ސަލާހް ލިވަޕޫލްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދެނީ
ކުޅިވަރު
14 Feb 2023 | 05:32
އެވަޓަން އަތުން ލިވަޕޫލަށް މުހިންމު މޮޅެއް!

އިގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ވާދަވެރި އެވަޓަން 2-0 ގެ ނަތީއްޖާއަކުން ބަލިކޮށް ލިވަޕޫލް އިން ލީގު ތާވަލުގެ 9 ވަނައަށް ކުރިއަށް ޖެހިލައިފިއެވެ. 

މިސީޒަނުގައި ލިވަޕޫލްގެ ގިނަ ކުޅުންތެރިންގެ ފޯމު ދަށްވެ، އެޓީމުގެ ފަރާތުން ދަށް ނަތީއްޖާތަކެއް ފެނިގެން ގޮސްފައިވާއިރު، ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން އެޓީމަށް މޮޅެއް ހޯދިފައެއްނުވެއެވެ. ނަމަވެސް މިރޭގެ މެޗުގައި ލިވަޕޫލުގެ ފަރާތުން ރަގަޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ. 

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލުން ގިނަވަގުތު ބޯޅަ ގެންގުޅެ މެޗު ޑޮމިނޭޓުކުރި ނަމަވެސް، އެންމެ ފުރަތަމަ ނުރައްކާތެރި ހަމަލާއެއް ފެނިގެން ދިޔައީ އެވަޓަންގެ ފަރާތުންނެވެ. ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި ކޯނަރަކުން ލިވަޕޫލުގެ ގޯލް ކުރިމަށްޗަށް ހުރަސްވި ބޯޅައެއް އެވަޓަންގެ އިގިރޭސި ޑިފެންޑަރ ޖޭމްސް ޓާކޮވްސްކީ ބޮލުން ފޮނުވާލުމުން އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

ލިވަޕޫލުން މިރޭގެ މެޗުގައި ލީޑުނެގީ ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި އުރުގުއާއީގެ ފޯވާޑް ޑާވިން ނުނޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އެޓީމުގެ މިސްރު ފޯވާޑް މުހައްމަދު ސަލާހް ކާމިޔާބުކޮށްދިން ލަނޑުންނެވެ. ލިވަޕޫލްގެ ދެވަނަ ލަނޑު ދެވަނަ ހާފު ފެށިގެން ހަތަރު ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ނެދަލޭންޑްސްގެ ފޯވާޑް ކޯޑީ ގައްޕޯ އެވެ. މިއީ ޖެނުއަރީ ޓްރާންސްފާ މާކެޓުގައި އެޓީމާއި ގުޅުނުފަހުން އޭނާ ލިވަޕޫލަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއި އެކު 21 މެޗުން 32 ޕޮއިންޓް ހަމަކޮށް ލިވަޕޫލް ވަނީ ތާވަލުގެ 9 ވަނައަށް ކުރިއަށް ޖެހުލާފައެވެ. އަދި މިރޭގެ މެޗުން ބަލިވި އެވަޓަން 22 މެޗު ކުޅެފައިވާއިރު އެޓީމަށް ލިބިފައިވަނީ 18 ޕޮއިންޓާއި އެކު ތާވަލުގެ 18 ވަނައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.