ބިންހެލުން ތަކުގައި ހަލާކުވި ސަރަހައްދެއް/ ތުރްކިޔޭ
ހަބަރު
15 Feb 2023 | 14:48
ކާރިސާއަށް 9 ދުވަސް، އަދިވެސް ރެސްކިޔު ވޯކާސް މަސައްކަތުގައި

ތުރްކިޔޭ އާއި ސީރިޔާ އަށް އައި ބާރުގަދަ ބިންހެލުން ތައް އައިތާ 9 ދުވަސް ވެފައިވާއިރު ރެސްކިޔު ޓީމުތަކުން ދިރިހުރި މީހަކު ފެނޭތޯ ކުރަމުންދާ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.

ގިނަބަޔަކު އިތުރު މީހަކު ދިރިހުއްޓާ ފެނިދާނެ ކަމަށް އުއްމީދު ކަނޑާލައިފައިވިޔަސް އަދިވެސް ރެސްކިޔު ވޯކާސް ދަނީ ފަނޑު އުއްމީދާއި އެކުވެސް މަސައްކަތް ކުރިއަށް ގެންދަމުންނެވެ.

އެކިއެކި ޤައުމުތަކުގެ 74 ރެސްކިޔު ވޯކަރުންގެ  ޓީމެއް ތުރްކިޔޭ އަށް އައިސް މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންއެބަދެއެވެ.

ކާރިސާ އަށް ގިނަ ދުވަސްވެ ދިރިތިބީ މީހުން ފެނިދާނެ ކަމުގެ އުއްމީދު ކުޑަ ވެފައި ވަނިކޮށް ކާރިސާއަށް 222 ގަޑި އިރުވީފަހުން 42 އަހަރުގެ އަންހެނަކު ވަނީ ވެއްޓުނު އިމާރާތެއްގެ ކޮންކްރިޓްތަކުގެ ދަށުން ނަގައިފައެވެ.

ކާރިސާގައި މަރުވި މީހުންގެ ޢަދަދު އަންނަނީ މަތިވަމުންނެވެ. ތުރްކިޔޭ އިން 35،418 މީހުން މަރުވެފައިވާއިރު ސީރިޔާ އިން 5،800 މީހުން ވަނީ މަރުވެފައެވެ. ޖުމްލަ 41،000 މީހުން މަރިވެފައިވާ ކަން ޔަޤީން ކުރެވިފައިވާއިރު އަދިވެސް އިމާރާތްތަކުގެ ގައުތަކުގެ ދަށުން ނުފެނި ނުނެގި ވާވެސް ކިތަންމެ މީހެއް ވެއެވެ.

ތުރްކިޔޭގެ އަންކާރާ ގައި ހުރި އަލްޖަޒީރާގެ ރިޕޯޓަރު ސިނެމް ކޮސެގުލް ބުނީ ބިންހެލުން ތަކުގައި ބޯހިޔާވަހިކަން ގެއްލިފައިވާ މީހުނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ޓެންޓް ތައްޔާރުކުރުމުގެ މަސައްކަތް ތުރްކިޔޭ އެކި ކަންކޮޅު ތަކުގައި ކުރިއަށްދާކަމަށެވެ.

"އަހަރެން މިހާރު މިހިރީ ތުރްކިޔޭގެ ރެޑްކްރޮސެންޓުން ޓެންޓް ފެހުމުގެ މަސައްކަތް ކުރަމުންދާ ސެންޓަރުގަ، މިތަނުގައި މަސައްކަތް ކުރަމުންދާ މީހުން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން މިދަނީ، ބިންހެލުން އައި ސަރަހައްދަށް ޓެންޓުތައް ފޯރުކޮށްދިނުމަށް ތުރްކުޔޭގެ ޑިޒާސްޓަރ މެނޭޖްމަންޓާއި ހަވާލުކުރެވޭނެ" ރިޕޯޓަރު ސިނެމް ބުނެފައިވެއެވެ.

އެސެންޓަރުގައި 24 ގަޑިއިރު 3 ޝިފްޓަށް ބަހާލައިގެން 550 މީހުން މަސައްކަތް ކުރަމުންދާކަމަށް އޭނާ ބުންޏެވެ.

ތުރްކިޔޭގައި ބިންހެލުން އައިސްގެން ހަލާކުވި ސިޓީތައް އަލުން އިމާރާތް ކުރުމުގެ މަސައްކަތް ދެތިން ހަފްތާއެއްގެ ފަހުން ފަށާނެ ކަމަށް ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.