ބިންހެލުމުގައި ހަލާކުވެފައިވާ އިމާރާތްތައް/ ތުރްކިޔޭ
ދުނިޔެ
14 Feb 2023 | 07:56
"ދެން ފެންނާނީ ހުސް ކަށިތައް"

ހަލާކުވެ ފުނޑުފުނޑުވެފައިވާ އިމާރާތް ތަކުގެ ދަށުން ދެން ފެންނާނީ ހުސް ކަށިތައް ކަމަށް ތުރްކިޔޭގެ އާއިލާތަކުން ބުނެފިއެވެ.

ފާއިތުވި ހަފްތާގައި ތުރްކިޔޭ އަށް އައި ބިންހެލުމުގައި ވެއްޓި ހަލާކުވި އިމާރާތްތަކުގެ ތެރެއިން އެރްދުމް އަވްސަރޯގުލް ގެ ދައްތަ އާއި އޭނާގެ ފިރިމީހާ އަދި އެދެމަފިރިންގެ ދެކުދިން ތިބީ އެމީހުން ދިރިއުޅެމުންދިޔަ އަންޓަކާޔާގެ އެޕާޓްމެންޓް ހިމެނޭ އިމާރާތް ވެއްޓި އޭގެ ދަށުގައި ތާށިވެފައެވެ. އޭރު އެމީހުން ދިރިތިއްބެވެ. އިމާރާތުގެ ދަށުގައި ތިބެ ރެސްކިޔު ޓީމާއި ވާހަކަވެސް ދެއްކިއެވެ.

އޭގެ އެއްދުވަސް ފަހުން އެ ހާލަތުބަދަލުވީ ވެއްޓިފައިވާ އިމާރާތުގެ ދަށުގައި އަލިފާން ރޯވުމުންނެވެ. ޤަބޫލުކުރެވޭ ގޮތުގައި އަލިފާން ރޯވީ ޖަނެރޭޓަރެއްގައެވެ. އެރްދުމް އަކީ ޕްރޮފެޝަނަލް ފަޔަރފައިޓަރެކެވެ. އޭނާގެ އާއިލާ އެ ހާލުގައި ތިބި އިރު އަލިފާންގަނޑު ނިއްވާލާނެ ގޮތެއް ނެތި އެމަންޒަރު ބަލަހައްޓައިގެން ހުރީ ހަދާނެގޮތެއް ނެތިފައެވެ.

އަލިފާންގަނޑު ނިވުމަށްފަހު އެއާއިލާގެ ހަބަރެއް ނުވެއެވެ. ރޯވި އިމާރާތުގެ ތެރެއިން ހޫނު މުޅި ހިސާބަށް ދިޔައީ ފޯރަމުންނެވެ. އޭގެ ފަސްދުވަސް ފަހުން އިމާރާތުގެ ގައުތަށް އެއްފަރާތައް ޖައްސައި ސާފު ކުރަމުންދިޔައިރު އެއިމާރާތުގެ ދަށުން އެއާއިލާގެ އެއްވެސް މެމްބަރެއްގެ އަސަރެއްވެސް ފެނިފައެއް ނުވެއެވެ.

އެރްދުމް އަށް އޭނާގެ ދައްތަގެ އާއިލާއާއި ބައްދަލުވުމުގެ އުންމީދު ވަނީ އެއްކޮށްގެއްލިފައެވެ.

"މިއަދަށް މިވީ 7 ދުވަސް، އަހަރެމެން މިހާރު ބޭނުންވަނީ އާއިލާމީހުންގެ ހަށިގަނޑުތައް، އެކަމަކު އަހަރެމެންނަށް އެއްވެސް އެއްޗެއް އެތަނަކުން ނުފެނޭ، ވެދާނެ އެމީހުން އެނދީކަމަށްވެސް" އެރްދުމް ބުނެފައިވެއެވެ.

މީހުން ހޯދުމުގެ މަސައްކަތް ކުރިއަށް ދަނީ/ ތުރްކިޔޭ

އެއިމާރާތުގައި 80 މީހުން ދިރިއުޅެއެވެ. އަލިފާން ރޯވުމުގެ ކުރިން 21 މީހަކު ވަނީ ސަލާމަތުން ނެރެވިފައެވެ. މަރުވެފައިވާ 12 ހަށިގަނޑެއް ވަނީ ނެރެވިފައެވެ. ބާކީ 47 މީހުން އަދިވެސް ވީނުވީއެއް ނޭނގި ވަނީ ގެއްލިފައެވެ. އިމާރާތުގެ ދަށުން ނެރުނު ހަށިތައް ހުރީ ވަރަށްބޮޑަށް ހަލާކުވެފައެވެ.

"ބައެއް އާއިލާތަކުން ގެންދިޔައީ،އެމީހުންގެ ތިމާގެ މީހުންގެ ކަށިތައް އެކަނި" އެރްދުމް ބުންޏެވެ.

 10 އަހަރަށްވުރެ ގިނަ ދުވަސްވީ އިމާރާތްތައް ނުވެއްޓި ހުރިއިރު 10 އަހަރު ވީ އިމާރާތެއް ވެއްޓި ފުނޑުފުނޑުވުމުން އެ އިމާރާތުގައި ދިރިއުޅޭ އާއިލާތަކާއި ރެސްކިޔުވޯކާސް ތިބީ އެކަމުގެ ހިތްހަމަނުޖެހުން މަތީގައެވެ. އިމާރާތް ކުރި ކޮންސްޓްރަކްޝަން ކުންފުނިތަކުން ވަނީ މަކަރު ހަދައި އޮޅުވާލާފައި ކަމަށް އެފަރާތްތަކުން ދަނީ ބުނަމުންނެވެ. ރެސްކިޔުވޯކާސް ދަނީ ހެކީގެ ގޮތުގައި އިމާރާތުން ވެރިފައިވާ ތަނބުގެ ބައިތައް ނަގަމުންނެވެ.

ސަރުކާރުގެ ފަރާތުން އެހީތެރިކަން ލިބޭ މިންވަރު ކުޑަވެ، ރެސްކިޔުވޯކާސް ތިބީ ހިތްހަމަނުޖެހިފައެވެ. ސެރްހަތް ޑޭޑޭ ނަމަކަށް ކިޔާ ރެސްކިޔު ވޯކަރަކު ވެސް ވަނީ އޭނާގެ އާއިލާ ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އޭނާ އަށް ވެސް އިމާރާތުގެ ތެރެއިން ނެރުނު ހަށިތަކުގެ ތެރެއިން ވަކިކުރަން އެނގިފައިވައިވަނީ އޭނާގެ ބައްޕަ އެކަންޏެވެ.

"ހަފްތާއެއް ވަންދެން އެއްވެސް އެހީތެރިކަމެއް ނެތި މިމަސައްކަތް ކުރީ، އެކަށީގެންވާ ރަނގަޅު ސާމާނާއި އެކު މަސައްކަތް ކުރެވުނު ނަމަ 40 ހަކަށް 50 ހަކަށް މީހުން ސަލާމަތް ކުރެވުނިސް" ސެރްހަތް ބުނެފައިވެއެވެ.

މި ބިންހެލުން ތަކުގެ ސަބަބުން މަރުވި މީހުންގެ ޢަދަދު 30000 މައްޗައް އަރައިގެން ގޮސްފައިވާއިރު އެތައް އިމާރާތެއް ވަނީ ވެއްޓި ހަލާކުވެފައެވެ. ހަލާކުނުވެ ކޮއްޅަށް ހުރި އިމާރާތެއް ނަމަ ހުރީ ރެނދުލައި މީހުން ވަދެ ނުކުތުމަށް ނުރައްކާވާ ހިސާބުގައެވެ.

އިމާރާތްތަކުގެ ވެއްޓިފައިވާ ފާރުތަކުގެ ތެރެއިން ވީރާނާކަން ދަނީ ފެންނަމުންނެވެ. ހަލާކުވެފައިވާ ފަރުނީޗަރުތަކާއި، އެކިދިމަދިމާއިން ނުކުމެ ފައި ހުރި ދަނގަޑު ތަކާއި ވެރިފައިވާ ކޮންކްރިޓް ތަކެވެ. ބައެއް ފާރުތަކުން ފެންނަން ހުރި ހިނިތުންވެފައިވާ މޫނުތަކާއި އެކު ނެގިފައިވާ އާއިލީ ފޮޓޯތަކެވެ. އެތައް މަސައްކަތަކުން އާބާދު ކުރި ދިރިއުޅުން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ފުނޑުފުނޑުވި މަންޒަރުން އެލޯތައް ވަނީ ތެންމާލައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.