އަންހެނުން ބާރުވެރިކުރުވުމާއި މެދު ހާއްސަ ދިރާސާއެއް ކުރަނީ
ހަބަރު
13 Feb 2023 | 07:43
އަންހެނުން ބާރުވެރިވާ ނިސްބަތް ދެނެގަތުމަށްޓަކައި ހާއްސަ ދިރާސާއެއް ކުރިއަށް ގެންދަނީ

އިޤްތިސާދީ ގޮތުންނާއި ސިޔާސީގޮތުން އަންހެނުން ބާރުވެރިވާ ނިސްބަތް ދެނެގަތުމަށްޓަކައި ވިމެން އެންޑް ޑިމޮކްރަސީއިން ހާއްސަ ދިރާސާއެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

ވިމެން އެންޑް ޑިމޮކްރަސީ ޖަމިޢްޔާއިން ކުރިއަށް ގެންދާ  މިދިރާސާގައި މައިގަނޑު ގޮތެއްގައި ބެލެވިގެންދާނީ، ދައުލަތުގެ 5 އަހަރުގެ ސްޓްރެޓީޖިކް އެކްޝަލް ޕްލޭންގެ ދަށުން އަންނަނިވި ސުރުހީތައް ތަންފީޒު ކުރެވިފައިވާ މިންވަރު ނިސްބަތުން ދެނެގަތުމުގެ މަށްޗަށެވެ.

މި ދިރާސާގައި ބަލާނީ ތަންފީޒީ މަގާމުތަކުގައި ތިބޭ އަންހެނުންގެ އަދަދު އިތުރުކުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ޖަމިއްޔާތައް ބާރުވެރި ކުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ޖަމިއްޔާތައް ބާރުވެރި ކުރުން އަދި އަންހެން ވިޔަފާރިވެރިންނަށް ފައިސާ ލިބޭނެ ފަހި ގޮތްތައް އިންތިޒާމް ކޮށްދިނުން  މިކަންކަމުގެ މައްޗަށެވެ.

މި ދިރާސާގައި ސަރުކާރުގެ ޖުމްލަ 14 އިދާރާ އަކުން މައުލޫމާތު ލިބިގަނެވި އެމައުލޫމާތުގެ މަށްޗަށް ތަފާސްހިބުތައް އަންދާޒާ ކުރެވެމުންދާނެކަމަށް އެޖަމިޢްޔާއިން ދެންނެވިއެވެ. މައުލޫމާތު ލިބިގަނެވުނު އިދާރާ ތަކުގެ ތެރޭގައި ރަޢީސް އޮފީސް، ރައްޔިތުންގެ މަޖިލީސް، ޖެންޑަރ މިނިސްޓްރީ، އިކޮނޮމިކް މިނިސްޓްރީ، ލޯކަލް ގަވަރމެންޓް އޮތޯރިޓީ، ޑިޕަރޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، މޯލްޑިވްސް މަނަޓެރީ އޮތޯރިޓީ އަދި މޯލްޑިވްސް ބިޔުރޯ އޮފް ސްޓެޓިސްޓިކްސް ފަދަ ކަމާބެހޭ ސަރުކާރުގެ އިދާރައް ހިމެނެއެވެ.

މިދިރާސާގެ ނަތީޖާ އަންނަ އެޕްރީލް މަހުގެ ތެރޭގައި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި ޕްރައިވެޓް ސެކްޓަރ އަދި މަދަނީ ޖަމިޢްޔާތަކާއި ހިއްސާކުރެވިގެންދާނެއެވެ. އަދި އެ ޖަމިޢްޔާގެ މީސް މީޑިޔާތަކުގައި ޝާއިރުކުރެވިގެންދާނެވެ.

2016 ވަނަ އަހަރު އުފެދުން ވިމެން އެންޑް ޑިމޮކްރަސީ އަކީ މިންތީ ތަފާތުތައް ނައްތާލައި، ހުރިހާ މައިދާނެއްގައި އަންހެނުން ބާރުވެރިކޮށް، ހަމަހަމަ ފުރުޞަތު ހޯދައިދިނުމަށްޓަކައި އެތައް މަސައްކަތްތަކެއް ކުރަމުން އަންނަ ހިންގުންތެރި ޖަމިއްޔާއެކެވެ. ޖަމިޢްޔާގެ މަސައްކަތްތައް ފާހަގަކޮށް ދުނިޔޭގެ ބޮޑެތި ބައިނަލްއަޤުވާމީ ޖަމިއްޔާތައް ކަމުގައިވާ ކޮމަންވެލްތް ފައުންޑޭޝަން، ޔޫ އެސް ޑިޕަރޓްމެންޓް އޮފް ސްޓޭޓް އަދި ޔުނައިޓެޑް ނޭޝަންސް ޔޫތް އެންވޯއީސް އޮފީސް ފަދަ މުއައްސަސާތަކުން ވަނީ އެބޭފުޅުންގެ އަގުވަޒަންކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.