ހަލާކުވެފައި ވާ އިމާރާތެއްގެ ގާތަކެއްގެ މަތީގައި އަންހެނަކު އިށީންދެލައިގެން/ތުރްކިޔޭ
ހަބަރު
15 Feb 2023 | 06:46
އަދިވެސް ގާތަކުގެ ދަށުން މީހުން އެހީ އަށް އެދި ގޮވާ އަޑުއިވޭ

ތުރްކިޔޭ އާއި ސީރިޔާ އަށް މީގެ ހަފްތާއެއް ކުރިން އައި ބިންހެލުންތަކުގައި ވެއްޓި ހަލާކުވެފައިވާ އިމާރާތްތަކުގެ ގާތަކުގެ ދަށުން އަދިވެސް މީހުން ސަލާމަތްކޮށްދިނުމަށް އެދި ގޮވާ އަޑު އިވޭ ކަމަށް ރެސްކިޔު ޓީމުތަކުން ބުނެފިއެވެ.

ތުރްކިޔޭގެ ކަހްރަމަންމަރާސް ގައި މީހުން ސަލާމަތް މަސައްކަތްކުރަމުން ދިޔަ ޓީމުން އިމާރާތެއްގެ ދަށުގައި ތާށިވެފައި ތިބި ތިން ބެއިން ސަލާމަތް ކޮށްދިނުމަށް އެދި ގޮވާ އަޑު އިވި އެތިންބެއިން ސަލާމަތް ކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ސީއެންއެންގައި ރިޕޯޓް ކޮށްފައިވެއެވެ.

ހަމަ އެސަރަހައްދުގައި އެއާއި ތަންކޮޅެއް ދުރުގައި ވެއްޓިފައި އޮތް އިމާރާތެއްގެ ދަށުން 35 އަހަރުގެ އަންހެނަކު ވަނީ ސަލާމަތުން ނެރެފައިވެއެވެ. ޤަބޫލު ކުރެވޭ ގޮތުގައި އެއަންހެން މީހާ އެތަނުގައި ތާށިވެފައި އޮންނަތާ 205 ގަޑިއިރުވެދާނެއެވެ.

އަދި 17 އަހަރުގެ، އެއްމާބަނޑު ދެބެންކަމަށްވާ މުޙައްމަދާއި އީނާސް އަދި އެދެކުދިންގެ 21 އަހަރުގެ ބޭބެ ޢަބްދުލްބާކީ ވެސް ވަނީ އިމާރާތެއްގެ ދަށުން ސަލާމަތުން ނެރެފައިވެއެވެ. އަދި އަދްޔަމާން ޕްރޮވިންސްގެ އިމާރާތެއްގެ ދަށުން 18 އަހަރުގެ އެހެން ޒުވާނަކުވެސް ވަނީ ދިރިހުއްޓައި ސަލާމަތްކޮށްފައެވެ.

ކާރިސާއަށް އަށް ދުވަސް ވެފައި ވާއިރު 37،800 މީހުން ވަނީ ދެޤައުމުން މަރުވެފައެވެ. މީހުން ސަލާމަތް ކުރެވޭ ވަރު މަދުވެ އާއިލާތަކުގެ އުއްމީދު ދަނީ ފަނޑުވަމުންނެވެ.

ބިންހެލުމުގައި އަނިޔާވި މީހެއް އިތުރު ފަރުވާއަށް އިސްތަންބޫލަށް ގެންދަނީ

ރެސްކިޔު އޮޕަރޭޝަންތައް މަދުވެ ސަލާމަތްވި މީހުންނަށް ރައްކާތެރިކަމާއި ސަލާމަތް ތެރިކަން ހޯދައިދިނުމުން އެއިޑް ޓީމްތަކުން ދަނީ މިހާރު މަސައްކަތް ކުރަމުންނެވެ. އެއިޑް ޓީމްތަކުން މިމަސައްކަތް ފެށުމާއި އެކު ޔޫއެން އިން ވަނީ ތުރްކިޔޭ އިން ސީރިޔާ އަށް ވަދެވެން އޮތް ދެމަގުން ސީރިޔާއަށް އެއިޑްގެ ސާމާނު ހިފައިގެން ދަތުރުފަށައިފައެވެ.

ޔޫއެން އިން ވަނީ ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދަށް މަރުހަބާ ކިޔައިފައެވެ. އެއީ ސީރިޔާގައި ހާލުގައި ޖެހިފައިތިބި މީހުންނަށް އެހީ ގެންދިޔުމަށް 3 މަހުގެ މުއްދަތައް ތުރްކިޔޭ އިން ސީރިޔާއަށް ވަދެވެން އޮންނަ ބާބް އަލް ސަލާމް އަދި އަލް ރައީ ހުޅުވާލުމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.