޑު ވިނީޝިއަސް ތަންވަސްކޮށްދިން ފުރުސަތެއްގައި ބެންޒެމާ ކާމިޔާބުކުރި އިރު މިއީ ކުލަބު ވޯލްޑް ކަޕް ފައިނަލުގައި ބެންޒެމާ ލަނޑުޖެހި ދެވަނަ ފައިނަލެވެ. ރެއާލްގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ވަލްވޭޑޭ އެވެ.

މެޑްރިޑުން ތިން ލަނޑުގެ ލީޑެއްނެގިތާ ކުޑައިރުކޮޅެއް ފަހުން މެޗުގެ 63 ވަނަ މިނިޓްގައި، އަލް ހިލާލްގެ އާޖެންޓީނާ ފޯވާޑް ލޫސިއާނޯ ވިއެޓޯ ލަނޑެއްކާމިޔާބުކޮށް އެޓީމަށް ހިއްވަރު އާކޮށްދިނެވެ. ނަމަވެސް އޭގެ ހަ މިނެޓްފަހުން ވިނީޝިއަސް ރެއާލްގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނެވެ. އަލް ހިލާލްގެ ތިން ވަނަ ލަނޑު ކާމިޔާކޮށްދިނީ 79 ވަނަ މިނެޓުގައި ވިއޭޓޯ އެވެ. މި މުބާރާތުގައި ވިއޭޓޯގެ އިތުރުން ރެއާލްގެ ވީނިޝިއަސް އަދި ވަލްވޭޑޭ ވަނީ ތިން ލަނޑު ކާމިޔާބުކޮއްފައެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވިނީޝިއަސް އެވެ. ދެވަނަ ވަލްވޭޑޭ އަށް ލިބުނު އިރު ތިން ވަނައަށްދޭ ބުރައުންޒް ބޯލް ލިބުނީ ވިއޭޓޯ އަށެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކީ ރެއަލް މެޑްރިޑެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ