ރައީސް ޞާލިޙާއި އެކު ހިސާން މީޑިއާ ބްރީފިން އަކަށް ވަޑައިގަންނަވަނީ. ފޮޓޯ/ ރައީސް އޮފީސް
ހަބަރު
14 Feb 2023 | 19:29
ރައީސް އޮފީހުގެ ކޮމިޔުނިކޭޝަންގެ އެންމެ އިސްވެރިޔަކަށް ހިސާން އައްޔަނުކޮށްފި

ރައީސް އޮފީހުގެ ކޮމިޔުނިކޭޝަނާއި ގުޅޭ ސެކްޝަންގެ އެންމެ އިސްވެރިޔަކަށް ހިސާން ޢަލީ ފަހުމީ އައްޔަނުކޮށްފިއެވެ.

ހިސާން މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ހުންނެވީ ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓްގެ ޒިންމާއާ ވަގުތީ ގޮތުން ހަވާލުވެގެންނެވެ. އެއީ އޭރު ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓްގެ މަގާމުގައި ހުންނެވި އިބްރާހިމް ހޫދު ރައީސް އޮފީހުގެ ފޮރިން ރިލޭޝަންސްގެ އެންމެ އިސްބޭފުޅަކަށް ރައީސް ޞާލިޙް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ.

އެހެންވެ، މިދިޔަ އަހަރުގެ އޮގަސްޓް 1 އިން ފެށިގެން ހިސާން މިހާތަނަށް ގެންދެވީ ރައީސް އޮފީހުގެ ކޮމިއުނިއުނިކޭޝަންސްގެ ބައި ވަގުތީ ގޮތުން ހިންގަވަމުންނެވެ.

ހިސާން މިހާތަނަށް ހުންނެވީ ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމުގަ އެވެ. ނަމަވެސް ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސްގެ އެންމެ އިސްވެރިޔާގެ މަގާމަށް ހިސާން މިއަދު އައްޔަން ކުރެއްވީ މަގާމުގެ ކުރިއެރުމަކާއެކު އެވެ. މިހާރު ހިސާންގެ މަގާމަކީ ސެކްރެޓަރީ، ކޮމިއުނިކޭޝަންސް އެވެ.

ރައީސް އޮފީހުން މިއަދު ބުނީ، އެ އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީސް ހިންގެވުމުގެ ޒިންމާތަކާއި ކޮމިއުނިކޭޝަންސް އޮފީހުގެ އެންމެހައި މަސައްކަތްތައް ބަލަހައްޓަވައި، ވިލަރެސް ކުރައްވާނީ ހިސާންގެ ބެއްލެވުމުގެ ދަށުން ކަމަށެވެ.

ރައީސް އޮފީހުގެ ޕްރެސް ޓީމުގެ އެންމެ އިސްވެރިޔާ ހިސާނަކީ މެލޭޝިޔާގެ ސަންވޭ ކޮލެޖުން 2016 ވަނަ އަހަރު ބެޗެލާސް އޮފް ބިޒްނަސް އިންޓަނޭޝަނަލް ޓްރޭޑް އެންޑް މާކެޓިން ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.