ހައި ކޯޓު/ ފޮޓޯ: ސަން
ހަބަރު
13 Feb 2023 | 15:17
ހާރިސްގެ މަރުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފި

ހުޅުމާލޭގައި ވަޅިން ހަމަލާދީ ހާރިސް އަބްދުލްޣަފޫރު މަރާލި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހިންގާ ހާފްވޭ ހައުސް ކައިރީގައި 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ހާރިސް އަބްދުލް ޣަފުރޫ މަރާލަން ހަށިގަނޑުގެ 15 ތަނަކަށް ފުން ޒަޚަމްތަކެއް ދިނެވެ. އޭނާ މަރުވެފައިވަނީ ދީފައިވާ ޒަހަމްތަކުން ގިނަ އަދަދެއްގެ ލޭ ބޭރުވެ، ހަށިގަނޑުގައި ވިންދު ހިންގަން ބޭނުންވާ މިންވަރަށް އޮކްސިޖަން ހަށިގަނޑުގައި ނެތުމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލާގައި ދައުލަތުން ދައުވާ ކުރީ ޏ. ފުވައްމުލައް ހިލްޓަން، ޔާމީން ރަޝީދުގެ މައްޗަށެވެ. އެއީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

ނަމަވެސް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ޔާމީންގެ މައްޗަށް ސާބިތު ނުވާ ކަމަށް މިދިޔަ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

އެގޮތުން ކުރި ހުކުމުގައި ހާރިސް އަށް ހަމަލާދީފައިވަނީ މޫނު ނިވާކޮށްގެން ކަމަށް ހެކިވެރިން ވަނީ ބުނެފައެވެ. އަދި އެހަމަލާ ދިނީ ޔާމީން ކަމެއް އެއްވެސް މީހަކަށް އެނގިފައި ނުވާކަމަށް ވެސް ބުނެފައިވެއެވެ. 

އެކަމާއި ގުޅިގެން ޕީޖީ އޮފީހުން މިއަދު ބުނީ، 29 ސެޕްޓެންބަރު 2017 ދުވަހުގެ 21:56 އެހައިކަށްހައިއިރު، ހުޅުމާލެ ހާފްވޭ ހައުސް ކައިރީގައި ގއ. ދާންދޫ، ގޯލްޑްލީފް، ހާރިސް ޢަބްދުލްޣަފޫރުއަށް ތޫނުއެއްޗަކުން ޙަމަލާދިނުމުގެ ސަބަބުން މަރުވި މައްސަލައިގައި، ޏ. ފުވައްމުލައް، ހޯދަޑު، ހިލްޓަން ޔާމީން ރަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ތޫނުއެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ސާބިތުނުވާކަމަށް 29 ޑިސެންބަރު 2022 ދުވަހު ކްރިމިނަލް ކޯޓުން ޙުކުމްކުރެއްވުމާ ގުޅިގެން، އެ މައްސަލަ 12 ފެބްރުވަރީ 2023 ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކަމަށެވެ. 

މި މައްސާލާގައި މީގެ ކުރިން ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމެއްގައި ހެކިބަސްދިން ފުލުހަކު ވަނީ މީގެ ކުރިން އެދެމީހުންގެ މެދުގައި މާރާމާރީއެއް ހިނގިކަން ފާހަގަ ކޮށްފައެއްވެ. އަދި އޭނާ ދިރިއުޅެމުން ދިޔަ ގެ ބަލައި ފާސްކުރިއިރު، އެ ގޭގެ އަލަމާރިއަކުން ބޮނޑިކޮށްފައި އޮތް ޖިންސެއްގެ ތެރެއިން ލޭ ކަމަށް ޝައްކުކުރެވޭ އެއްޗެއް ފެނިފައި ވެއެވެ. 

 ޖިންސުން ޔާމީންގެ ލޭ ފެނި، ހާދިސާ ހިނގި ސަރަހައްދުން ފެނުނު ފައިވާނުން ވެސް ޔާމީނުގެ ޑީއެންއޭ ލިބިފައިވީނަމަވެސް، ޖިންސުން ފެނުނު ލެއަކީ އޭގެ ކުރިން ހިނގި މާރާމާރީގެ ލެއަށްވުމުގެ ފުރުސަތު އޮތް ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމުގައި ވަނީ ބުނެފައެވެ.

މިކަންކަމަށް ބަލައި މައްސަލަ ބެއްލެވި ގާޒީ ވަނީ ޔާމީނުގެ މައްޗަށް އެކުށް ސާބިތު ނުވާ ކަމަށް ނިންމާފައެވެ.

ހާރިސް މަރާލީ ކ. ހިންމަފުށީ ޑްރަގް ރިހިބެލިޓޭޝަން ސެންޓަރުން ފަރުވާ ހޯދުމަށް ފަހު ހުޅުމާލެ ހާފްވޭ ހައުސްއަށް ދާން ވެގެން އެ ތަނަން ވަންނަން އުޅެނިކޮށެވެ. ހުޅުމާލެ ހާފްވޭ ހައުސްއަކީ މަސްތުވާތަކެތީގެ ފަރުވާ ހޯދާ މީހުން ބައިތިއްބާ ތަނެކެވެ.

ހާރިސް އޭރު ގެންދިޔައީ މަސްތުވާތަކެތީގެ މައްސަލައެއްގައި ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އެ ހުކުމް އިއްވުމުގެ ކުރިން ހާރިސް އާއި ޔާމީން ރަޝީދު ދެމެދު 2015 ވަނަ އަހަރު ތެރޭ މާރާމާރީއެއް ހިންގި ކަމުގެ ރެކޯޑް ވެސް ފުލުހުގައި އޮތެވެ.

ހާރިސް މަރާލި ކަމުގެ ތުހުމަތު ކުރެވުނީ ޔާމީންއާއި ސައިކަލުގައި ދެން އިން މީހާއަށެވެ. އެކަމަކު ދެން އިން މީހާއަކީ ކާކުކަން މިހާތަނަށް ހަމާވެފައި ނުވާއިރު އޭނާގެ މައްޗަށް ދައުވާ ކުރަން ނުފޮނުވަން ނިންމީ އެކަށޭނަ ހެކި ނެތުމުން ކަމަށް ފުލުހުން ވިދާޅުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް