މުބާރާތުގެ ރިކޯޑިން ކުރިއަށް ދަނީ-- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް
ހަބަރު
15 Feb 2023 | 16:31
ސިޓީ ކައުންސިލްގެ ޤުރުއާން އަދި މަދަހަ މުބާރާތައް ބޮޑު ތަރުހީބެއް

ކުރިއަށް އޮތް ރަމަޟާން މަހު މާލެ ސިޓީ ކައުންސިލުން ބޭއްވުމަށް ހަމަޖެހިފައިވާ ޤުރުއާން މުބާރާތާއި މަދަހ މުބާރާތައް ބޮޑު ތަރުޙީބެއް ވަނީ ލިބިފައި ކަމަށް އެކައުންސިލުން ބުނެފިއެވެ.

މާލޭ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުން 1443 ވަނަ އަހަރު ބޭއްވި މީގެ ފުރަތަމަ މުބާރާތުގައި 428 ބައިވެރިން ވާދަކޮށްފައިވެއެވެ. އޭގެ ތެރެއިން ޤުރުއާން މުބާރާތުގައި ބައިވެރިވީ 293 ބައިވެރިންނެވެ. މަދަހަ މުބާރާތުގައި 135 ބައިވެރިން ވަނީ ވާދަކޮށްފައެވެ.

ފުރަތަމަ މުބާރާތާއި އަޅައި ބަލާއިރު މިއަހަރުގެ މުބާރާތުގެ ބައިވެރިންގެ ޢަދަދު ގިނަ ކަމަށް އެކައުންސިލުން ފާހަގަ ކޮށްފައިވެއެވެ. 1444 ވަނަ އަހަރުގެ މުބާރާތުގައި ޤުރުއާން ކިޔެވުމަށް 756 ބައިވެރިން ފޯމު ހުށައަޅައިފައިވާއިރު މަދަހަ ކިޔުމަށް 304 ބައިވެރިޔަކު ވަނީ ފޯމު ހުށައަޅައިފައިވެއެވެ.

މި މުބާރާތް ކުރިއަށް ގެންދާނީ 6 އުމުރުފުރާ އަކަށް ބަހާލައިގެންނެވެ. އަދި މި ދެ މުބާރާތުގެ ރެކޯރޑިން ރަމަޟާން މަސް ފެށުމުގެ ކުރިން ނިންމަން ވަނީ ހަމަޖެހިފައެވެ. މިއަހަރުގެ މުބާރާތުގައިވެސް ބައިވެރިންނަށް އަގުހުރި އިނާމްތަކެއްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި 2 މުބާރާތްވެސް ރަމަޟާންމަހު ޓީވީ މެދުވެރިކޮށް ދުރަށް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގެ 6 އަހަރުން ދަށުގެ އުމުރުފުރާގެ ދަރިވަރުންގެ ކިޔެވުމަށް އިންސާފުކުރާ ގޮތަށް ހަމަޖެހިފައެއްނުވެއެވެ. އެ ނޫން ކޮންމެ އުމުރުފުރާއަކުން އެންމެ މޮޅު 5 ދަރިވަރުން ހޮވޭނެއެވެ. ކޮންމެ އުމުރުފުރާއަކުން، 1 ވަނަ ، 2 ވަނަ 3 ވަނަ ހޮވާނެއެވެ. މި ވަނަތައް ހޮވޭނީ ދެ ގޮފި ވަކިންނެވެ. ހަމަ އެހެންމެ ކޮންމެ ގޮތްޕަކުން އެންމެ މޮޅު 5 ދަރިވަރުން ހޮވުމާއެކު ކޮންމެ ގޮތްޕަކުން 1ވަނަ، 2ވަނަ، 3ވަނަ ހޮވޭނެއެވެ.

މި މުބާރާތުގެ ކޮންމެ ގުރޫޕަކުންވެސް 1 ވަނަ ، 2 ވަނަ އަދި 3 ވަނަ ހޮވުމަށް ވަނީހަމަޖެހިފައެވެ. އަދި މުޅި މުބާރާތުން 1، 2، އަދި 3 ވަނަ ހޮވޭނެއެވެ.

މިމުބާރާތުގެ ވަނަވަނަ އަށް އަންނަ ދަރިވަރުންނަށް ކަނޑައެޅިފައިވާ އިނާމްތަކުގެ ތެރޭގައި ކޮންމެ ގްރޫޕަކުން 1 ވަނަ އަށް 8000 ރުފިޔާ އާއި ޓްރޮފީ އަދި ސެޓްފިކެޓް، 2 ވަނަ އަށް 6000 ރުފިޔާ އާއި ޓްރޮފީ އަދި ސެޓްފިކެޓް، 3 ވަނަ އަށް 4000 ރުފިޔާ އާއި ޓްރޮފީ އަދި ސެޓްފިކެޓެވެ.  އަދި މުޅިމުބާރާތުން 1 ވަނަ 25000 ރުފިޔާ އާއި ޓްރޮފީ އަދި ސެޓްފިކެޓް، 2ވަނަ އަށް 15000 ރުފިޔާ އާއި ޓްރޮފީ އަދި ސެޓްފިކެޓް އަދި 3 ވަނަ އަށް 10000 ރުފިޔާ އާއި ޓްރޮފީ އާއި ސެޓްފިކެޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މާލެ ސިޓީ ކައުންސިލުން މިފަދަ މުބާރާތެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ކުދިންގެ ހިތްތަކުގައި ދީނީ ރޫޙު އާލާކޮށް ކުދިންގެ މިފަދަ ހުނަރުތައް ކުރިއެރުވުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުންް ކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.