2023 ގެ ކްލަބް ވޯލްޑް ކަޕް ސަޢުދީޢަރަބިއްޔާގައި
ދުނިޔެ
15 Feb 2023 | 15:33
މިއަހަރުގެ ކްލަބް ވޯލްޑް ކަޕް ސަޢުދީޢަރަބިއްޔާގައި

2023 ގެ ކްލަބް ވޯލްޑް ކަޕް ސަޢުދީޢަރަބިއްޔާގައި ބޭއްވުމަށް ފީފާއިން ކަނޑައަޅައިފިއެވެ.

މިމުބާރާތް ފެށުމަށް ހަމަޖެހިފައވަނީ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ. ސަޢުދީޢަރަބިއްޔާގައި މިމުބާރާތް ބޭއްވުމަށް ނިންމާފައިވަނީ އަންގާރަ ދުވަހު ބޭއްވި ފީފާގެ ކައުންސިލް މީޓިންގައެވެ.

"މިއީ އަހަރެމެންނަށް ލިބުނު ވަރަށްބޮޑު ފަޚުރެއް، އަހަރެމެންމިތިބީ ދުނިޔޭގެ އެންމެ މަޝްހޫރު ފުޓުބޯޅަ ކުލަބު ތަކާއި އެޓީމު ތަކުގެ ސަޕޯޓާރުންނަށް އުފަލާއި އެކު މަރުހަބާ ކިޔުމަށް ތައްޔާރުވެގެން" ސަޢުދީ ޢަރަބިއްޔާގެ ސްޕޯޓްސް މިނިސްޓަރ ވަލީ އަހުދު ޢަބްދުލްޢަޒީޒް ބިން ތުރްކީ އަލް ފައިސަލް ވިދާޅުވިއެވެ.

ޓީމު ތަކުގެ ފޭނުންނަށް ސަޢުދީޢަރަބިއްޔާ އަކީ ކިހާވަރެގެ މެހެމާންދާރީއެއް ދޭ ބަޔެއެއްކަން ވަރަށް އަވަހަށް ފެންނާނެ ކަމަށާއި، ކުޅިވަރަށް އޮތް ލޯތްބާއި ކުޅިވަރުގައި ސަޢުދީ ކުރިއަރަމުންދާ މިންވަރުވެސް ފެންނާނެކަމަށް ވަލީއަހުދު ޢަބްދުލް ޢަޒީޒް ވިދާޅުވިއެވެ.

"މިއަދަކީ މިއީ އަހަރެމެންގެ ގައުމުގައި ފުޓްބޯޅަ ކުރިއެރުވުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް އެޅޭ ދުވަހެއް، އަހަންނަށް ޤަބޫލު ކުރެވޭ ގޮތުގައި މިކަމުގެ ސަބަބުން މިކަމުގެ ތެރޭގައި މިއުޅޭ އެންމެންނަށްވެސް  ކުރިއެރުން ލިބިގެންދާނެ" ސްޕޯޓްސް މިނިސްޓަރ ވިދާޅުވިއެވެ.

"ފުޓުބޯޅަ އަކީ ސަޢުދީޢަރަބިއްޔާގެ ގިނަ ބަޔަކު ލޯބި ކުރާ ކުޅިވަރެއް، ގައުމުގެ އެކި ކަންކޮޅުތަކުގައި އެއަށް ލޯބި ކުރާ މީހުން އެބަތިބި، 80 ޕަސެންޓް މީހުންނަކީ ފުޓުބޯޅަ ކުޅެ، ބަލައި އަދި ފޮލޯ ކުރާ މީހުން" ވަލީ އަހުދު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.