ކަރީމް ބެންޒެމާ
ކުޅިވަރު
16 Feb 2023 | 03:51
ޗެންޕިއަން ރެއާލްއަށް ފަސޭހަ މޮޅެއް!

ސްޕެނިޝް ލަލީގާފައި މިރޭ އަމިއްލަ ދަނޑުުގައި އެލްޗޭ އާއި ވާދަކުރި މެޗު ފަސޭހަކަމާއި އެކު 4-0 ގެ ނަތީއްޖާއަކުން ކާމިޔާބުކޮށް އެންމެ ފަހުގެ ޗެންޕިއަން ރެއާލް މެޑްރިޑް އެއްވަނާގައި އޮތް ބާސެލޯނާ އާއި ދެމެދުގައިވާ ފަރަގު 8 ޕޮއިންޓަށް ކުޑަކޮށްފިއެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފު ފެށިގެން ވަރަށް ކުރީ ކޮޅު ރެއާލް އިން ލަނޑެއް ކާމިޔާބުކޮށް ލީޑު ނެގިއެވެ. މި ލަނޑު ފުރަތަމަ ހާފގެ 8 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރ މާކޯ އަސެންސިއޯ އެވެ.  ފުރަތަމަ ހާފުގައި ރެއާލް މެޑްރިޑުން އިތުރު ދެ ލަނޑު ކާމިޔާބުކުރި އިރު އެ ދެ ލަނޑަކީވެސް އެޓީމަށް ލިބުނު ދެ ޕެނަލްޓީ އިން ބެންޒެމާ ކާމިޔާބުކޮށްދިން ދެ ލަނޑެވެ.

ލޫކާ މޮޑްރިޗް 

ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައި އެލްޗޭގެ ޕެނަލްޓީ އޭރިއާ ތެރެއިން އެޓީމުގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަޖެހުމުން ރެފްރީ ރެއާލް އަށް ޕެނަލްޓީއެއް ދިންއިރު އެޓީމަށް ދެވަނަ ޕެނަލްޓީއެއް ލިބުނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުތެރޭގައި އެލްޗޭ ޕެނަލްޓީ އޭރިއާ ތެރެއިން އެޓީމުގެ ޑިފެންޑަރަކު ރެއާލްގެ ރޮޑްރިގޯއަށް ކުރި ފައުލަކާއި ގުޅިގެންނެވެ. މި ދެ ޕެނަލްޓީވެސް ކާމިޔާބުކޮށްދީ ބެންޒެމާ ވަނީ ރެއާލް އަށް ފުރަތަމަ ހާފުގައި 3-0 ގެ ލީޑެއް ހޯދައިދީފައެވެ.

ދެވަނަ ހާފުގައިވެސް ރެއާލްގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެން ދިޔަނަމަވެސް މި ހާފުގައި އެޓީމަށް ކާމިޔާބުކުރެވުނީ އެންމެ ލަނޑެކެވެ. ދެވަނަ ހާފުގެ 80 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް  ތަޖުރިބާކާރު މިޑްފީލްޑަރ ލޫކާ މޮޑްރިޗް އެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއި އެކު 21 މެޗުން ރެއާލް މެޑްރިޑަށް ވަނީ 48 ޕޮއިންޓް ލިބިފައެވެ. އެޓީމު ދެވަނާގައި އޮތް އިރު އެވަނާގައި ބާސެލޯނާ އޮތީ 21 މެޗުން 56 ޕޮއިންޓާއި އެކުގައެވެ. މިރޭގެ މެޗުން ބަލިވި އެލްޗޭ މި ވަގުތު އޮތީ 21 މެޗުން ލިބުނު 9 ޕޮއިންޓާއި އެކު ލީގު ތާވަލުގެ ފުލުގައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ