ރެސްކިޔު ޓީމް ތަކުން އަދިވެސް މީހުން ސަލާމަތްކުރަން މަސައްކަތް ކުރަނީ
ހަބަރު
14 Feb 2023 | 21:14
މިއީ މިޤަރުނުގައި ދިމާވި އެންމެ ނުރައްކާތެރި ގުދުރަތީ ކާރީސާ: ޑަބްލިޔުއެޗްއޯ

ތުރްކިޔޭ އާއި ސީރިޔާ އަށް މިދިޔަ ހަފްތާގެ ހޯމަދުވަހު އައި ބާރުގަދަ ބިންހެލުން ތަކަކީ މުޅި މި ޤަރުނުގައި ދިމާވި އެންމެ ނުރައްކާތެރި ގުދުރަތީ ކާރިސާ ކަމަށް ވޯލްޑް ހެލްތް އޮގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން ބުނެފިއެވެ.

"އަހަރެމެން މިހާރު ދެކެމުން މިދަނީ މި ޤަރުނުގެ ތެރޭގައި ޔޫރަޕަށް އައި އެންމެ ނުރައްކާތެރި ގުދުރަތީ ކާރިސާ، އަދި ވެސް އޭގެ ބާރުގަދަކަން ދެނެގަތުމޖުގެ މަސައްކަތް ކުރިއަށް ހަމަމިދަނީ" ޑަބްލިޔުއެޗްއޯ އިން ޔޫރަޕަށް ކަނޑައަޅައިފައިހުރި ޑިރެކްޓަރ ހާންސް ކުލޫގް ނިއުސް ކޮންފަރެންސެއްގައި ބުނެފައިވެއެވެ.

މި ބިންހެލުންތަކުގެ އަސަރު ސިރީޔާ އާއި ތުރްކިޔޭގެ 7 މިލިއަން ކުޑަ ކުއްޖަކަށް ވަނީ ކޮށްފައިކަމަށް ޔުނިސެފުން ވަނީ ހާމަކޮށްފައެވެ. އެތައް ހާސްކުދިންނެއް ވާނީ މަރުވެފައި ކަމަށް ވެސް ޔުނިސެފުން ވަނީ ބުނެފައެވެ.

"އަދިވެސް ސީދާ އަސަރު ކުރި ކުދިންގެ ޢަދަދެއް ބުނާކަށް ނޭނގޭ، 4.6 މިލިއަން ކުދިން ތުރްކިޔޭގައި ބިންހެލުމުގެ އަސަރުކުރި 10 ޕްރޮވިންސްގައި ދިރިއުޅޭ، ސީރިޔާގައި ބިންހެލުމުގެ އަސަރުކުރި ސަރަހައްދުތަކުގައި 2.5 މިލިއަން ކުދިން ދިރިއުޅޭ،" 

"ގިނަ އާއިލާތަކަކަށް ވަނީ އެމީހުންގެ ގެދޮރުވަނީ ގެއްލިފައި، މިވަގުތު އެމީހުން އެދިރިއުޅެނީ ވަގުތީ ހިޔާ ތަކުގައި، ގަނޑު ވާފަދަ ފިނިކަމާއި، ސްނޯއާއި ވާރޭ އެމީހުންނަށް ޖެހިފައިވާ މުސީބާތް އިތުރުކުރަމުންއެދަނީ" ޔުނިސެޕްގެ ރިޕޯޓުގައި ވެއެވެ.

ސާފު ފެނާއި ރައްކާތެރި ގޮތުގައި ބޭނުން ކުރެވޭނެ ފާޚާނާގެ ނިޒާމެއް ލިބިފައި އޮތުމަކީ މިވަގުތު ހާލުގައި ޖެހިފައި މިތިބަ މީހުންނަށް ސިއްހީ ގޮތުން ދިމާވެދާނެ މުސީބާތަކުން ސަލާމަތަކުރެވޭނެ ކަމެއް ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

މިފާއިތުވި ހަފްތާގެ ހޯމަ ދުވަހު އައި ބިންހެލުން ތަކުގައި ތުރްކިޔޭ އިން 31،974 މީހުން މަރުވެފައިވާއިރު ސީރިޔާއިން 5800 މީހުން ވަނީ މަރުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.