އެރްލިންގް ހާލަންޑް
ކުޅިވަރު
16 Feb 2023 | 03:05
މޮޅަށް ކުޅުނު އާސެނަލް ބަލިކޮށް ސިޓީ އެއްވަނައަށް!

އިގިރޭސި ޕްރެމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި އާސެނަލް އާއި ވާދަކުރި މެޗު 3-1 ގެ ނަތީއްޖާއަކުން މެންޗެސްޓަރ ސިޓީ ކާމިޔާބުކޮށްފިއެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަގެންގުޅެ މެޗު ޑޮމިނޭޓުކުރީ އާސެނަލް އިންނެވެ. ނަމަވެސް މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ހޯދީ މެންޗެސްޓަރ ސިޓީ އިންނެވެ. މި ލަނޑު ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ބެލްޖިއަމްގެ މިޑްފީލްޑަރ ކެވިން ޑި ބްރޭނާ އެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ފުރަތަމަ ހާފުގައި އާސެނަލްގެ އެޑީ އެންކެޓިއާ އަދި ބުކަޔޯ ސަކާ އަށް ވަނީ ލަނޑުޖަހާނެ ރަގަޅު ދެ ފުރުސަތު ލިބި ބޭނުންނުކުރެވިފައެވެ.

ބުކަޔޯ ސަކާ 

ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި ސިޓީގެ ޕެނަލްޓީ އޭރިއާ ތެރެއިން އެޓީމުގެ ކީއްޕަރު އާސެނަލްގެ ކުޅުންތެރިއަކަށް ކުރި ފައުލަކަށް ރެފްރީ ވަނީ އާސެނަލްއަށް ޕެނަލްޓީއެއް ދީފައެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް އާސެނަލްއަށް މެޗުގެ ނަތީއްޖާ އެއްވަރުކޮށްދިނީ އެޓީމުގެ އިގިރޭސި ފޯވާޑް ބުކަޔޯ ސަކާ އެވެ. މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ 1-1 ގެ ނަތީއްޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

ޖެކް ގްރީލިޝް

މެޗުގެ ދެވަނަ ހާފުގައިވެސް ގިނަވަގުތު ބޯޅަ ގެންގުޅެ މެޗު ޑޮމިނޭޓުކުރީ އާސެނަލް އިންނެވެ. ނަމަވެސް މިހާފުގައި ސިޓީގެ އެޓޭކުތައް ފެނުނީ ފުރަތަމަ ހާފަށްވުރެ ވަރުގަދަކޮށެވެ. މި މެޗުގައި ދެވަނަ ފަހަރަށް މެންޗެސްޓަރ ސިޓީ އަށް ލީޑުހޯދައިދިނީ ދެވަނަ ހާފުގެ 72 ވަނަ މިނެޓުގައި އިގިރޭސި މިޑްފީލްޑަރ ޖެކް ގްރީލިޝް އެވެ. މިއީ އެޓީމުގެ ޖަރުމަން މިޑްފީލްޑަރ  ގުންޑޮގަން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މި މެޗުން މެންޗެސްޓަރ ސިޓީއަށް ތިން ޕޮއިންޓް ކަށަވަރުވި ލަނޑު، ދެވަނަ ހާފުގެ 82 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިސީޒަނުގައި ޕްރެމިއާ ލީގުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއާ އެރްލިންގް ހާލަންޑް އެވެ. މިއީ ކެވިން ޑި ބްރޭނާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކުރި ލަނޑެކެވެ. އަދި މިއީ މިސީޒަނުގައި ލީގުގައި އޭނާ ކާމިޔާބުކުރި 26 ވަނަ ލަނޑެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއި އެއްމެޗު އިތުރަށް ކުޅެ ވަގުތީގޮތުން މެންޗެސްޓަރ ސިޓީ ވަނީ ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލާފައެވެ. ލީގުގައި ކުޅުނު 23 މެޗުން 51 ޕޮއިންޓް އެޓީމަށް ލިބިފައިވާއިރު ލީގުގެ އެއްވަނަ އެޓީމަށް ލިބެނީ ލަނޑުގެ ތަފާތުންނެވެ. މިރޭގެ މެޗުން ބަލިވި އަސެނަލް ދެ ވަނަނާގައި އޮތީ 22 މެޗުން ލިބުނު 51 ޕޮއިންޓާއި އެކު ލަނދުގެ ތަފާތުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.