ކެމްޕޭން ލޯންޗް ކުރުމަށް ބޭއްވުނު ނޫސް ކޮންފަރެންސް
ހަބަރު
16 Feb 2023 | 07:08
"އެއް އުންމަތެކޭމީ!" ކެމްޕޭން ފަށައިފި

ތުރްކިޔޭ އާއި ސީރިޔާ އަށް އައި ބާރުގަދަ ބިންހެލުން ތަކުގައި ހާލުގައި ޖެހިފައިތިބި މުސްލިމް އަޚުންނާއި އުޚުތުންނަށް އެހީވުމަށް "އެއްއުންމަތެކޭމީ!" ގެ ނަމުގައި ކެމްޕޭނެއް ފަށައިފިއެވެ.

މި ކެމްޕޭނަކީ ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި ބައެއް މަދަނީ ޖަމިއްޔާތައް ގުޅިގެން ކުރިއަށްގެންދާ ކެމްޕޭނެކެވެ. މިކެމްޕޭން ފަށައިފައިވަނީ މިއަދު އެވެ. ކެމްޕޭން ފެށިގެން ދިޔައީ ދީނީ ޢިލްމުވެރިންނާއި ކެމްޕޭނުގައި ބައިވެރިވާ ޖަމިއްޔާތަކުގެ ބޭފުޅުން ފެށި ޕްރެސް ކޮންފަރެންސް އަކާއި އެކުގައެވެ.

މިއަދުން ފެށިގެން މިކެމްޕޭން އެކި ޕްލެޓްފޯމްތަކުގައި ކުރިއަށްދާނެއެވެ. ފަންޑު ޖަމާކުރެވެމުންދާނީ އައިއޭސީ އިން އެޖަމިއްޔާގެ އެކައުންޓަށެވެ. ފައިސާ ޖަމާ ކުރެވެމުންދާނީ ފަންޑު ފޮށިތަކުންނާއި އެކައުންޓަށް ޓްރާންސްފަރ ކޮށްގެނެވެ.

ފަންޑު ޖަމާކުރުމަށްޓަކައި މިހާތަނަށް ރޭވިފައިވާ ހަރަކާތް ތަކުގެ ތެރޭގައި ހިމެނެނީ ޓީވީ ފޯރަމް ތަކާއި، ރޭޑިޔޯ ފޯރަމްތަކާއި، މިކަމާއި ގުޅޭ،ހުކުރު ޚުޠުބާ އިއްވުމާއި، ފަންޑު ފޮށި ބެހެއްޓުމާއި، ސޯޝަލް މީޑިއާ ވީޑިއީ އަދި ޕޯސްޓަރު ފަދަ ތަކެތި ބޭނުންކޮށްގެން ހޭލުންތެރިކަން އިތުރުކުރުން ހިމެނެއެވެ.

ފަންޑު ފޮށި ބެހައްޓާއިރު ހުކުރު ނަމާދުގެ ނިމޭ ވަގުތައް ޚާއްސަ ކޮށް ފޮށި ބެހެއްޓޭނެ ކަމަށާއި، މާލޭގައި މީހުން ގިނައިން ޖަމާވާ ބައެއް ސަރަހައްދުތަކުގައި ބަހައްޓާނެއެވެ.

މިކަމުގައި ބައިވެރިވަނީ ދީނީ ޢިލްމުވެރިން، އައިއީސީސީ، މަހަލްދީބް ފައުންޑޭޝަން، އައިއޭސީ، ފަތިސް ލީގް، ޚިދްމަތް ޖަމިއްޔާ، ނަސީހާ، އަލް ޤަލަމް، ޔޫއައިއެސް، ދަރުމަ ފައުންޑޭޝަން، ޒާދުލް ޚައިރް، މަރސިފުލް ސޮސައިޓީ އަދި އެސްއެމްޑީ މާފަރު ޖަމިއްޔާ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.