ކަރީމް އަޑޭމީ
ކުޅިވަރު
16 Feb 2023 | 08:11
ޑޯޓްމަންޑް އަތުން ޗެލްސީ ބަލިވިއިރު، ބެންފީކާއަށް ފަސޭހަ މޮޅެއް!

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރޭ ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑާއި ޗެލްސީ ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ޑޯޓްމަންޑުން ކާމިޔާބު ކޮށްފިއެވެ. ޑޯޓްމަންޑްގެ ދަނޑުގައި ރޭ ކުޅުނު މި މެޗު އެ ޓީމުން ޗެލްސީގެ މައްޗަށް ކުރި ހޯދާފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަގެންގުޅެ މެޗު ޑޮމިނޭޓުކުރީ ޑޯޓްމަންޑް އިންނެވެ. ނަމަވެސް މިހާފުގައި ޗެލްސީގެ ޕޯޗުގަލް ފޯވާޑް ޖޮއާއޯ ފެލިކްސްއަށް ވަނީ ލަނޑުޖަހާނެ ރަގަޅު ހުސް ދެ ފުރުސަތު ލިބި ބޭނުންނުކުރެވިފައެވެ. ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި ޗެލްސީ އިން އުފެއްދި ހަމަލާގައި ފެލިކްސް ފޮނުވާލި ހަމަލާ ޑޯޓްމަންޑްގެ ޑިފެންޑަރުން ބުލޮކްކުރި އިރު 38 ވަނަ މިނެޓުގައި އޭނާ ފޮނުވާލި ބޯޅައިގެ ހުރަހަކަށްވީ ގޯލުގެ ހުރަސް ދަނޑިއެވެ.

ޑޭވިޑް ނެރެސް

މެޗުގެ ދެވަނަ ހާފުގައި ޗެލްސީ އިން ކުޅުން ރަގަޅުކޮށް މެޗުގެ ކޮންޓްރޯލު ހޯދި ނަމަވެސް ހަކަށް އައިސް ލަނޑު ޖެހުމުގައި ޗެލްސީއަށް ދިމާވެފައިވާ މައްސަލަ، އެ ޓީމަށް ވަނީ މި މެޗުގައި ވެސް ކުރިމަތިވެފައެވެ. ނަމަވެސް މި މެޗުގައި އެ ޓީމުން ވަނީ ނުރައްކާތެރި ހަމަލާތަކެއް ޑޯޓްމަންޑްގެ ގޯލަށް އަމާޒުކޮށްފައެވެ. ފެލިކްސްއާއި ރީސް ޖޭމްސްގެ އިތުރުން އެންޒޯ ހެނާންޑޭޒްގެ ހަމަލާތަކުގެ ހުރަހަކަށް ވީ މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި ޑޯޓްމަންޑްގެ ކީޕަރެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 63 ވަނަ މިނެޓުގައި ޑޯޓްމަންޑަށް ކާމިޔާބު ކޮށްދީފައި ވަނީ ކަރީމް އަޑޭމީއެވެ. ޑޯޓްމަންޑުން އުފެއްދި ކައުންޓަ އެޓޭކެއްގައި އަޑޭމީ ވަނީ އަމިއްލަ ހާފުން ބޯޅަ ހިފައިގެން ގޮސް ޗެލްސީގެ ކީޕަރު ކައިރިން ނައްޓާލުމަށް ފަހު ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.

މި ދެ ޓީމް ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު ކުޅޭނީ އަންނަ މަހު ހަތްވަނަ ދުވަހު ޗެލްސީގެ ދަނޑުގައެވެ. މި ނަތީއްޖާގެ ސަބަބުން މުބާރާތުގެ ކުއާޓާއިން ޗެލްސީން ޖާގަ ހޯދަން ބޭނުންނަމަ އެ މެޗުން ދެ ލަނޑުގެ ތަފާތަކުން މޮޅުވަން އެޓީމަށް ވަނީ މަޖުބޫރު ވެފައެވެ.

ރޭ ދެވަނަ ބުރުގައި ބެލްޖިއަމްގެ ކުލަބް ބްރޫޖްއާއި ޕޯޗުގަލްގެ ބެންފީކާ ބައްދަލުކުރި މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާއާއި ގާތަށް ބެންފީކާ މި ވަނީ ޖެހިލާފައެވެ. އެޓީމުގެ ލަނޑުތައް ކާމިޔާބު ކޮށްދީފައި ވަނީ ޖޯ މާރިއޯއާއި ޑޭވިޑް ނެރެސްއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.