އެފްކޮންސް މުވައްޒަފެއް ޕޮލިސް ސްޓޭޝަން ގައި
ހަބަރު
14 Feb 2023 | 14:16
އިހްތިޖާޖު ކުރާ އެފްކޯންސް ގެ މުވައްޒަފުންނަށް ބިރުދައްކާ ކަމަށް ބުނެ ފުލުހަށް

އައްޑޫ ސިޓީގެ މަގުހެދުމުގެ މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަ ނުދޭތީއާއި ކާން ނުދޭތީ އެ މުވައްޒަފުން އިހުތިޖާޖުކުރުމުން ކުންފުނިން އެމީހުންނަށް ބިރުދައްކަމުންދާ ކަމަށް ބުނެ އެ ސިޓީގެ ޕޮލިސް ސްޓޭޝަނަށް ގޮސްފިއެވެ.

ޕޮލިސް ސްޓޭޝަނަށް ދިޔަ މުވައްޒަފުން އެމީހުންގެ ކަންބޮޑުވުންތައް ހިއްސާކޮށްފައިވާ ވީޑިއޯ ގައި ބުނެފައިވާ ގޮތުގައި، އެމީހުން ޕޮލިސް ސްޓޭޝަނަށް އައީ އެމީހުން ހަޅުތާލުކޮށް އިހުތިޖާޖުކުރަން ފެށުމުން ތަޅައި އަނިޔާކުރާނެކަމަށް ބުނެ އިންޒާރުދީ ބިރުދައްކާތީ ފުލުހުންގެ ހިމާޔަތާއި ރައްކާތެރިކަން ހޯދުމަށެވެ.

އެމުވައްޒަފުން ކިޔައިދިން ގޮތުގައި، އެމީހުން ކިތަންމެ ބަލިވެ އުޅުނަސް، އަނިޔާވެފައި ހުރި ނަމަވެސް މަސައްކަތް ކުރަން ޖެހޭކަމަށާ، މަސައްކަތް ނުކޮށްފިނަމަ ކާން ނުދޭނެ ކަމަށް ބުނެފައިވާކަމަށެވެ. 

އެފަދަ ހާލެއްގައި, ރަނގަޅަށް ކާންނުލިބި މަސައްކަތް ކުރާއިރު، މުސާރަވެސް ބަރާބަރަށް ނުދޭ ކަމަށާ، އެކަމާއި ގުޅިގެން އިހުތިޖާޖުކުރަން ފެށުމުން ހަޅުތާލުކުރާ މުވައްޒަފުން އަނބުރާ ޤައުމަށް ފޮނުވައިލާނެކަމަށް ބުނެ ބިރުދެއްކުމާއެކު ޖިސްމާނީ ގޮތުން އަނިޔާކޮށް ތަޅާނެކަމަށްވެސް އައްޑޫގައި ތިބި ކުންފުނީގެ މެނޭޖުމެންޓުން ބުނެފައިވާކަމަށް އެ މުވައްޒަފުން ބުނެއެވެ.

"ޖެހުމުގެ ސަބަބުން އެކެއްގެ ލޮލު ކައިރިން ލޭ އައިސް އައިސްވެސް ހުރި. އަހަރެެންގެ ބޭބެގެ ފައިގައި ބޮޑު ޒަޚަމެއް ހުރުމުން އެކަމަށް ފަރުވާ ކޮށްދޭން އެދުނިން. އެކަމަކު އެކަން ވެސް ނުކޮށްދިން. ބުނީ މިކޮޅުން އެކަމަށް ފަރުވާ ކޮށްދެވެން ނެތް ކަމަށް. ދެން އަހަރެން ބުނެފިން އަހަރެންނާއި އެކު ބޭބެ އިންޑިޔާ އަށް ފޮނުވާލާށޭ. އޭރުން އެތަނުން ފަރުވާ ކުރެވޭނެ އެއްނު. އެހެން ނަމަވެސް ވިސާ ނުލިބޭނެ އޭ އެހެން އެއްޗެކޭ ކިޔައި އެކަން ވެސް ނުކޮށްދިން. އެފަދަ އިހުމާލު ތަކުގެ ސަބަބުން ކަންކަން ސީރިއަސްވެ މީހަކު މަރުވެއްޖެނަމަ ދެން މިތާ އަހަރުމެން ކިހިނެއް ހަދާނީ." އެފްކޮންސް މުވައްޒަފުން ކިޔައިދިނެވެ. 

އައްޑޫގައި އެފްކޯންސްގެ މުވައްޒަފުން ހަޅުތާލުކޮށް އިހުތިޖާޖުކުރާތާ 4 ދުވަސްވެއްޖެއެވެ. އެ މުވައްޒަފުން އިހުތިޖާޖުކުރަން ފެށުމުން އައްޑޫ ސިޓީގެ ދެ ކައުންސިލަރަކުވަނީ އެ މުވައްޒަފުންނާ ބައްދަލުކޮށް އެމީހުންގެ ކަންބޮޑުވުންތައްވެސް އޮޅުންފިލުވައިފައެވެ. އެހެންނަމަވެސް މައްސަލަ އަށް ހައްލު ލިބިފައި ނުވާއިރު، މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެލުމަށް ޕްލޭނިންގެ މިނިސްޓަރު މުހައްމަދު އަސްލަމް މިވަގުތު ހުންނެވީ އެ ސިޓީ ގައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ