ބިންހެލުންތަކުގައި ވެއްޓިފައިވާ އިމާރާތްތައް/ ސީރިޔާ
ހަބަރު
13 Feb 2023 | 15:52
ތުރްކިޔޭ ސީރިޔާ ބިންހެލުން: މަރުވި މީހުންގެ ޢަދަދު 36000

ތުރްކިޔޭ އާއި ސީރިޔާ އަށް އައި ބާރުގަދަ ބިންހެލުމަށް ހަފްތާ އެއް ވީއިރު މަރުވި މީހުންގެ ޢާދަދު 36000 އަށް އަރައިފިއެވެ.

ބިންހެލުން ތަކުގެ ސަބަބުން ތުރްކިޔޭ އިން 31643 މީހުން މަރުވެފައިވާއިރު ސީރިޔާ އިން 4500 މީހުން ވަނީ މަރުވެފައެވެ.

"ރެސްކިޔު ޓީމްތަކުން ކުރަމުންދާ ހިތްވަރު ހުސްވަމުންދާއިރު، ދުނިޔެއިން ވަނީ ހުޅަނގުއުތުރު ސީރިޔާ ފެއިލްކޮށްލާފައި، ކާރިސާގައި ސަލާމަތްވީ މީހުންވެސް ތިބީ އެހީއެއް ނެތި ދޫކޮށްލައިފައި" ޔޫއެންގެ އެއިޑް ޗީފް ވިދާޅުވިއެވެ.

ސީރިޔާގެ މީހުންނަށް އެހީ ފޯރުކޮށްދިނުމަށް ދަނީ ދަތިތައް ދިމާވަމުންނެވެ. ހަނގުރާމައިގެ ސަބަބުން ހާލުގައިޖެހި ފައި ތިބި މީހުންގެ ތަކްލީފުތަކުގެ މައްޗަށް އިތުރު ތަކްލީފެއް މިވަނީ ކުރިމަތިވެފައެވެ.

ޔޫއެންއިން ސީރިޔާގެ ސަރުކާރުގެ ބާރުގެ ދަށުގައި ހުރި ހިސާބުތަކަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.  ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިތިބި މީހުންގެ ހާލަތު މިވަނީ އިތުރަށް ގޮއްސައެވެ.

ކާރިސާއަށް ހަފްތާ އެއް ވެފައިވާއިރު ދުނިޔެއިން ވަނީ ސީރިޔާގެ ހުޅަނގުއުތުރުގެ ރައްޔިތުން ފެއިލް ކޮށްލައިފައެވެ.

ހަނގުރާމައިގައި ހަލާކުވި ސީރިޔާގެ އަތްރަބް ޓައުންގެ މީހުން ފުނޑުފުނޑުވެފައިވާ އެމީހުންގެ ގެތަކުގެ ތެރެއިން އެމީހުންގެ ދިރިއުޅުމުގެ ނިޝާންތަކާއި އަސަރުތައް ހޯދައި އިންސާނީ އެހީ އަށް އަދިވެސް ދަނީ އިންތިޒާރު ކުރަމުނެވެ.

އެކްސްކެވޭޓަރު ތައް ބޮޑެތި ކޮންކްރިޓްތައް ދުރަށް ޖައްސަމުންދާއިރު ފަކީރާ ހިފައިގެން އެއްބަޔަކު ފުނޑުފުނޑު ވެފައިވާ ގައުތައް އެއްފަރާތް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލުނު މީހުންގެ ތެރެއަށް ބިންހެލުންތަކުގެ ސަބަބުން ބޯހިޔާވަހިކަން ގެއްލުނު މީހުން މިވަނީ އިތުރުވެފައެވެ. ސީރިޔާގައި ހަރަކާތް ތެރިވަމުންދާ ވޮލެންޓިއަރުން ބަހާ ކާބޯތަކެތި ހޯދުމަށް ކިޔުގައި ޖެހޭ މީހުން ވަނީ އިތުރުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.